ދަ ޑިމޮކްރެޓްސް ކުރީގެ ހަރުގެ ހ. ވެޔޮވިލާ މިހާރު ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުއްޔަށް ނަގައިފިއެވެ.

ހ. ވެޔޮވިލާގައި ޑިމޮކްރެޓްސްގެ ހަރުގެ ހިންގަމުން ދަނިކޮށް މިދިޔަ މަހު މެދުތެރޭ ގޭގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ވަނީ ތަން ހުސް ކުރުމަށް ޑިމޮކްރެޓްސް އަށް އަންގައިފައެވެ. މިފަހުން ޝަފިއްޔާ ގެންދަވަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަމުންނެވެ.

ޝަފިއްޔާއަކީ މީގެ ކުރިން އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އެހެންކަމުން ނަޝީދު އިސްވެ ހުންނަވައިގެން ހެއްދެވި ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ޖަގަހަ ހިންގުމަށް އެ ގެ ކުއްޔަށް ދިނީއެވެ. ނަމަވެސް ޝަފިއްޔާ މި ސަރުކާރަށް ތާއިދުކުރައްވަން ނިންމުމާއެކު ތަން ހުސްކުރަން އެންގީއެވެ. އެތަނުގައި އެންމެ ފުރަތަމަ ހިންގީ އެމްޑީޕީގެ ހަރުގެ އެވެ. އޭގެ ފަހުން ނަޝީދު އެމްޑީޕީން ވަކިވުމުން މިދިޔަ އަހަރު މާރޗް މަހު އެމްޑީޕީ އަތުން އެތަން ނެގީއެވެ.

އާޓިފިޝަލް ބީޗްގެ ކުރިމައްޗަށް ވާގޮތަށް ހުރި އެ އިމާރާތް ފަސް އަހަރަށް ކުއްޔަށް ނެގުމަށްފަހު ޕީއެންސީއިން ހަރަކާތްތަކަށް އެތަނަށް ގެންނަން ޖެހޭ ބަދަލު ގެނެސް އެތަން މިހާރު ބޭނުން ކުރަން ތައްޔާރުވަމުން ދަނީ ޕީއެންސީގެ ހަރުގެއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާދީނީ އައުޓް

    ދަނޑި މޮކުރެޓްސް ވެއްޔާ މޮޑެވިގެން ހިނގައްޖެ. އަލްހަމާދުލިﷲ

    13
    2
  2. ހަސަން

    ދަނޑިމޮކްރަޓު ހާދަހާލެއްގަ ޖެހުނީ އާނދެންއެހެންތާ ވާނީ ހުއްބުލްވަތަން ހިތްތަކުގެރައީސު ރޫހާނީލީޑަރު މިއޮޑި ރޫޅައެއްނުލެވޭނެޔޭ ކިޔާފަ ރޫޅާކުދިކުދި ކޮއްފަ ގާނާއައް ކަމެއް އިތިއޯޕިއާ އައް ކަމެއް ސޯމާލިއާއައްތޯ ގޮސްފިލައިފި ޕާޓީދުނިޔޭގަ އޮތްކަން ރަނގަޅުތާ ވަލްހަމްދުލިއްލާހި

  3. ރަބަތު

    ތި ބިމުގެ ވެރިފަރާތުން ތާއީދު ތިކުރަނީ އެއިރެއްގަ ގަދަ ބަޔަކަށްނު

    1
    0