ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލިބުނު ހުރިހާ ފައިސާއެއް "ބައްކޮށް" ފޮރުވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ތަފާތު ދައްކަވާނެ ބޭފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އުޖާލާ ދުވަސްތަކެއް ރައްޔިތުންނަށް ފެނިގެން ދިޔަ ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ލިބުނު ފައިސާ ރައްޔިތުނަށް ދިނުމުގެ ބަދަލުގައި އަމިއްލަފުޅު ތިޖޫރީގައި ބަންދުކޮށްފައި ބެހެއްޓީ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި ހުރިހާ މަންފާއެއް ލިބެމުންދަނީ ރައްޔިތުންނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ރައީސް ޔާމީން މަސައްކަތް ކުރެއްވީ އެއާ އިދިކޮޅަށް. އެއިން އެއްވެސް ކަމެއް ކުރިޔަ ނުދިނުމަށް. އެކަމަކުވެސް ރައީސް ޑރ.މުއިއްޒު މަސައްކަތްކުރެއްވީ މުޅިން ތަފާތުކޮށް. ޚަރަދުކޮށްގެން ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވީ، ގެންގޮސް ތިޖޫރީއަކަށް ލާފައި ފޮރުވީކީއެއް ނޫން. ލިބުނު އެއްޗެއްވިއްޔާ ބަކްކޮށްގެން އުޅުނީ. " ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މި ސަރުކާރަކީ ވިސްނުންތެރިކަމާއި ނަޒާހަތްތެރިކަމާއެކީ މަސައްކަތް ކުރައްވަމުންދާ ސަރުކާރެއް ކަމަށާއި ރައްޔިތުން ތިބީ ފިނި ހިޔަލުގައި ހިތްހަމަޖެހިފައި ކަމަށެވެ.

މީގެއިތުރުން ރައްޔިތުންނަށް ހައްގުތައް ހޯދައި ދިނީ އެމީހުން ކަމަށް އެމްޑީޕީން ދައުވާކުރި ނަމަވެސް ރައްޔިތުން ބޭނުންވީ އެމްޑީޕީގެ އަނިޔާވެރި ކަމުން ސަލާމަތްވެ ފިނިހިޔަލަށް ދިޔުމަށް ކަމަށް ލަތީފް ވިދާޅުވިއެވެ. ނިމިދިޔަ ސަރުކާރުތަކަށް ބަލާއިރު ރައްޔިތުންނަށް ކުޑަވެސް މަންފާއެއް ލިބުނީ ޕީޕީއެމް ސަރުކާރުގައިކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އެވެރިކަން ނިމިދިޔައީ ވެރިމީހާގެ ސަބަބުން ނޫން ކަމަށެވެ. އެ ވެރިކަން ނިމިދިޔައީ "ބަދިގެތެރެއިން" ރައްޔިތުންގެ ކަންތައް ނިންމަން ފެށި ހިސާބުން ކަމަށާއި މި ވެރިކަމުގައި ރައްޔިތުންނާއި ގުޅުންހުރި ހުރިހާ ކަމެއް ނިންމާނީ ގައުމުގެ ވެރިމީހާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ރައީސް މުއިއްޒު ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދީ ތަނަވަސްކަން ގެނެސްދެއްވައިފި ކަމަށާއި ރައްޔިތުންގެ މޫނުމަތިން މިހާރު ފެނިގެންދަނީ ހިތްހަމަޖެހިގެން ހިނިތުންވެފައި ތިބި މަންޒަރު ކަމަށް ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ފުތު

    ސިޔާސީ ބޭފުޅުން ނަށް އަމާޒުކޮށް އަޚްލާޤް ދަސްކޮށްދޭ ކުލާސްތަކެއް ވަރަށް މުހިންމު.

    25
    1
  2. ކާޕެޓް ވަގު

    ވައްކަން ކުރުމާއި ދޮގު ހެދުމުގައި....

    12
  3. ހައްވަ

    ބަލަ ލަތީފޫ ވޭތިވެދިޔަ 5 އަހަރު ޔާމީން އޮތީ ޖަލުގައި. ބައްކުރި އެއްޗެއް ބައްކުރީ ޓިނުއަދުރޭ
    އާއި ޓްރެޝަރަރ މޫސާ ޒަމީރު. ކަލެއަށް ހާދަ ތަންދޮރު ނުފިލައޭ!!!

