ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް މަރުހަލާ ހައި ކޯޓުގައި ކުރިއަށް ދިޔަ ދުވަސްވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ވަޒީރަކު، ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވަޑައިގެން ހައި ކޯޓުގެ އިސް ފަނޑިޔާރަކާ ބައްދަލު ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފިއެވެ.

ޔާމީންގެ ވެރިކަމުގައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. ހައި ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެ މައްސަލަ ހައި ކޯޓުގައި ނުނިމި ދިގުލައިގެން ދިޔައީ އެމްޑީޕީއެކޭ އެއްގޮތަށް މި ސަރުކާރުގެ "އެންމެ މަތިން" އެކަމަށް ނުފޫޒު ފޯރުވައިގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވި ނަމަވެސް ސަރުކާރުގެ ވެރިން ވަނީ އެކަން ދޮގު ކުރައްވައިފައެވެ.

ޕީއެންފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ޔާމީން އެގޮތަށް ވިދާޅުވެފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު، ފުރަތަމަ ފަހަރަށް ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ ހައި ކޯޓުގައި ނުނިމި ލަސްވެގެން ދިޔަ ސަބަބު އެމަނިކުފާނަށް ވަރަށް ރަނގަޅަށް ތިލަކޮށް ދެއްވަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"މިހާރު ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ކޮން ބޭފުޅަކުތޯ ބެންކޮކަށް ވަޑައިގެން އިސް ފަނޑިޔާރަކާ ބައްދަލު ކުރެއްވީ؟ އެ އަޅުގަނޑުމެންނަށް އެނގޭ. ރައީސް ޔާމީނާ ކުރިމަތިލެވޭހޭ، ނުލެވޭހޭ، ކާކުތޯ ހައި ކޯޓުގެ ފަނޑިޔާރަކު ގެންގޮސް ދޮޅު މަސް ދުވަސް ވަންދެން އަޔަ ނުދީ ބޭރުގައި ބަހައްޓައިގެން އުޅުނީ؟ ކޮން ބަޔަކު ކުރި ކަމެއްތޯ؟ ވެދާނެ އެކަން ފެށީ އެމްޑީޕީން ކަމަށް. ދެން ކޮން ބައެއްތޯ އެކަމަށް އިސްތިރާފް ދިނީ؟ މި ހުންނަނީކީ ނޭނގޭ ކަންކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ހައި ކޯޓުގައި އެމަނިކުފާނުގެ އިސްތިއުނާފީ މައްސަލަ އޮތް އިރު، މިހާރު އޮތް ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރުންނަށް ގުޅުއްވި ކަމުގެ މައުލޫމާތުތައް ވެސް ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ތިލަވާނެ ކަމަށެވެ.

ޕީއެންފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"އަޅުގަނޑުމެން އަދި އެ ވާހަކަ ނުދައްކަނީ. މި މީހުންގެ ނިޔަތެއް (ވެރިކަން) ފެށުނު އިރުގައި ވެސް ނެތް ވީއްލާކަށެއް. އެބޭފުޅުން ތިއްބެވީ އަޅުގަނޑު ގައިދުކޮށްގެން، ކަސްތޮޅު އަޅުވައިގެން މިކަން ކުރައްވަން. އެކަމަކު، ﷲ ގެ ނިންމެވުން މިއަށް ވުރެ މާ ވަރުގަދަ ވާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު އަދިވެސް ޖަލަށް ދާން ޖެހިދާނެ ކަމަށެވެ. އެއީ ހައިކޯޓުގައި ނިމުނު މައްސަލަ އަލުން މުރާޖައާކޮށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މީހަކު ރަހީނުކޮށްގެން، ގައިދުކޮށްގެން ގެންގުޅުނަސް ކިހާ ދުވަހެއް ވަންދެން ގެންގުޅެވޭނީ؟ އަޅުގަނޑު އަނގަމަތީގައި މަލަން އެޅިއްޖެތޯ؟ ނޭޅުނު ދެއްތޯ؟ ނުވެސް ވާނެ އެކަމެއް." ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެހެނަސް

    ޔާމީނައް ވެސް އެމްޑީޕީ ގޮތައް ދޮގު ހައްދަވަން ދަސްވެއްޖެ. ކޮންމެ އެއްޗެކޭ ކިޔަސް މިސަރުކާރުން ތިޔަހުރީ މިނިވަން ކޮއްފަ އަދިވެސް ތިއުޅެނީ ގެއްލުނު އެއްޗެއްގެ ބޮޑު ކަމުން

    26
    15
  2. އެޑްމުންޑޯ

    މަނިކުފާނަކީ މިހާރު މާމުހިއްމު ބޭފުޅެއްނޫން ، އަނގަމަޑުން ލައިގެން ހުންނެވިއްޔާ އެންމެ ރަގަޅުވާނީ

    27
    14
  3. އާދަނު

    މީ ނުބައި މީހެއްކަން ސާފުވެއްޖެ! އަނަތްރީސް ވެއްޖެ!

    23
    15
  4. އަބްދޫ

    އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަ މީރާއަށްޖަމާނުކުރާގޮތަށް ހަމަޖައްސައިގެން އަމިއްލަ ކުންފުނިތަކަށްޖަމާކޮށްގެން ޗެކް މާރު ކުރަން އޯޑަރު ދިންމިހާ ޖެހޭނީ ހައްޔަރުކޮށް ޖަލުގަ ބާއްވަން.

    8
    3
  5. އެމީހުން

    ޔާމީނެއްނޫން ނުބައިއީ. އާދުރޭ. ޔާމީނަށް ވަރަށް ވަފާތެރިމީހަކަށްހެދިގެން ހުރިނުބައިކަންބަލާބަލަ. މުއީޒާށްވެސް ހަދާނީ އެހެނ. ކިހިނެއްއިގޭނީ މުއީޒަށް އަދުރޭ އިހުލާސްތެރިވާނެކަމެއް. މުސްކުޅިންގެ އަހުބަހެއްގައި އޮވޭ އެއްފުޅަންމަތިން ފުއްމާލިބަކަރި އަނެއްފުޅަށްމަތިން ފުއްމާލާނެއޭ.

    10
    8
    • ހައްޕުނޑު

      އަދުރޭ ޔާމީނަށް ވަފާތެރި ނުވީކީނޫން. ޔާމީނު އަދުރޭއަށް ވަފާތެރިނުވީ. އަދުރޭމެން 5އަހަރުވަންދެން ޔާމީނަށްޓަކާ މަގުމަތީގައި ވި ގުރުބާނީ އަށް ޔާމީނު ވަފާތެރި ނުވެ ކޮޅުފައިންޖެހީ. ޔާމީނުވެސް ދެންވާނީ ސިޔާސީ ހައްޕުނޑަށް. އެތބީނުން ޖަމީލާ މަލީހުވެސް. ކާކުބަލާލާނީ. ނުބަލާނެ. އެއީ ހައްޕުނޑުން.

  6. ނަމަ

    ޔާމީން ކާރީގަ ބުނެފަބާ ދިޔައީ

  7. ހަންޑިކުޑަ

    މިކަމުގައި އެ ފަނޑިޔާރުގެ ބަހަކާއި އެ ވަޒީރެއްގެ ބަހަކީ ކޮބާބާ! ރަށެތެރޭގައި ރައްޔިތުން ދައްކާ ވާހަކަތައް އިވޭ ވީޑިއޯ ވެސް އެބަހުއްޓޯ ޔާމީނު އަތުގައި އެ ފަނޑިޔާރަކާއި ވަޒީރަކު ދެއްކި ވާހަކަތަކުގެ.

  8. ހުސެއިްން ޝާމް

    ކޯޓުގަ ތިބި ފަޑިޔާރުން ބިރުގަންނަން ޖެހޭ ﷲތަޢާލާ ދެކެ .އެއްވެސް އިންސާނަކު ދެކެ ބިރުން ނުވަތަ މުދާ ފައިސާގެ ބޭނުމުގަ އެއްގޮތަކަށް ވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ.އަނިޔާވެރިކަން ﷲ ވަނީ ޙަރާމް ކުރައްވާފަ.މިތަސްވީރުްނ ފެންނަ ޖަމީލް އަކީ ކުރިން ޖަސްޓިސް ބިލްޑިންގަ މީހުންލާ ސިޓީ އަށް ވަރަށް ހިތްދަތި ޖަވާބު ދެއްވާފައިވާ ބޭފުޅެކެވެ.މިކަން އެބޭފުޅާ މަސއްކަތް ކުރި ކޯޓުތަކުގެ ރިކޯޑުން ފެންނަން ހުންނާނެއެވެ.އަނެއްކޮޅުން މަލީޙު އެހެރަ ފެންނަ އެން.ސީ،އައިޓީ ކުދިން ގެ މިނިވަންކަން ނަގާލާފަކަމަށް ޚަބަރު ލިބެނީ ތިފެންވަރުގެ މީހުން އުޅެނިކޮށް އަނެއްކާ ކޯޓުގެ ތިބި ފަޑިޔާރުން މަނިކުފާނަށް ކަންތައް ވިސްނައި ދިނުމުގެ ބަދަލުގައި ފިޔަވޅު އަޅާނީ. ފުރަތަމަ ޙުކުމެއް ބާތިލް ވެގެން އެދަނީ އޭގަ ފުރިހަމަވާން ޖެހޭ އިޖުރާއްތައް ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.އެހެނވީމާ މިޙުކުމުން އެބަ އެގޭ ބަޔަކު މަޤާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން މަނިކުފާނަށް އަދަބު ދެނީކަން .ރައްޔިތުންނަށް ވަރަށް ސާފެވެ.ނޫސްވެރިންގެ ވާޖިބެއް ރައީސް ޔާމީން އެވިދާޅުވާ ވާހަކައިގެ ޙަޤީޤަތް ހޯދާ އާންމުކޮށް ނޫސްތަކުގެ ޝާއިޢި ކުރުން .ސަބަބަކީ މިހާރުގެ ރައީސުލް ޖުމުހޫރިއްޔާގެ އިސްލާޙީ އެޖެންޑާ ފުރިހަމަ މާނައިގައި ކުރިއަށް ގެންދެވޭނީ އެއިރުން ކަމަށް ވާތީއެވެ.