ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް އިރުނާރަނީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަނީ ޕީޕީއެމް ދޫކޮށް އާސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރާއި ފެއަށް އެބޭފުޅުން ޖެހެން މެދުވެރިވި ސަބަބަކީ "ޕީޕީއެމް ވަންތަކަން" ސަރުކާރުގެ ތެރެއިން ފެނިގެން ނުދިއުމެވެ. ބަލާލަން ޖެހެނީ އެއީ ކިހައި ވަރެއްގެ ހަގީގަތެއްތޯއެވެ.

ވެރިކަމަށް އަންނަނީ ސިޔާސީ ޕާޓީއެއްގެ ފަރާތުންނެވެ. ޕާޓީގެ ސިޔާސަތުތައް ވިއްކައިގެންނެވެ. ނަމަވެސް އެސިޔާސީ ޕާޓީއެއްގެ ހުރިހާ މެންބަރުންނަށް ނުވަތަ އިސްކޮށް ހަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް ވަޒީރުކަމާއި ސިޔާސީ މަގާމުތައް ދިނުމަކީ އެއްވެސް ސަރުކާރަކުން ކުރި، އަދި އެއްވެސް ސަރުކާރަކަށް ކުރެވޭނެ ވެސް ކަމެއް ނޫނެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލެއްވިއިރު އެކެބިނެޓްގައި ތިއްބެވީކީ އެދުވަހާއި ހަމައަށް ޕީޕީއެމް ވެގެން ރެއާއި ދުވާލު މަގުމަތީގައި ތިއްބެވި ބޭފުޅުންނެއް ނޫނެވެ. ނަމަވެސް ކެބިނެޓްގައި ހިމެނިވަޑައިގެން އެބޭފުޅުން ކާމިޔާބު މަސައްކަތްތަކެއް ކުރައްވަވާ، "އަސްލު ޕީޕީއެމް" ބޭފުޅުންނަށް އެބޭފުޅުން ވެވަޑައިގެންނެވީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނަމިކް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ސައީދު، އެންވާރްމަންޓް މިނިސްޓަރަކަށް ހުންނެވި ޠާރިގު އިބްރާހިމް، ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޑރ.މުހައްމަދު ޝައިނީ، ޑރ.މަރިޔަމް ޝަކީލާ ފަދަ ބޭފުޅުންނަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ސްޓޭޖުން ފެނުނު ބޭފުޅުންނެއް ނޫނެވެ. އެހައިތަނަށް އެއީ ސިޔާސީ ބޭފުޅުނެއް ނޫނެވެ. ރައީސް ޔާމީން ސަރުކާރުގެ ކެބިނެޓްގެ ގިނަ މަގާމުތައް ވެސް ދެއްވެވީ ސިޔާސީ ބޭފުޅުންނަށްވުރެ ޓެކްނިކަލް ބޭފުޅުންނަށެވެ. އެބޭފުޅެއްގެ ދާއިރާއިން ތައުލީމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ކެމްޕޭންގައި ވަރުގަދައަށް މަސައްކަތް ކުރެއްވެވި، ތައުލީމީ ގާބިލް ބޭފުޅުންނަށް ކެބިނެޓުން ފުރުސަތު ގެއްލިގެން ދިޔައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ކެބިނެޓަށް އެކި ބަދަލުތައް އައިއިރު ޑިފެންސް މިނިސްޓަރު ކަމަށް އާދަމް ޝަރީފް އުމަރު، ހޯމް މިނިސްޓަރު ކަމަށް އަޒްލީން އަހްމަދު ފަދަ ބޭފުޅުންނަށް ކެބިނެޓުން ފުރުސަތު ދެއްވީ އެދުވަހާއި ހަމައަށް ޕީޕީއެމްއަށް ކޮން ހިދުމަތެއް ކިހިނެއް ކޮށްދެއްވައިގެން ހެއްޔެވެ؟

މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް ބަލާއިރު ކެބިނެޓްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ސިޔާސީ ސްޓޭޖަކުން މީގެ ކުރިން ފެނުނު ބޭފުޅުންނެއް ނޫނެވެ. ރައީސް މުއިއްޒުގެ ކެބިނެޓުން ވެސް ފެންނަން އޮތީ ސިޔާސީ ޓިކެޓެއްގައި ކެބިނެޓަށް އައުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ތައުލީމީ، ތަޖުރިބާކާރު، ޓެކްނިކަލް ބޭފުޅުންނަށް ފުރުސަތު ދެއްވާފައިވާ މަންޒަރެވެ.