    މުޢިއްޒު ތަފާތު ކަން އެެނގެއޭ. ޕީޕީއެެމް ޖަހައިގަނެ އެއްވެސް ކެންޑިޑޭޓެއް ނުނެރެެ، ހަރަކާތެއް ނުބާއްވާ އެޕާޓީއަށް ސަރުކާރުން ލިބުނު 10 މިލިއަން ރުފިޔާ ބައްކޮށްފި!!! ހެހެހެެ!!!

    24
    1
  4. ކިނބޫ

    މދި ކޮބާ އަހަރެމެން މަސްވެރިންގެ ލާރިކޮޅު. ޔާމީން ބަރާބަރަށް އަހަރެމެންނަށް ލާރިކޮޅު ދިން.

    23
  5. މާމީ

    މިހާރު އަނގަ ފެޅީ އަހަރެމެން ދެކުނިން އަނގަ ބެދިފަ ތިބިތަން

    24
    1
  6. މުހައްމަދުބެ

    ލަތީ ކަލޭ ސިކުޑިޔަށް ތެއޮއެރީތަ

    21
  7. ޢަލީ

    ރައްޔިތުން ތިބީ ވަރަށް ބިކަ ހާލުގައި. ލަތީފަށް އާންމު ރައްޔިތުން ނުފެންނަނީ

    21
    1
  8. އަލިބެ.

    ތަފާތުކަން މިހާރު އެބައެގޭ. ޔާމީނަށްވުރެ 03 ގުނަ ހިޔަޅުކަން ބޮޑުކަމަށް ފެންނަނީ! ރައްޔިތުން އިދަޖެހުމާއި ދިމާއަށްދަނީ.

    21
    1
  9. ޕުޓިން

    އެހެންވީމަތާ މަސްވެރިން އެހާ އުފަލުން ީީއެއުޅެނީ!!

    20
    1
  10. ނަމަ

    ލަތީފް އަށް ލިބޭހާ ފައިސާ ދެނީބާ ތަފާތު ވާނޭ މިކިޔަނީ

    13
    1
  11. ސަމީ

    ތަފާތު ވެއްޖެތާ. މިދަނީ ސީދާ ޑީފޯލްޓުވާން. ލިބުނު 7 މަހު މިކަން މަތަ ކުރަން ކުރެވުނު އެއްކަމެއްވެސް ނެތް.

    15
    1
  12. ހާމިދު ޝާހިދު

    މީނާއަށް ޔާމީންއާ ނުލާވެސް ނޫލެވުނު. ޔާމީނުގެ ވެރިކަމުގައި ހަށިފޮޅާލާފައި ޕީޕީއެމްއިން ބޭރަށް ނުކުމެ ޖަގަޑާ ހަދައިގެން އުޅެ ބަހައްޓާފައި، ޔާމީންގެ ވެރިކަން ނިމި އެމަނިކުފާނު ދެންއައި 5 އަހަރު ޖަލުގައި އޮންނެވި އިރު ޕާޓީ ހިންގީ އަދުރޭ. އަދި މި ލަތީފު އަލުން ޕީޕީއެމްއާ ގުޅި ޔާމީން އަށް ސަނާކިއުމާއި އެމަނިކުފާނު ކުރިކަންތައްތައް ނުކުރާކަމަށާއި ނުކުރާކަންތައްތައް ކުރާކަމަށް ހެދައިގެން ޓީވީތަކަށް އަރައިގެން އުޅުނު. މިއަދު ޔާމީން ފަކީރު މުޅިން ބާކީ ކޮށްފައި، މުއިއޒު (ތަންދޮރުނުފިލާ) ފަހަތުން މިދުވަނީ ސަނާ ކިއަމުން. މުއިއްޒުގެ ތަފާތު ފެނޭ ނޫންތަ! މަތި ބަރު އެންމެ ބޮޑު ސަރުކާރު! އެންމެ ނުކިޔަވާ ތިބި މީހުން އިސްމަގާމުތަކުގައި ތިބި ސަރުކާރު! އިނގިރޭސިން ދެބަސްވެސް ހަމައަށް މުއިއްޒުން ފެށިގެން އަދުރޭއާއި އޭނާގެ ދަރިފުޅާ ހަމައަށްވެސް "ނޭންގޭ" ސަރުކާރު! ދެން ކީކޭ ކިޔާނީ އަޅެފަހެ!

