ސަގާފީ ގިނަ ހަރަކާތްތަކާއެކު މިފަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ، އީދު ވިލޭރޭ ހުޅުމާލޭގައި ވެދުމާ ދިއުން އަދި އީދުދު ބޮޑު ހުޅު އޮންނާނެ ކަމަށެވެ. ބޮޑު ހުޅު އޮންނާނީ ހުޅުމާލެ ޗެނަލް ބީޗު ސަރަޙައްދުގައި އެރޭ 21:00ގައެވެ.

އެގޮތުން 16 ވަނަ ދުވަހު އީދު ނަމާދަށްފަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް ބާއްވާއިރު، އެދުވަހު ހަވީރު ކުޑަކުދިންގެ ހަވީރާއި، މާލި ޕެރޭޑު އަދި ރޭގަނޑު ބޮޑު މަސް ބޭނުމާ ހަވާ އެރުވުން ވެސް އޮންނާނެއެވެ.

ހަވާ އެރުވުން އޮންނާނީ އެރޭ 21:00ގައި ސެންޓްރަލް ޕާކުގައި ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

17 ވަނަ ދުވަހުގެ ހަވީރު ކޯޑި ކެނޑުމާ ކުޑަކުދިންގެ ހަވީރު އަދި ރޭގަނޑު "ދިރާގު އީދު ޝޯވ" އޮންނާނެއެވެ.

ބޮޑު އީދު އެކި ސަރަހައްދުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އީދަށް ރަށްތައް ދިއްލާލުމުގެ މަސައްކަތް ވެސް ކައުންސިލްތަކުން މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ މި ސަރުކާރުން އިސްކަމެއް ދީގެން ކުރާ މަސައްކަތެކެވެ. އެހެންނަމަވެސް ދީނީ ހަމަތަކާއި ދިވެހި ސަޤާފަތް އާލާކޮށް ދީނީ މިންގަނޑު ތެރޭގައި އީދު ފާހަަކުރުމަށް ކައުންސިލްތަކުން އިސްކަންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރައްޔިތުމީހާ

    އަންހެނުންނާއި ފިރިހެނުން މަސްހުނިކޮށް މިއުޒިކްޖަހާ ނަށާހެދުން އިސްލާމްދީނުގައި ހަރާމް އަދި އެކަމުގައި ބައިވެރިވުުމާއި، އެހީތެރިވުމާއި، ހިތްވަރުދިނުން ހަރާމް އަދި ފާފަވެރިވަނެކަމެއް. މާތްﷲ ގެ އަޒާބަށް ބިރުވެތިވެލައްްވާ! އީދު މަޖާ ފާހަޤާކުރޭ އަންހެނުންނާއި ފިރިހެނުން ވަކިން އަދި ތަފާތު އެކި ކުޅިވަރުތައްވެސް.

    މިކަމުގައި އިސްލާމިކް މިސްޓްރީ އޮންނާނީ ނިދާފައި. ރައްޔިތަކު މިކަމުގައި ނުރުހުންވެ ކޮންމެޓްކޮށްފިއްޔާ ސަހީމު ބުނާނެ ސިޔާސީކޮށް ދިމާކުރަނީއޭ

    12
    1
    • ހާރާމްހަރާމް

      ކާކުހޭ މަސްހުނިކޮށް ކުޅިވަރު ކުޅެން އުޅެނީ؟؟ ކުޅިވަރު ބަލަން ދާނެ މަސްހުނިކޮށް އެއީ ކުޅޭ މީހާގެ މައްސަލައެއް ނޫން.. އަލަކަށް ނޫން އީދު ކުޅިވަރު އިސްލާމީ ތާރީޙްގަ މި ކުޅެނީ ރަސޫލުު ޒަމާނުއްސުރެން އީދު ފާހަކަ ކުރުމާ ކުޅިވަރު ކުޅެ އުޅޭ.. ކަލޯ މެންނަށް ހަރާމްވާނެ ކުޅިކޮށް މިިރުސް ކެއުންވެސް.. ރޫހާނިއްޔަތުގެ ދީނަކަށަ އިސްލާމްދީން ހަދާ ދީން މަތިިން މީހުން ފޫހިކުރުވަން ހިންގާ ޔަހޫދީ ޕްރޮޕެގެންޑާގެ ބައެއްް ތިވެސް..

