ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް މިރޭ ވިދާޅުވީ، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައިވާ ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.

މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިކަންކަމުގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށެވެ.

ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބޭއްވުމަށް ރައީސް އަންގަވާފައިވާއިރު، މި ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުވައްވަމުންނެވެ. އެގޮތުން މާލީ ވުޒާރާއިން ވެސް ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ކުންފުނިތައް ރީފޯމް ކުރުމަކީ "އިހްތިޔާރީ ކަމެއް ނޫން" އެއީ މަޖުބޫރު ކަމެއް - މާލީ ވަޒީރު

އެގޮތުން މާލީ ވަޒީރު، ޑރ. މުހައްމަދު ޝަފީގު ވެސް ވަނީ ސަރުކާރުގެ ކުންފުނިތައް ރީފޯމް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއީ "އިހްތިޔާރެއް ނޫން" ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓް ނިމުނުއިރު ވެސް ޑެފެސިޓް ބަޖެޓެއްގެ ގޮތުގައި 11 ބިލިއަން ރުފިޔާ ހުރި ކަމަށާއި 2023 ވަނަ އަހަރު 12.95 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 14 ބިލިއަން ރުފިޔާ ޑެފެސިޓް ބަޖެޓެއްގެ ގޮތުގައިވާ ކަމަށެވެވަޒީރު ޑރ. ޝަފީގު ވިދާޅުވީ ޚަރަދު ކުޑަކުރުމަށް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވުނަސް އެވަރަކުން ފުއްދާލެވޭކަށް ނެތް ކަމަށާއި އިތުރަށް ފިޔަވަޅު ހަރުކަށި ކުރަންޖެހޭ ކަމަށެވެ. އަދި ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ނަފާ ހޯދައިދެވެން ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ހަރަދު ކުޑަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި މެމްބަރުންގެ އާއިލާތަކަށް ލިބެމުން އަންނަ އިންޝުއަރެންސް ކަނޑާލަން ވެސް ބައެއް މެމްބަރުން ވަނީ ތާއީދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޔާމީން

    ޤައުމިއްޔަތު މިވަރަކަށް ދެން ދިރޭނީ

    18
    15
    • އިބޫ ޖަހުލު

      ގައުމިއްޔަތެއް ނުދިރުވޭނެއޭ ގައުމު ދާރާ ވިކޭވަރުކޮށްލާފަ ބަޔަކު ދިޔިއީމާ. ބޮޑެތި ލޯނުތަށް ނަގައިގެން ކޮންމެ ވޯޓަކާ ދިމާކޮށް އަންނަނީ އަންނަނީ ގޮވަން ހުރިހާ ރަށަކަށް ދުވާ ވެރިއެއް ނޫނޭ މިއަދު އެ ހުންނެވީކީ

  2. 2024

    އެހެންތާ ވާނީ، ޝަހީމު ސައުދީއަށް. އިހުސާން އެމެރިކާއަށް ކީކޭ ބުނާނީ

    16
    14
  3. ކިސަޑު

    ކުންފުނިތަކުން މުސާރަތައް ބޮޑުކޮށް މަގާމުތައް މައްޗަށް ޖެއްސުމުން ހަރަދުކުޑަވާނެ އަދި މަސައްކުރަންތިބޭ ނިކަމަތި މުވައްޒަފުންގެ އޯޓީކޮޅު ކަޑާލުމުން ދައުލަތަށް ވަރަށް ފައިދާވާނެ

    25
    5
  4. Ahaan

    އެހެންވީއިރު ހުވާ ކުރުމުގެ ޖަލްސާ އެއީ ކޮން ސަކަރާތެއް.. އެހާ ހަރަދަށް ބަލަންޔާ...

