އީދު ދުވަހު ވެމްކޯ އިން ޚިދުމަތް ދޭ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

ވެމްކޯ އިން ވިދާޅުވީ މިއަދާއި މާދަމާ އެ ކުންފުނިން ހިދުމަތް ދޭން ފަށާނީ މެންދުރު 14:00 އިން ފެށިގެން ކަމަށެވެ.

  • ވެމްކޯ އިން ހިދުމަތްދޭ ގަޑިތަކަކީ: މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00 ގެ ނިޔަލަށް
    ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00 ގެ ނިޔަލަށް
    ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ރޭގަނޑު 22:00 ގެ ނިޔަލަށް
    ތިލަފުށީ ޑިސްޕޯސަލް ސައިޓް: މެންދުރު 14:00 އިން ހަވީރު 17:00އަށް
    އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް: މެންދުރު 14:00 އިން ރޭގަނޑު 21:30 އަށް
    ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް
    ފުވައްމުލައް ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް

ވެމްކޯ އިން ވަނީ ދާދިފަހުން ޓްރާންސްފަރ ސްޓޭޝަންތަކުން ގޭޓު ފީގެ ގޮތުގައި ނަގަމުން އައި 150 ރުފިޔާ ނުނަގާ ގޮތަށް އެ ކުންފުނިން ނިންމާފައެވެ.

ވެމްކޯ އިން ވިދާޅުވީ ޓްރާންސްފަރ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ 150 ރުފިޔާގެ ގޭޓްފީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޓިޕިން ފީގެ ގޮތުގައި ކުނި ޓަނަކަށް ނަގަމުން އަންނަ ފީވެސް އެކުންފުނިން ވަނީ ކުޑަކޮށްފައެވެ. އެގޮތުން، އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 750 ރުފިޔާއިން 500 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ.

މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ގާއިމުކުރެވެންދެން، މާލެ ޓްރާންސްފަރ ސްޓޭޝަންގައި ބަރުދަން ރިއާޔަތްކޮށް އަގު ނެގުންވެސް ހުއްޓާލާފައިވާ ކަމަށްވެސް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.