ދިރާސީ އާ އަހަރު ފެށިގެން ދިޔައިރު، މާލޭގެ ސްކޫލުތަައް ހުރީ ވަރަށް ހާލުގައި ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ ދިރާސީ އާ އަހަރު ފެށިގެން ކުރިއަށް ދާއިރު މާލޭގެ ސްކޫލުތައް ހުރީ ވަރަށް ހާލުގައި ކަމަށާއި އެކަށީގެންވާ ވަރަށް މަރާމަތް ނުކުރާ ކަމަށެވެ.

"މާލޭގެ ސްކޫލްތައް ވަރަށް ހާލުގައި ހުރީ އަޅުގަނޑު ހަމަ މަޖީދިއްޔާ ސްކޫލަށް ވަނިން، އަޅުގަނޑު ވަރަށް ދެރަވި މުޅިތަން އެހުރީ ހަގީގަތުގައި ބުނާނަމަ ހަމަ އެއްކޮށް ހަލާކުވެ ނިމިފަ، މަރާމާތެއް އެކަށީގެންވާ ގޮތެއްގައި ކޮށްފައެއްނެތް." ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ މާލޭގެ ހުރިހާ ސްކޫލުތަކުގެ ތެރެއިން އެންމެ ބޮޑަށް އިހުމާލުވެފައި ވަނީ މަޖީދިއްޔާ ސްކޫލަށް ކަމަށެވެ. މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ތައުލީމީ ވަރަށް މުހިންމު އެހާމެ ތާރީހީ ބިނާއަކަށް ވާއިރު އެކަށީގެންވާ ވަރަށް މަރާމާތް ނުކޮށް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މި ވޭތުވެ ދިޔަ 4 އަހަރު ތެރޭގައި ސްކޫލު ތަކަކީ އެންމެ ގިނައިން ބޭނުން ކުރެވޭ ތަންތަނަށްވާއިރު، އެތަންތަނަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި ގެންނަން ޖެހޭ ބަދަލު ތަކާއި ތަރައްގީ ގެނެވިފައި ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަތޮޅުތެރޭ ސްކޫލްތައް ހުރި ހާލަތަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ފުރާޅުން ވާރޭ ވެހި، ސްކޫލުގައި ކުލަ ނުލައި، ފާޚާނާތައްވެސް އެކަށީގެންވާ ގޮތެއްގައި ބަދަލުކުރެވިފައިނުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. ހަމައެއާއެކު ފަންކާތައް ބަދަލުކޮށްފައި ނުވާ ކަމަށާއި ސީލިންގތައް ވެއްޓިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒިރު ވިދާޅުވި ގޮތުގައި މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މި ކަމަކީ އެތަށް ސަތޭކަ މިލިއަނުން ގެއްލުންވާ ކަމެއް ކަމަށާއި، އިންފްރާ ސްޓްރަކްޗާއެއް މެއިންޓެއިން ނުކުރެވޭ ކަމަށްވާ ނަމަ ރައްޔިތުންްގެ ފައިސާއިން އަޅާފައިވާ އިމާރާތް ހަލާކު ވުމުން އެތަންތަން އާބާތުރަ ފިލުވުމަށް އަނެއްކާވެސް އެތައް ހޭދައެއް ކުރަން ޖެހޭ ކަމަށް ޝަފީއު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޚިޔާލު2

    ހާލުގައި ޖެއްސުމުން އެ ނިކަމެތިކަން ލިބެނީ މުޅިގައުމަކަން ނޭގޭވަރު ޖާހިލުވެރިން ވެރިންނަށް ހޮވަނީ ރައްޔިތުން ދަރަނީގެ މައްޗަށް ދަރަނި ނަގައިގެން ކޮރަޕްޝަންގައިޖެހެވޭ ވެރިންނާއި ބޭނުމެއްނެތް ސިޔާސީ މަގާމުތައް އިތުރުކުރަނއޖެހޭ ވެރިން ހޮވުނީމާ ދެންވެސް އަދިވެސް ކަންކަން ހުންނާނީ ނިކަަށް ހާލުގަ.

  2. Anonymous

    ވިއްސާރަ ދުވަސްތަކާއި ހޫނުގަދަ ދުވަސްތަކުގައި، ގޭގައި ތިބެގެން ކިޔެވޭނެ ގޮތް ހައްދަވައިދެއްވާށެވެ. ހޫނުގަދަ ދުވަސްތަކުގައި ސްކޫލްދޮށަށް ގޮސް ތިބޭ ބައެއް މައިން ހޭނެތިގެން ވެއްޓެއެވެ. ވިއްސާރަދުވަހު ބައެއް ކުދިން ސްކޫލަށް ގޮސް ކިޔެވުން ނިމެންދެން ތިބެނީ ތެމިފައިވާ ސްޓާކީނާއި ބޫޓުގައެވެ. އެއީ ކިހާބޮޑު އަނިޔާވެރިކަމެއް ހެއްޔެވެ؟

    1
    9
    • ތިގޮތަށް ނިންމައިފިނަމަ......