    7
    1
  5. ވާނުވާ

    ތިޔަހެން ވީރުން މިފަހަރު ދާނީ މުޅި ދުނިޔޭގަ އޮތް އެންމެ އަގުބޮޑު ރިޒޯޓް އަށް

  6. ލާލު މަންނަ

    ރަނގަޅު ނިންމުމެއް.. އެކަމަކު އަމަލުން ދެއްކޭނެބާއޭ ހިތަށް އަރާ... ސިޔާސީ މަގާމުތައް އިންތިހާޔަށް ގިނަކަން ފާހަގަ ކުރެވޭ.. އެވެސް އެއްވެސް މަސައްކަތެއް ނުކޮށް ގޭގް ތިބެގެން މުސާރަ ނަގާ ޒާތުގެ ޕޮލެޓިކަލް ޑިރެކްޓަރުން އެއީ މިވަގުތު ބޮޑު ބުރައެއް.. މަގުމައްޗަށް ނިކުމެ މުޒާހަރާ ތަކުގައި ހަޅޭލަވާ އަޑު ގަދަ ކުރިޔޭ ކިޔާފަ އެ އެންމެންނަށް ކިހިނެއް ވަޒީފާ ދެނީ.. ގައުމު މި އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ.. މިވަގުތު ރަށް ރަށުގެ ދެކޮޅު އަޅަން ހިފާލައިފަ އޮތް އެއާރ ޕޯޓުތަކާ ބަނދަރުތަކާ ހެދުން މަޑު ޖައްސާލަންވީ... މި ވަގުތު މުހިންމީ ގައުމު ކޮޅަށް ޖެހުން.. ރައްޔިތުން ގައުމަށް ހެވެއް އެދޭނަމަ މިކަން ގަބޫލު ކުރާނެ.. އެކަމަކު ދެރައީ މިހާރު ގިނަ މީހުން ވިސްނަނީ އަމިއްލަ ފައިދާއަށް.. ބައެއް ދިވެހީންނަށް ވުރެ ބިދޭސީން ވެސް މި ގައުމު ދެކެ ލޯބިވޭ.. ބިޓާރ ޓްރޫތް.

  7. ނަތަންޔާހޫ

    މޮޔައެއްގެ އަތަށް ކަނޑި އެއް ދިނުމުން ވާނެ ހަތަރެއްޗެއް މި ވެނީ! އަދިވެސް ރައްޔިތުން ބާރަށް އަތާއި ފަޔާއި ބޯ ވެސް ޖަހާފަބަހައްޓާ!

    4
    4
  8. ނަގުލަންދާށި

    ބަޔަކު މީހުން ޤައުމުގެ ވެރިކަން ކުރިއަސް ތިމާ އަށް ވެސް ހީވީ މިކަން ކުރެވިދާނެ ކަމަށް ދޮތަ!

    5
    4
  9. ކުޑަ އިނގިލި

    ވާނީވެސް އެހެންތާ! މި ޤައުމުގައި ވެރިކަން ކުރަނީ ދެ ބަފައިން ނާއި މެޑަމެކޯ ބުނާ އަޑު މި ރަށު ތެރެއިން އިވޭ! ވެރި މީހާ އަކީ ހުރި ފޮޓޯ ލޯ ގަނޑެކޯ ވެސް ބުނާ އަޑު އަހަނމު!

    4
    2
  10. ހަންޑިކުޑަ

    ރައްޔިތުންނަށް ހުވަފެން ދައްކާފައި ވެރިކަމަށް އައީމަ ވާނެގޮތް މި ވަނީ!

  11. ސަރަފަކައްދަ

    މަނިކުފާނޫ އެއް ގޮތަކަށްވެސް ތިހެން ނުހައްދަވާ! އީދު ކުޅިވަރު ކުލުނު ގޮތައް ކުޅިވަރުތައް ރައްޔިތުން ބޭންވޭ މިނިވަން ދުވަހުވެސް ބާއްވަން! ޤައުމު ބާއްވާ ފަހަތުގައި. ނާޗަރަންގީ ކުލެންޖެހޭނެ މިނިވަން ދުވަހުގައި!

    4
    1
  12. ސަންޕާދިޔެ

    ކޮބާ ވަޒީރުންގެ ދަތުރު ފަތުރު ކުރުން ހުއްޓުވާކަށް ނުވޭތޯ ޙަރަދު ތައް ކުޑަ ކުރުމުގެ ގޮތުން!

    4
    1
  13. މެޑަމް

    މޯދީޖީ ހުރީ ވަރަށް ނުބައި ފާޑަކަށް ހިނި އައިސް ފަޔޯ އެ ގޯތި ހަސަނު ބުނި!