ޕާޓީގެ ސިޔާސަތު ވިއްކައިގެން ވެރިކަމަށް އައިސް ކުރަން ޖެހިފައި އޮންނަ އެންމެ މުހިއްމު ކަމަކީ ސިޔާސަތުތައް ތަންފީޒުކޮށް، ވައުދުތައް ފުއްދުމެވެ. އެވައުދުތައް ފުއްދުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައެވެ. އެހެންކަމުން ސިޔާސަތުތައް ތަންފީޒުކޮށް ވައުދުތައް ފުއްދަން ރައީސުލްޖުމްހޫރިއްޔާ ހޮއްވަވާ ޓީމަކީ އެމަނިކުފާނަށް އެންމެ އިތުބާރު ކުރެވޭ، އެންމެ ގާބިލް ކަމަށް އެމަނިކުފާނަށް ފެންނަ ޓީމެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓާއި ތިންވަނަ އަށް ދިޔަ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގެންނެވި ވޯޓާއި ދެމެދު ހުރީ އެންމެ ތިންހާސް ވޯޓްގެ ތަފާތެކެވެ. އެދުވަހު ރައީސް ޔާމީނަށްވުރެ ދިވެހިންގެ މެދުގައި ރައީސް މައުމޫންގެ މަގުބޫލްކަން ވެސް ކުޑައެއް ނޫނެވެ. އޭރު ޕީޕީއެމްގެ ރައީސް އަކީ ރައީސް މައުމޫނެވެ. ޕީޕީއެމް އޭރު އޮތީ ރައީސް މައުމޫންގެ ޕާޓީގެ ގޮތުގައެވެ. ހާލަތު ނިޔާކުރި ކިތަންމެ ސަބަބެއް ފައްސިވެގެން ގޮސް ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވީއެވެ. މިއަދު ކޮންމެހެން އެތާރީޚް ނިއުޅުވައިގެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތެވެ.

މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ސިޔާސީ އިދިކޮޅު ހަރަކާތްތައް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެއެވެ. ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަޤުޞަދަކީ ވެރިކަން ހޯދުމެވެ. ވެރިކަން ނުލިބިއްޖެނަމަ އޭރު އޮތް ސަރުކާރެއް ޖަވާބުދާރީ ކުރުވުމަކީ ވެސް ސިޔާސީ ޕާޓީއެއްގެ ޒިންމާއެކެވެ. އަދި ވާޖިބެކެވެ. ނަމަވެސް އެޒިންމާ އާއި ވާޖިބު އަދާކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ސަރުކާރަށް ފުރުސަތު ދޭން ޖެހެއެވެ. ފަސް އަހަރު ދުވަހުން ނުވަތަ ރާއްޖޭގެ ތާރީޚްގައި އަދި ދުވަހަކު ވެސް ނުކުރެވި ހުރި ކިތަންމެ ކަމެއް ވަކި މީހަކު ވެރިކަމަށް އަންނަތާ ހަފްތާއެއްގެ ތެރޭގައި ކުރެވިދާނެ ކަމަށް ފުރަތަމަ ހީކުރުމަކީ ވެސް ގޯހެކެވެ.

ޑިމޮކްރެޓިކް ސިޔާސީ ނިޒާމަކަށް ދިވެހިން އަދި ފަރިތައެއް ނުވެއެވެ. އަބަދުވެސް އިދިކޮޅު ސިޔާސީ ހިޔާލުގައި ތިބި މީހުންގެ ވިސްނުމާއި ފިކުރު ގޮސް ހުއްޓެނީ ސަރުކާރަށް ދުއްތުރާކޮށް، ޖެއްސުން ކުރުމާއި ދިމާއަށެވެ. ނަމަވެސް އެއީ ދުނިޔޭގެ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ކަން ހިނގާ އުސޫލެއް ނޫނެވެ. އެމެރިކާ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ސަރުކާރު ހިނގައި ގަންނަން އިދިކޮޅު ފަރާތްތަކުން ވެސް 100 ދުވަސް ސަރުކާރަށް ދެއެވެ. އެމުއްދަތުގައި ވަރަށް ހައްސާސް ކަމެއްގައި ފިޔަވައި ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވެސް މަސައްކަތެއް ނުކުރެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ވެސް ގޯހެއް ހިނގާނަމަ އެވާހަކަ ދައްކަން ޖެހެއެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރުން ހެދި ގޯހަކީ މަލީހް ޖަމާލަށް ވަޒީރުކަން ނުދިނުން ކަމަށްވެފައި، އެކަމުގެ އަދަބެއްގެ ގޮތުން ސަރުކާރާއި ދެކޮޅަށް ގައުމުގެ ރައްޔިތުން ނިކުތުން އެއީ އެންމެ އިންސާފުވެރި ގޮތެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ހަސަން

    ވަރަށް ރަނގަޅު ވާހަކައެއް

    86
    17
    • ވަފާތެރި ކެހިވެރިޔާ

      މިދިޔަ5އަހަރު ކުޅުނު ކުޅިވަރު މިހާރު މިސަރުކާރުން ކުޅެންފެށީ....ދައުލަތުގެ ފައިސާ މީޑިޔާތައް ކޮންޓްރޯލުކުރަން ހޭދަކުރުންމިއީ އަމިއްލަ އެކައުންޓުން ހޭދަކުރުންފަދަކަމަކަށް ހަދައި ރައްޔިތުން ވާވައްދައިގެން ވެރިކަން ދެމެހެއްޓުންމިއޮތީ....ކޮއްމެއެއްޗެ ކޮއްމެމީހަކު ބުންޏަސް އަހަރެމެންނަ ދެއްކިމަންޒަރާ އިވުނު އަޑާ ދިމާނުވި...ރޔާމީންއަށް ޙިޔާނާތްވެއްޖެ ބޮޑުކޮށް ޙިޔާނާތުގެ މުގުލުގަހުރީ ކާކުކަންނޭގުނަސް ވަފާތެރިންކަމަށް ހެދިގެންތިބި ކެހިވެރިންތަކެއް ރޔާމީންގެ ސިޔާސީހަޔާތްދުއްވާލީ..ﷲ މޮޅަށްދެނެވޮޑިގެންވާނީ..ހިޔާނާތާ ހީލަތަށް ނުލިބޭނެ ނަސްރެއް..ލަހުންވިޔަސް ފަހުންވިސް ކާމިޔާބުލިބޭނީ ހައްގަށް..އިންޝާﷲ ރޔާމީނަށް ކާމިޔާބުދެއްވާށި...މިޖަރީމާގެ ހަގީގަތް ރައްޔިތުންނަ ހާމަކޮއްދެއްވާށި....އާމީން..

      19
      31
  2. ކިނބޫ

    ތަންކޮޅެއް ލަހީ. އިންތިޚާބުގެ ކުރިން ތިކަން ކުރަންވީ. އިންތިޚާބަށް ހިޔަނި އެޅިދާނެތީ މަޑުކުރި ކުރުން އެއީ ކުރި ލަހެއް.

    53
    6
  3. ހުއްރިއްޔާ

    މުއިޒު އާއި މުއިޒުގެ ސަރުކާރުނޫން ގޮތެއް ބޭނުންވޭ މަޖުލީސްތެރޭން

    53
    97
    • Anonymous

      ދެން ކާކުތަ ވެރިކަމަސް ގެންނަންވީ؟ މޯދީތަ؟ ނޫނީ މޯދީ އެެންޑޯޒްކުރާ ޕަޕެޓެއްތަ؟

      76
      7
  4. Anonymous

    ރައީސް ޔާމީނަށް ހަޖަމުނުވީ،
    ތިމާނޫން މީހަކު ވެރިކަންކުރަން ބޭނުން ނުވީ
    ޤައުމަށް ހެޔޮ ނޭދެވުނީ.
    މިކަން މިއޮތީ އެނގެން. ރައްޔިތުން ތިޔަ ޕާޓީއަކަށް ދިއުމުގެ ކުރިން ވިސްނާ.
    ރައީސް ޔާމީނަށް. ވޯޓްގައި ބައިވެރި ނުވެވުނީމަ ބޮއިކޮޓްކުރަން އެދުނީމަ.
    މިއަދު ޤައުމަށް ހެޔޮ އެދޭނަމަ މިޤައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެވެންދެން މަޑުން ހުންނެވީސް.އެހެން ނޫންތޯ ކުދީިންނޭ

    137
    45
  5. ވަގުންނޭ

    އޭސީސީން ހުޅުމާލޭން ނިކަމެތި ރައްޔިތުންނަށް ފްލެޓް ދޭން ރައީސް އިބޫގެ ސަރުކާރުން އުޅުމުން ޕީއެންސީގައި ތިބި ބޮޑެތި ވަގުންނާއި އޭސީސީގައި ތިބި ބޮޑެތި ވަގުން ގުޅިގެން ކޮށްފައިވަނީ އެމެން ޕީއެންސީ އަތުން ކަޓް ނަގައިގެން ރައްޔިތުންގެ ހައްގުތައް ވަނީ ފޭރިގެންފައޭ އޭސީސީގެ ޖަލްސާ އެއްވެސް ނުބާއްވާ އޭސީސީގެ ނައިބް ރައީސް އެކަނި ސޮއިކޮށް ފޮނުވާފައިވާ ލިޔުން އެނުވާނެއޭ އޭސީސީގެ ނިންމުމަށް ވެސް އޭސީސީގެ ހުރިހާ މެމްބަރުން ސޮއިކުރަން ޖެހޭނެއޭ އެލިޔުމުގައި ސޮއިކުރަން.

    15
    75
    • Anonymous

      ތިބޭފުޅާއަށް ފުލެޓް ލިބިފައިވަނީ ނުހައްޤުން ކަމާމެދު ޝައްކު ފިލާ މިންވަރަށް މީހުންގެ އަބުރާ ބެހިފަ ތިއޮތީ.
      ތިބޭފުޅާ ދުށިންތަ މިގައުމުގެ އެއްވެސް ކޯޓަކުން އެތަންތާނގަ ތިބި މީހުންނަކީ ވަގުން ކަމަށް ކަނޑައެޅި ހުކުމެއް.؟ އެނެތްނަމަ ވަގަށް ގޮވައިގެން ނުވާނެ. ތިހާ އަޚްލާޤެއް ނެތް މީހުން އަދި ﷲ ގެ ދީން ނުދަންނަ ޖާހިލުން މުދާ ފޭރެންވެސް ފަހަކަށް ނުދާނެ

      57
      4
  6. ދަންޑެހެލު

    އެމްޑީޕީއަށް ވޯޓުދިން މީހުން ސިޔާސީ މަގާމުތަކަށް ގެނާމާ، މުޢިއްޒު ހޮވަން ކެމްޕޭންކޮށް ބުރަ މަސައްކަތްކުރި ޤާބިލު ފަރާތްތައް ހަދާންނައްތާލުމަކީ އިންސާފެއްތޯ؟

    57
    24
  7. އައްސާނު

    އިންޑިޔާ އައުޓް ގަރާރު އުވާނުލިއެވެ. އެއްބަސްވުންތައް ހާމަ ނުކުރިއެވެ. ކަނޑުވިއްކާލި ސިޓީ ނުދެއްކިއެވެ. ދެން ފަސްއަހަރު ގައުމު ކާލަންދެން ބަލަންތިބެންވީހެއްޔެވެ.

    59
    23
  8. ފިޔަވަޅު

    ވަރަށް ރަނގަޅު ވާހަކައެއް.
    އާނ އެހެންޏާފަހެ ، ބަޔަކު ހީވަނީ މޮޔަވެއްޖެ ހެން.
    ވަޒީރުކަން ނުލިބުނަސް ބޮޑުވަރު .
    ދެރައީ ރޔ މިމީހުންގެ މަޅީގަ ޖެހި ހަލާކުވީމަ .
    މަ ކުރިން ޔ އަަށް ސަޕޯޓް ކުރިޔަސް މިހާރު ވ ފޫހިވެއްޖެ .

    83
    14
    • Anonymous

      ދެން ހައިކޯޓުންވެސް ސަލާމަތްނުވީމަ ބުނާނެ މުއިއްޒުއޭ. އެކަމަކު ޖަމީލަށް ޕާޓީ ލިބޭނީ ޔާމީނު ޖަލުގަ ހުރީމަ ނޫންތަ؟ ޖަމީލު ވަކީލަކަށް ހުރެ ޔާމީން ސަލާމަތްވިޔަ ދޭނެތަ؟

      54
      8
  9. ޝައުކަތު އަލީ

    ޕީޕީއެމްވަންތަ ކަމެއް ނެތޭ ބުނާއިރު އަދި ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ކިރިޔާ ފެށުނީ. ކުންފުނިތަކުގެ މަގާމުތަކަށް މީހުން ހޮވާ ނުނިމޭ. ގައިމު މިނިސްޓަރުންގެ ލެވެލްގައިވެސް ޕީޕީއެމްގެ 9 މީހަކު އެބަތިބި. ޔާމީނާއި މަލީހާއި ޖަމީލުގެ އީގޯ ހާޓް ވެގެން ހަމަ

    70
    15
  10. އަލިބެ

    މަލީހު އެކަންޏަށް ޓަކައި މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ކުރީގެ ރައީސްކަން / އަދި ނައިބު ރައީސްކަން ކޮށްފައިވާ މީހަކު އެހާ އަވަހަށް ޑރ މުޢުއްޒާއި ޖެހިގަނެގެން އުޅުމަކީ ވަރަށް ފެންވަރުދަށް ކަމެކެވެ. ތީގެ ހިތި ސިޔާސީ ޙަޔާތުން ޔާމީނަށް ފެންނާނެއެވެ. ތިޔަށްވުރެ ރައްޔިތުން މާދިގުމުއްދަތަށް ބަލައިގަތް ރައިސް މައުމޫންނާއި އިސްތިއުފާދިން ރައީސް އަންނި އަށް ވީގިތްވެސް ހަނދާނުގައި ބަހައްޓާށެވެ. އަބަދު ތިމާވަރެއް ނެތިގެން އުޅޭކަށް ނުވާނެއެވެ. އހެން މީހުންނަށް އިޙްތިރާމް ކުރަން ޖެހޭނެއެވެ.

    72
    14
  11. އެތެރެވަރި

    ރައީސްޔަމީނަކީ އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް އަދި އަޅުގަނޑު ދެކޭގޮތުގައި ރޔ އަކީ ވަރަށް ހިކުމަތްތެރި ދުރުވިސްނޭ ބޭފުޅެއް ނަމަވެސް މިހާރު ކަންތައް ވަމުން މިދާގޮތުން އަޅުގަނޑުގެ އެ ޚިޔާލުތައް، އެދެކުނު ގޮތްތައް ނުވަތަ ހިކުރި ހީކުރުންތައް ރަނގަޅު ނޫންކަމަށް ފެންނަން ފަށައިފި.
    އަޅުގަނޑުގެ އުންމީދަކީ ވަގުތު ފާއިތު ނުވަނީސް ގޯސްމަގު ޚިޔާރުކުރައްވައިގެން އުޅުއްވާ ބޭފުޅުން އަމިއްލައަށް ރަނގަޅު މަގު ޚިޔާރުކޮށް އަމިއްލައަށް އިސްލާހުވުން.

    53
    7
  12. ޢަބުދުﷲ

    މަލީހ އަކ ކޮންމ ސަރުކާރެއ އަޔަސ ވަޒީރުކަންދޭން ޖެހ މީހެއް ގެ ގޮތުގައ ދުނިޔެއަށް އައިި ބޭފުޅެއް ކަމަށްވާނަމަ މިސަރުކާރުން ވެސް އެކަނ އެގޮތަށް ކުރަން ވާނެ

    31
    7
  13. މޫން

    މުއިއްޒާއި ދެކޮޅަށް ވޯޓްދިން ފަރާތްތަކަށް، އެންމެ އުސްފަޑި މަތިން ބޮޑެތި މަޤާމްތައް ދޭއިރު، ވޭތުވެދިޔަ 5 އަހަރު މަގުމަތީގައި އުޅުނު ބަޔަކު ބާކީ ކޮށްލުމަކީ މިއަދު މިކޮމެންޓް ލިޔަން އަޅުގަނޑަށްވެސް ޖެހުނު ސަބަބެއް

    23
    19
  14. ކީބޯޑު

    ރައީސް މުޢިއްޒަށް ވެރިކަން ކުރަން ފަހި ފުރުސަތެއް ދޭން ޖެހޭ. ޖަމީލާއި މަލީހަށާއި މެޑަމް ފާތުން ގާތު އުޅޭ އަންހެން ވެރިންނަށް މަގާމުތައް އެއީ ކޮންމެހެން ލާޒިމުކޮށް ދޭންޖެހޭ އެއްޗެއް ނޫން. އެންމެ ބޮޑު ކުށް ހީ އަކީ މީ ޔާމީނުގެ ވެރިކަމެކޭ. ނޫން. މީ މުޢިއްޒުގެ ވެރިކަމެއް. އަދިވެސް ރައީސް ޔާމީނަށް އެންމެ އިޚްލާސްތެރިވާނީ ހަމަ ޕީޕީއެމް ޕީއެންސީ މެމްބަރުން

    25
    1
  15. ނާހި

    ރައީސް ބޭނުނފުޅުވިޔަސް އެއްމެންނަށް ވަޒީރުކަންދޭނީ ކިހިނެއް. ޙެޔޮނުވާނެ ވެރިކަން ހިންގާ ގޮތެއް ބަލަން ރައީސްއަށް 6 މަސް ދުވަސްވަރު ދެއްވަވާ ! ކެއްތެރި ވެލައްވަވާ . ލިޔުންތެރިޔާގެ ލިޔުން ވަރަށް ފުރިހަމަ.

    38
    4
  16. ބ

    ޝާނީ ގަދަ އިނގޭ. ވެރީ އީޒީ ޓު ރީޑް. އިންފޮމޭޓިވް

    11
    1
  17. Anonymous

    ދެން ޔާނުއަށް ދޯ އިނގޭނީ

  18. ކިޔުންތެރިން

    ޔާމީނު އުފައްދާ ޕާރޓީ އޮންނާނީ ފެންބަރުކައިފަ ޑީއާރުޕީ ފެންވަރުގައި އެހުރީ އޮފް ކެނޑިފަ

    18
    4
  19. އިންނާ

    ލިޔުން ތެރިޔާ ހުރީ ސަރުކާރައް ޖެހި ހުސްވެފަ،
    ޙަގީގަތަކީ މުއިއްޒު ވެގެން، ލިބުނު ވޯޓެއް ނޫން ކަން، ރައީސް ޔާމީން ފޮޓޯ ދައްކައިގެން އައި ވެރިކަމެއް ކަން،
    ވެރިކަމައް އާދެވުނީމަ ޔާމީން ބާރު ކަނޑުވާލާ އެއްލާލީ،

    3
    6
  20. އޖއ

    މާ ބޮޑަށް ލަސް ވެއްޖެ މިހާރު ވެސް

  21. ލާލު މަންނަ

    މަލީހުމެންނަކީ ހަމަ ހަލާކު.. ޔާމީނު އެއުޅޭ އަދީބު ކައިރި ކުރޮ އިރުވެސް ބުނި މީހަކު ބުންޏެއްނު، އެއީ ހަރުފައެކޭ.. ހަމަ އޭގެ ބަޔެއް ތިