20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން މާދަމާ މެމްބަރު ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އާ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ (28 މޭއި) ވަނަ ދުވަހުގެ ހެނދުނު 9:00ގައެވެ.

މާދަމާ މަޖިލިސް މެމްބަރުން ހުވާ ކުރައްވާއިރު، ހުވާ ކުރެއްވުމަށްފަހު، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި މެމްބަރުންގެ މެދުގައި ބާއްވާ ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން ވެސް އޮންނާނެއެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައިވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ.

ރައްޔިތުންގެ މަޖިލީހުން ބޭއްވި އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: މަޖިލިސް

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބުވި ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން ޕީއެންސީއާއި ގުޅިވަޑައިގަތުމާއި އެކީ ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރާފައެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި 8 މެމްބަަރުން ސޮއިކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަޓަނަށް ފިތާނެ ގޮތް ދަސްކޮށް ދިންބާ !

    1
    1