ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރުމުގެ ފުުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވުމާއި ގުޅިގެން ހުސްވެފައިވާ ބައެއް މަޤާމްތަކަށް އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ، މިޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން ވާދަކުރުމަށް ފުރުސަތު ހުޅުވާލި ދާއިރާތަކަކީ:

– ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު
– ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު
– މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު
– ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު
– ޅ. އަތޮޅު ކައުންސިލް ރައީސް
– ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
– ފ. ބިލެއްދޫ ކައުންސިލް ރައީސް

ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން، ގޫގުލް ފޯމެއް ފުރުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކުރުމަށްފަހު ފުރިހަމަކޮށް، ޝައުގުވެރިކަންފާޅުކުރާ ފޯމާއި އެކު ޖޫން ތިން ވަނަ ދުވަހުގެ 14:00 ކުރިން ހުށައެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީއަށް ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބު ދެނެގަތުމަށް ހަދާ ދިރާސާއަށް އާންމުންގެ ހިޔާލު ހޯދުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު