ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަންއާ ބައްދަލު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކަންއާ ބައްދަލު ކުރެއްވީ އެމެރިކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމަށެވެ. ޒަމީރު، ބްލިންކަން އާ ބައްދަލު ކުރައްވައި ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޒަމީރު. ---- ފޮޓޯ: ފޮރިން މިނިސްޓްރީ

އެގޮތުން ދިފާއީ ދާއިރާ އިން ގުޅުން ބަދަހި ކުރުމާއި ޑިމޮކްރަސީ ވަރުގަދަ ކުރުމާއި އިގްތިސާދީ ކުރިއެރުމާއި މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ފުޅާކުރުމާ އެކު، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަމަޖެހުމާއި މެރިޓައިމް ސެކިއުރިޓީ އާއި ސުލްހަ ދެމެހެއްޓުމުގެ މައްޗަށް މަޝްވަރާ ކުރެއްވި ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޒަމީރާއި ބްލިންކަންގެ ބައްދަލުވުން. --- ފޮޓޯ: ފޮރިން މިނިސްޓްރީ

މި ބައްދަލުވުމުގައި ބްލިންކަން ވަނީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފައެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިން އަޑު އުފުލަމުންދާތީ އެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޒަމީރު ދެއްކެވި ވާހަކައިގައި ދިވެހި ދަރިވަރުންނަށް އެމެރިކާ އިން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ދިވެހިންނަށް ފަސޭހައިން އެމެރިކާ ވިސާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

ބްލިންކަން އާ އެކުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖެ އިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ޣަފޫރު މުހައްމަދާއި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބާއި ކައުންސިލާ ޒީނާ ދީދީ އަދި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މިފަހަރު ހަނދައްގެންދާނެ 1 ބިލިޔަން ޑޮލަރު ދޭނެ

    7
    1
  2. ޢަބްދުﷲ

    ބްލިންކެންމެންގެ ދުވަސް އެދަނީދަމުން، ނަތަންޏާހޫ ގޮވާގެން ފިލަންދާށޭ ބުނެ

  3. Anonymous

    ބަލަ އަހަރުމެން ޔަހޫދީންނާއި ގުޅުން ކަނޑާފައި ވަނިކޮށް މި ޒަމީރު މިހަދަނީ ކޯޗެއްތޯ ، ފަލަސްތީން ގައި އިސްރާއީލު ސިފައިން ޝަހީދު ކުރާ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ދިވެހިން ވަނީ އެމެރިކާ ބޮއިކަޓް ކޮށްފައި !

  4. އަލީ

    އެމެރިކާއާއި ތިހައިގާތްވުމަކީ ރަނގަޅުކަމެއް ނޫން. އެމެރިކާ ތިއީ މުޅިދުނިޔޭގެ ހަލާކު. އެމެރިކާ ތިއީ އެއްވެސް ހައްގެއް ގަބޫލުކުރާ ބައެއް ނޫން، މުޅިދުނިޔެއަށް ހުރި ބޮޑު ނުރައްކަލެއް.

  5. Anonymous

    އެމެރިކާ.....
    ފުރަތަމަ ޝަރުތު: އިޒްރޭލޭ ނުކިޔާތި.
    ދެވަނަ ޝަރުތު: ޗައިނާ އައުޓް.
    ތިންވަނަ ޝަރުތު: ބޯޑަރ ކޮންޓްރޯލް.
    ހަތަރުވަނަ ޝަރުތު: އިންޑިއާ އިން.
    ----
    ބޭބެ ޑޮލަރުބަލާ ދިޔަސް ރައްޔިތުން އެއަށްވުރެ ބިޒީ މިކަންކަމުގައި.

  6. ނަތަންޔާހޫ

    ﷲ އަކްބަރ! ހެޔޮ ނުވާނެ ގްރޫޕު ގްރޫޕަށް ހަދާއި ދުނިޔެ ވަށާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޭކާރު ޙަރަދުތައް ކުރާކަށް. ޤައުމު ގައި ލައިން ކާނެ އެއްޗެއް ނެތް އިރެއްގައި މިވެރިންގެ އަމިއްލަ އުފަލަށްޓަކައި ދުނިޔެ ބަލާލުމުގެ ބޭނުގައި މި ކުރާ ބޭކާރު ދަތުރު ތައް ހުއްޓާލުމަށް ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން ގޮވާލަނމު! މި ކުރާ ދަތުރު ތަކުން އެއްވެސް ދިވެހި ރައްޔިތެއްގެ ޖީބަކަށް ލުއެއް ނުލިބޭތާ ރައްޔިތުންގެ ރައުސުލްމާލު ހުސްވުން ނޫންކަމެއް ނުވާނެކަން ޔަޤީން! މިއީ ޤައުމުގެ ހުންގާނާއި ހަވާލުވެ ހުންނަ ވެރިމީހާވެސް ވިސްނަން ޖެހޭނެ ކަންކަމުގައި ދެކެން. ވެރިމީހާގެ ލޮލުގައި ވަޒީރުންތައް އަނދުން އަލުވާފައި މިވެރިންގެ ކަމަކީ ނާޗަރަންގީ ކުލުން ކަމުގައި ދެކެން.

  7. ދަތްނެތްކުއްޖާ

    މާ މޮލަށް ފޮޓޯ ނެގުނީމަ މޮލުކަމެއް ކުރެވުނީކީ ނޫން! އިސްލާމް ދީނު ނަފްރަތު ކުރާ ބަޔަކާއި އަދި މީގެ އިތުރުން ފަލަސްތީނުގެ ކުށެއް ނެތް ކުޑަ ބޮޑު ޒުވާނުން ޝަޙީދު ކުރަމުން ގެންދާ ޖާހިލަކާއި އެކު ފޮޓޯ ނަގާ އާޢްމު ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އަފިރިން ސިފަކުރަން. އަދި މިކަމުން އަފިރިން ދެކެނީ މި ޤައުމުގެ ވެރިންގެ ތާޢީދު އެވެރިންނަށް ދޭކަން. މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ނަން އިސްލާމީ ޤައުމު ތަކުގައި ކިނލަބު ވެގެން ދާނެކަން ޔަޤީން.

    3
    1
  8. މޮޔަނިމޮސް

    ބަލަ ކޮބާބާ ފަލަސްތީނު ބަޔަކު ހޭބަލީނނުވީޔާ ރަނގަޅު