އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ މަގާމްތަކަށް މެންބަރު އިންތިޚާބުވެފައިވާ މެންބަރުތައް އިއުލާން ކޮށްފިއެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 12 ގޮޑި ކާމިޔާބު ކުރެވުނުއިރު، މިއަދު އެ ޕާޓީން ވަނީ ޕާލިމަންޓަރީ ގްރޫޕްގެ މަގާމްތަކަށް މެންބަރު އިންތިޚާބުވެފައިވާ މެންބަރުތައް އިއުލާން ކޮށްފައެވެ.

ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ޑެޕިއުޓީ ޕީޖީ ލީޑަރު – ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު

ޑެޕިއުޓީ ޕީޖީ ލީޑަރު – މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ

ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް

ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު

ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު

ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން ހުވާ ކުރުން އޮންނާނީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    މަރުޙަބާ ނާޒިލް!