ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އުފަން ދުވަސް ވެސް އެއް ދުވަހަކާ ދިމާވާތީ، ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހާއްސަ ސިޓީފުޅަކުން ދުވަހުގެ ހެޔޮ އެދުންތައް މިއަދު އަރިސް ކުރައްވައިފިއެވެ.

ޗައިނާ ރައީސްގެ މި ސިޓީފުޅު، ރައީސް ޑރ. މުއިއްޒަށް އަރުވާފައި ވަނީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ.

ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ރައީސް ޝީ ވެސް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ޖޫން 15 ގައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު ވަނީ އެ ސިޓީފުޅު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ވަނީ މިއަދު އެމަނިކުފާނާއެކު އުފަން ދުވަސް ހިއްސާކުރައްވާ ޗައިނާގެ ރައީސަށް ވެސް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފައެވެ.

އެ ސިޓީގައި ޝީ ޖިންޕިން ވަނީ ރައީސް ޑރ.މުއިއްޒަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފައެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ އާއި ރާއްޖޭގެ ޕާޓްނަޝިޕް އިތުރަށް ހަރުދަނާ ކުރައްވައި، ބިނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި ދެ ގައުމުގެ އިސްތިޖާރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންފުޅުވާކަމަށް ކަމަށް ޗައިނާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި ޗައިނާއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ޗައިނާ ސަފީރާއި ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ވެވުނު އެއްބަސްވުންތަކާއި، ތަރައްގީއަށް ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި ކާމިޔާބު ގުޅުމެއް ގާއިމުވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަސޮރު

    ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އުފާވެރި އުފަން ދުވަހަކަށް އެދެން

    52
    2
    • އަހަންމަދު

      އެހެން ދީންތަކުގެ މީހުން ކަންކުރާ ގޮތާއި ވަރަށް ވައްތަރު.

  2. އަހަންމަދު

    ފުރެއްދެ ސަގާފަތްތައް ޢީދު ކުޅިވަރުގެ ތެރެއަށް ވެއްދުން ވަރަށް ކަޑަ.
    އެކަމަކު ތިމާމީހާ ހިލޭއަންހެނުންނާ އަތްޖޯޑުކޮށް ސަލާމް ކުރުމާއި އުފަންދުވަހުގެ ތަހުނިޔާ ކިޔާ ތަހުނިޔާ ލިބިގަތުމަކީ ފުރެއްދެ ސަގާފަތަކަށް ނުވޭ.!

  3. ކަށިކެޔޮ އާދަނު

    ދެންތިޖެހުނީ 1 ގަޑިއިރުހަވާއަރުވަންތާ ؟ އެހެނީ ޗައިނާފަދަ ގައުމެއްގެ ރައީސްމީހާއާއި އެއްދުވަހެއްގާ އުފަންދުވަސް ދިމާކުރުމަކީ މުސްތަހީލުކަމެއް ދެއްތޯ ؟