      2
      5
  2. ހަންޑިކުޑަ

    ކޮބާހޭ މި ޤައުމުގައި ތިބޭ ދީނީ ސޭޙުންތައް! ދެ ޖިންސުން މަސްހުނި ވެގެން ޖަހާ ސަކަރާތް ތަކަށް މިވެރިން މި ވެރިކަމުގައި އެ ތިބީ އަނގަ މަތީގައި މަލަން އަލައި ދެލޯ މަރައިގެން ފެންނަ ތަންތަން ނުފެންނަ ކަމަށް ހަދައި އެކަންކަމަށް ބީރު ކަންފަތެއް ދީގެންނެވެ. ހެޔޮ ވާނީ ކިހިނެއްހެއްޔެވެ. އެވެރިންވެސް ފާފަ ވެރި ވާނޭކަން ޔަޤީނެވެ. ސަބަބަކީ މިހިރަ މިހިރަ ކަންކަމަށް ދީނުގައި އޮންނަ ގޮތް ރައްޔިތުންނަށާއި ދަޢުލަތައް ބުނެ ނުދީ ނަސޭހަތް ތެރިވެ ނުދީ ތިބޭތީކަމަށް ބައެއް ދީނީ އިލްމް ވެރިން ވިދާޅުވާ އަޑު އަހަނމެވެ. ﷲއަކްބަރ

    6
    2
    • ބީރު މަންމަނުންނަށް ވެއްޖެ

      އެމީހުން ބީރު މަންމަނުންނަށް ވެއްޖެ އެވެ. ޢަލީ ރަމީޒަށް ވެސް މިހާރު އޯކޭ އެވެ.

      5
      1
      • ނަތަންޔާހޫ

        ފައިސާ މިވެރިންނަށް ލިބެނިކޮއް އޯކޭ ދޮތަ! ދީނެއް މަޒުޙަބެއް މުއްލަތެއް ނެތަސް! ﷲ އަކްބަރ!

    • Anonymous

      ލޯ މެރިފައި ތިބި ބައެއް ނޭނގެ. އެކަމަކު ދާދި އިހަކަށް ދުވަހު، މި ޙައްޖުމަސް ފެށުންފަހުން ޝައިޙް ނިޝާން ޝެއަރ ކޮށްފައި އިންދަ ފެނުން ޢީދު ދުވަސް ތަކުގެ ޙުރުމަތް ނުކަނޑަން ނަޞޭޙަތް ދޭތަން ފެންނަ، ތަންކޮޅެއް ކުރީގެ ވީޑިއޯއެއް.

      1
      1
  3. ކައްޕި.

    އެމްޱިޕީ ވެރިކަމެއް ނަމަ ޝޭހުން ތައް ދުވާނެ އިސްލާމް ދީން އައިސް ގެން.ބޯހަލާކު.

    3
    1
    • ކައްދާދަ

      ސޭޙުން ތަކަށް ދީން ފެންނަނީ ވަކި ބަޔަކު ވެރިކަމާއި ހަވާލު ވީމައި! މޑޕ ވެރިކަމާއި ހަވާލު ވެއްޖެ ނަމަ އިސްލާމް ދީން މިވެރިންނަށް ފެންނާނެ! ޕޕމ އަދި ޕނސ ވެރިކަމާއި ހަވާލު ވުމުން ބައެއް ސޭޙުން ތަކަށް އިސްލާމް ދީން މަތިން ހަދާން ނެތި އެ ދީނުގައި ހުރި ޙުކުމް ތަކާއި ޙަރާމް ޙަލާލް ކަންތައްތައް ވެސް އެވެރިންނަށް ވަނީ އޮލިފައި ކަމަށް މިއަލާ އަށް ޤަބޫލު ކުރެވޭ!