  14. ކިޔުންތެރިއެއް

    އީދަށް ދިއްލި ބޮކިތަކުގެ ޙަރަދު ރައްޔިތުން އަތުން ފެލާގެން ނަގާފި.

  15. މަށްލާ

    ހުރިހާވެސް މައްސަލަ އަކީ ޗޯރު ގައުމު ދަރުވާލުމެވެ ޗޯރު މިހާރުވެސް އެއުޅެނީ ފުރީޑޮމްކޮށް.

    2
    2
  16. Anonymous

    ވެރިންގެ ބޭރުދަތުރިތައް މެކުހައް މިލިޔަނުން ހަރަދު، ގައުމީދުވަސް ފާހަގަކުރުން އިސްރާފް

  17. ޢެޑްމުންޑޯ

    ޕާރލަމެންޓް އިންތިޚާބާއި ދިމާކޮށް ރައއރަށުން ވަޒީފާ ދީފައިވާ މީހުންނަށް ކިހިނެއްހަދާނީ ، ރޯޑްކޯޕަރޭޝަނޭ ކިޔާފައި 65 އަގަރުން މަތީ މުސްކުޅި އަންހެނުންނަށްވެސް ވަޒީފާވަނީ ދީފައި ، ބަހާއި އަމަލާ ދިމާނުވާ ރައީސެއްމީ

  18. ހުސެއިން ޝާމް

    ޜައްޔިތުންގެ މަޖިލީހުން ޛަލުގަ ތިބި އެންމެން ޤާނޫނަށް އިސްލާހެއް ގެނަސްގެންވެސް .މިނިވަން ކުރަން އެބަޖެހޭ. އެއިރުން މިނިވަން ދުވަހުގެ ހަރަކާތްތައް ބާއްވަން ރައީސް އެއްބްސް ވެދާނެ.

  19. Anonymous

    ސިޔާސީ ވަފާތެރި ކެހިވެރިން ތިހާ އިހުލާސްތެރިނަމަ ދައުލަތުން ލިބުނު ޢާމްދަނީ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު އަހަރު ނިމުނީމާ އެކައުންޓުގައި ބާކީހުންނަ ފައިފާ ދައުލަތަށް ޖަމާކުރަންވީ ނުންތޯ ! މަގޭ ވެރިކަމެއްގައި އޮންނާނީ އެގޮތަށް !

  20. ހަސަން

    ފުރަތަމަ މަޖިލިސް މެމްބަރުން މުސާރަކުޑަކޮށް ދެއްވާ. ދެން މިނިވަން މުވައްސަސާތަކާއި ޖުޑިޝަރީ އަދި ޕޭކޮމިޝަން އުވާލަން ފެނޭ.

  21. ނޫނޭ ބޮކިފަތި ވެސް ދިއްލަންވާނެ

    މުޅި ޤައުމުގައި ބޮކިފަތި ނުދިއްލައިފިއްޔާ ޢީދެއްވެސް ނާންނާނެ!

    3
    1
  22. ޢ

    މިދިޔަ 15 އަހަރަކީސިޔާސީމީހުން މިގައުމު ލޫޓުވުމުގަ ހޭބޯނާރާ ހޭދަކުރި ދުވަސްތަކެއް!!! މިހާރު މިއުޅެނީކީވެސް އިޙުލާސްތެރިވެ ގައުމުދެކެ ލޯބިންނެއްނޫން !!!! އޮޑިފިތި އަޑިޔައް ދަނީކަން ޔަގީންވީމަ ފުރާނަސަލާމަތް ވޭތޯ އުޅެނީ.!! ފުރަތަމަކުރަންވާ ކަމަކީ ކުރީގެ ރައީސުންނާ މެމްބަރުންނާ ގާޒީންނަށް ދޭފައިސާތއް ކަނޑާލަންވީ! މިހާރު ދައުލަތް ދަރާ އޮތްމިންވަރުގެ ނިސްބަތުން މިދާއިރާތަކުގެ މުސާރަ ކުޑަކުރަންވީ. ގައުމު ދަރަނިވެރި ކުރުވާފަ އެއްކޮއްފަހުރި ގޯތި ގެދޮރާ އޮޑިދޯނިފަހަރު ދައުލަތައްނަގާ މިމީހުންނައް މުސާރަނުދީ މަސައްކަތް ކުރުވަންވީ.