މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން ފަށައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އއ. މާޅޮސް ހިތްފަސޭހަގޭ ފާތުމަތު ޔުސްރާ، (36،) އެވެ.

ފުލުހުން ވިދާޅުވީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ފާތުމަތު ޔުސްރާއަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް މާލޭގެ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން އަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ޔުސްރާ ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން ހޯދާ މީހުން ވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.