މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ އެއީ ގޯހެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ބުނެ ރާއްޖޭގެ އެކި ހިސާބުތަކުގައި ސިލްސިލާކޮށް ދަނީ މުޒާހަރާކުރަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫގައި މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ތެރެއިން މަސްވެރިން ވަނީ އައްޑޫ މަސްފެކްޓްރީގެ މަސައްކަތްތަކަށް ހުރަސް އަޅައި ހުއްޓުވާފައެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަޔަކުއަތުން އެއްޗެއް ގަނެފިނަމަ އެއެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބެއް ކަމަށެވެ. އެއީ އެއެއްޗެއް ގަންނަ ބައެއްގެ ހެޔޮކަމުން ނުވަތަ ދީލަތިކަމުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ އެއީ ގޯހެއް. އޭގައި ދެއްކޭނެ ބަހަނާއެއް ނެތް."، ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އައްޑޫ މަސްވެެރިންނާއި އެހެނިހެން މަސްވެރިން އަތުން ގަނެފައިވާ މަހަށް ނުދައްކާހުރި ފައިސާ ދައްކާ ހަލާސް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ކުރީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާއިން މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭ 280 މިލިއަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. އަދި އޭޕްރީލްގެ ނިޔަލަށް ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވީނަމަވެސް ފަހުން މަސްވެރިން ބޭނި މަހަށް 50 މިލިއަން ރުފިޔާ އަދި ދައްކަން ޖެހެއެވެ.

މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ބޮޑަށް ޑިމާންޑު ކުރަމުންދަނީ މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމީހުންނާ ބައްދަލު ކުރުމަށެވެ. މީގެ ކުރިން ކޫއްޑޫގައި މަސްވެރިން ކުރި މުޒާހަރާ އާއި ގުޅިގެން ވަޒީރު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެން އެ މަސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓުއްޓު

    ތިޔަ ގޯސް ފުރަތަމަ ހެދީ ތިޔަ ބޭފުޅުން ނޫންތޯ.. ލަދެއް ނުގަނޭތޯ ތިޔަވާހަކަ ދައްކަން..

    11
  2. ޓޯޓޯ

    މަސްވެރިންނަށް 280 މިލިއަން ނުދީ ހިފެހެއްޓިއިރު އެމްޑީޕީ ސަރުކާރުން ކުރި ބައެއް ކަންކަން:
    - ގާތް މަހުޖަނުންނަށް 4 ބިލިއަންގެ ރިސޯޓު ކުލި
    މާފުކޮށްދިނުން
    - ރީކޯއަށް 40 މިލިއަންގެ ރިސޯޓު ކުލި މާދުކޮށްދިނުން
    - ވިލިމާލެ ބްރިޖް އަވަސްކުރަން ކަމަށް ބުނެ 100 މިލިއަން އިތުރަށް ދިނުން
    - ފެނަކަ، އަދި އެޗްޑީސީ ބިލިއަނުން ދަރުވާލައިގެން ސިޔާސީ މަގާމުތަކުގަ ތިބި ގާތް އެކްޓިވިސްޓުންނަށް ބޮޑު މުސާރަ ދިނުން.

    މިކަހަލަ އެތަށް ޖަރީމާއެއް ހިންގާފާ މިހަރު ހުދު ކާފޫރަށް ވެގެން އައިސް ތިވާހަކަތަށް ދެއްކިޔަސް ދެން އެމްޑީޕީގެ އަވައިގައި ޖެހޭނެ ބަޔަކު ނެތް

    10
  3. ޏ

    މޑޕ ވެރިކަން ނިންމާލި އިރު 250 މިލިއަން ރުފިޔާ
    މަސްވެރިނަނަށް ނުދީ އޮތީ ކީތްވެބާ!

  4. ކަލޯބޭ

    މި މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގެ ތަފުސީލުތައް މަސްވެރިންނާއި ހިއްސާ ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

    މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ ހުއްޓެވެ.

  5. ޖޯކު

    އެއީ މައްސަލަ އެއް ކަން އަދިކިރިޔާތަ ބޭބެ އަށް އެގުނީ

  6. ތައުފީގް

    އެބޮޑު ގޯސް ހަދާ 250 މިލިޔަނަށް ވުރެ ގިނަ ފައިސާ ނުދީ އެމް ޑީ ޕީ ގެ ސަރުކާރުގައި އޮތީ ގޯހަކަށް ނުވާތީތޯ

  7. ޜައްޔިތުމީހާ

    ފާއިތުވި 5އަހަރު މަސްވެރިން އަތުން މަސްގަނެ ފައިސާނުދައްކާ 800މިލިއަނައް އެރިއިރު ސާހިދައް އެކަންގޯހަކައްނުވި