    15
    3
  13. ޒަހަރި

    މާތް ﷲ ގެ ކުޅަދުންވަންތަކަން . އިއްޔެ ޔާމީން ނޫން ބޭފުޅަކަށް މިގައުމު ނުހިންގޭނެ ކަމައް ދައުވާކޮށް ސަނާކިޔަމުން ދުވި. މިއަދު ގައުމު ބައްކުރީ ޔާމީން ކަމައްބުނެ ދައްކާވާހަކައިން ކޮސްވެއްޖެ. މާދަމާ މިގައުމައް ވެގެންދާނެގޮތް ސިފަކޮށް ތަސައްވުރު ކުރަންވެސްނޭންގެ. މާދަމާ ރ މުއީޒް އަށްނިސްބަތްކޮށް ދައްކާނީ ކޮންފަދަ ހުތުރު ވާހަކަ ތަކެއްބާ؟

  14. Anonymous

    މުއިއްޒު ބައް ނުކުރީމާ މަސްވެރި އާއިލާތަށް 3 މަސް ވާންދެން ބަނޑަށް ތިބޭން މި ޖެހުނީ.

  15. ޒާ

    މާ ލަދުކުޑަވެގެން ނޫޅޭށެ. ޔާމީނު އެއޮތީ ބިޔަ ބުރިޖާއި މަގުތައް ހަދާފައި ބައްކޮށްގެންތޯއެވެ؟ އެނޫންމީހުން ކުރި ކަމެއް ދައްކާ. އަމުދުން ކަލޭ މިހާރު ތިއުޅޭ ޕާޓީން މިދަނީ ދިވެހީންގެ ސޯޓް ބާލުވާނެ ހިސާބަށް.

  16. އަބްދޫ

    ޔާމީނުގެ އެންގުމަށް އަދީބު ވަނީ ދަވްލަތަށް ލިބުނު ޑޮލަރު ޗެކްތައް ޕްރްއިވެޓް ކުންފުނިތަކަށްޖަމާކޮށް އެކުންފުނި ތަކުގެ ޗެކްފޮތުގަ ޗެކްތަކެއްހަދައިގެން ބޭނުންވާ އެކައުންޓް ތަކަށް ޖަމާކޮށްފައި.

  17. ޙެހެ

    ލަތީފުބޭގެ ތެދުވެރިކަންވެސް ތިޔަ ފެނުނީ ، އެކަމަކު ތީ އިޚްލާސްތެރިންނެއް ނޫން ، ކުރީގަ ސަނާކިޔާ ތައުރީފްކޮށްފަ މިއަދު ވަގަކަށް ހަދާލީމަ ލަތީފްބޭގެ މަޤްސަދުވެސް އޮޅިއްޖެ ، އިތުބާރު ގެއްލިއްޖެ ،

  18. އެނބުރޭ

    ލަދުހަޔާތް ކިޔާ މާއްދާއެއް މެމްބަރުންނަށް ކިޔަވާދިނުމަށް ގޮވާލަން

  19. އަހްމަދު

    ލަތީބޭ އަދުރޭހެދެންނޫޅެއްޗޭ ތިޔަގޮނޑިވެސް ލިބިފަތިޔައޮތީ ރައީސް ޔާމީންއަށް ދާއީދުކުރާ ގިނަބައެއްގެ ބުރަ މަސައްކަތުން އެކަން މިހާއަވަހައް ހަނދާންނެތުނީތީ ވަރަށްދެރަ

  20. ިަތަރި.

    އަހްލާގް ބޯންދިނަސް އެވާނީ އެއައްފެންވަރު ދައް ލަޓޯ ފަޓޯ ބައެއް.މެނބަރުން ނޯ؟؟