      އަހަރުގައި ގިނަވާނީ ގޭގައި ތިބެގެން ކިތަވަންޖެހޭނެ ދުވަސްތަކެވެ. ސަބަބަކީ މޫސުމަށް ބަދަލު އައިސް ދިވެހިރާއްޖޭގެ ގިނަ ދުވަސްތަކަކީ ހޫނުގަދަ ދުވަސް ތަކަކަށް ވާއިރު، އަނެއްބައި ދުވަސް ތަކަކީ ވާރޭވެހޭ ދުވަސް ތަކެވެ. އޭގެ ބަދަލުގައި ޢާއްމުކޮށް ކިޔަވަންދާ ދުވަސްތަކުގައި ގަޔަށް ފަސޭހަ އެކްޓިވިޓީ ޔުނިފޯރމް ލުމަށާއި ވާރޭވެހޭ ދުވަސްތަކުގައި ރަބަރު ބޫޓެއް ނުވަތަ ފައުވާނެއް ހުއްދަކޮށްލުން އެއީ ރަނގަޅުގޮތެއް ކަމަށް ފެނެްެވެ. އޮފިޝަލް ޔުނިފޯރމް އެއީ ހަމައެކަނި ވަރަށް
      ޚާއްޞަ ދުވަސްތަކުގައި ލާންޖެހޭ ޔުނިފޯރމެއް ގޮތަށް ހަމަޖެއްސާނަމަ ވެސް ވަރަށް ރަނގަޅުވާނެ އެވެ.

  3. ނިއަމި

    ދެން އަތޮޅުތެރޭގަ ހުރިސުކޫލްގެ ހާލަކީ ކޮބާތަ؟

  4. އަލްޖިބްރާ

    ސްކޫލް ތަކުގެ ހާލަތު މިހާވަރަށް ދަށްވެގެން ދާއިރު އެކަންކަން ރަގަޅު ނުކުރެވޭ ސަރުކާރަކުން ހުރިހާ ސްކޫލެއްގެ ކްލާސްތަށް އެއަރ ކަންޑިޝަން ކުރާ ވާހަކަ ދެއްކީމާ ބަޔަކު މާމޮޅު ކަމަކަށް ހަދައިގެން އަޑުފެތުރިއަސް އެއަކީ މާމޮޅު ކަމެއް ނޫން ! ދެން އިވޭނީ އޭސީ ހަލާކުވެގެން މަރާމާތު ނުކުރެވިގެން ކުދިންތަކަށް ހޫނުވާތީ ކްލާހުން ބޭރުގައި ބައިތިއްބައިގެން ކިޔަވާދޭ ޚަބަރު !

  5. ޚިޔާލު 3

    ފިނިފެންމަލުގެ ދާނެއްގަ އޮވެގެނ

  6. ޚިޔާލު3

    ފިނިފެން މަލުގެ ދާނެއްގަ އޮވެގެން ތަޢުލީމެއް ޙާސިލެއް ނުކުރެވޭނެ. އެކަން ކުދިންނަށްވެސް ބެލެނިވެރިންނަށްވެސް ވިސްނެންޖެހޭ.

  7. ޔާރާ

    މާލޭގެ ސްކޫލްތައްތޯ ހާލުގައި އޮތީ. މަނިކުފާން ރާއްޖޭގެ އެކިއެކި ރަށްރަަށަށް އަޅެ ޒިޔާރަތްކޮލައްލަބަލަ. މި ރަށްރަށުން ފެންނާނީ ވީރާނާވެފައިވާ ސްކޫލްތައް. މިސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވާދޭ ކަހަލަ އެއްވެސް މާހައުލެއް ނުފެންނާނެ. އަދިވެސް މާލޭގެ ސްކޫލްތަކުިގެ ހާލަތުތޯ ގޯހީ. އަހަރެމެން ރަށްރަށުގެ ދަރިވަރުންނަކީ އެޑިޔުކޭޝަން މިނިސްޓްރީން އަޅާލާ ދަރިވަރުންތަކެއް ނޫން. ތަމްރީން ޓީޗަރުން ނެތް ވަގުތީ ޓީޗަރުން ތިބި ސްކޫލްތައް ވެސް ރަށްރަށުގައި އެބަތިބި. ދެން ރަށްޔިތުންގެ ޝަކުވާ ބޮޑުވީމަ ނިކަމެތި ޓީޗަރުންތައް ގޯސްކުރަނީ.
    ތަފާތުކުރުން ހުއްޓާލާ. ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަކަށް އަޅާލާ ނޫންނަމަ ހާހުން ދެހާހުން ވެސް މާލޭގެ ސްކޫލްތަކަށް ބަދަލްވާ ކޮންމެ އަހަރަކުވެސް ކުދިން އެދޭނެ.

    • ދެލޯކަނު

      ޔާރާ ތިޔަ ކޮމެންޓްކުރީ މިލިޔުން ކިޔާފާތޯ؟ ނޫނީ ލޮލޮގެ މައްސަލައެއް އުޅެނީތޯ؟