    • ޢިންސާފް

      އެމީހުންގެ ވެރިކަމުގް ކުޅުނީ ގިރި ކުޅުވަރު. އޭރު ކަލޭމެން ނަކައް ދީނެއް އެހެން އެއްޗެއް ނުފެނޭ ދޯ

  4. ހުސެއިން ޝާމް

    އަޅުގަނޑު ދައްތަވެސް އަޅުގަނޑަށް ކާއެތިކޮޅުދީ ފުލުހުން ގުޅީމަ ޙަވާލުވެގެން ކަންތައް ކުރަނިކޮށް މުނާފިޤުން ދައްތަ މާލެއިން ބޭރުކޮށްގެން ގެން ގޮސްފި ތިތަނަކީ .މީހުންނަށް ޖެއްސުން ކުރަން އުޅޭ ބައެއް އުޅޭތަނެއް.އަޅުގަނޑު އޮފީހަށް ދާނަމަ މުސާރަ ލިބޭނެ އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ދައްތަ އަކަށްވެސް ސަލާން ޖަހާކަށް ނުޖެހޭނެ.ދައތަ އަކީވެސް ވަރަށް އަޑި ނުބައި މީހެއް ކަމަށް އަޅުގަނޑުގެ ދަރިފުޅުގެ މަންމަ މަރިޔަމް އަހުމަދު އަޅުގަނޑަށް މަޢުލޫމާތު ދިނީ އެދުވަހު އެވާހަކަ ޤަބޫލު ނުކުރަން އެކަމަކު މިއަދު ޤަބޫލު ކުރަން .އައްޑޫ އަޅުގަނޑުގެ ދަރި ފުޅުގެ މަންމަ އަދި ކުމުންދޫ ހައްވާ ސަބީހާ ކުމުންދޫ އޯގާތެރި ރައްޔިތުން ކިޔާ ގޮތުން ސޮބީ ސީދާ ދެމުނާފިޤުން ވަރިހަމަ ރުޅި އަޔަސް. އިންޑިޔާ އަންހެނުން ކިބައިގް މުނާފިޤު ސިފައެއް ނެތް.އޭނަ ތަންކޮޅެއް ޅަކުއްޖެއްވެފަ އަޅުގަނޑަށް އޭނަ އާއި ވަކިން ފެލިވަރުގަ އުޅެން ޖެހުމުގެ ސަބަބުން މަންމަ ކައިރިއަށް ދާން ޖެހުނީ ބައްޕަ ފަރާތުގެ ބޮޑުދައިތަގެ މުނާފިގުކަން ހައްދު ފަހަނަޅައި ދިޔުމުން . މީނަ ފިރިމީހާ 1988 ވަނަ އަހަރު ނޮވެމްބަރ 03 ގަ ޓައިގަރުން ޝަހީދު ކުރި ފަހުން ހުންނަނީ ނަފުސާނީ ވެފައޯ ބައްޕަ ބުނުއްވީ.އެހެންވީމަ ބުރުމާ ޤާސިމް އިންނަން ދިޔައީމަ ނުއިނީ.އަދި ބައްޕަ ބުނުއްވިޔޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ފޯނު ކޮށްގެން ދައްކަޔޭ .މަށަށް އެގޭ ދޮގުކަންވެސް .ބައްޕަ ދައްކާފަ ނުދައްކާނެ ވާހަކަ އަޅުގަނޑަށް ވަރަށް ސާފު.އަދި އަޅުގަނޑާ ދިމާލަށް މޮޔަ ގޮވާފަ، އަޅުގަނޑު ކައިރީ އެވާހަކަ ބުނީ ފޭދޫ އިބްރާހިމް ބޭބެ ،އެންމެ ފަހުން އެބަސްނުވި ދެންކިހިނެއްތޯ އަޅުގަނޑު ޤަބޫލު ކުރާނީ އަޅުގަނޑުގެ އިންޑިޔާ އަންހެނުން ބޮޑުދައިތަ ކަބަޑުގ ަހުރި ރަންތައް ނަގާނެ ކަމަށް .އެންމެ ބޮޑެތި މުނާފިޤުނގެ ލިސްޓް އަޅުގަނޑު ނެރޭއިރު 1- ބޮޑު ދައިތަ 2- ދަރިފުޅުގެ މަންމަ 3-ކުމުންދޫ ފޯމަރ އަނބިގޮއި. މިމީހުން މިކިޔާފަ ރުޅި އަންނާނެ އެކަމަކު މީޑިޔާ އަށް އަރާ ބުނޭ ކަޑައެޅިގެން ދޮގު ހަދާމީހެކޭ އެއިރުން ޤަބޫލު ކުރާނަން.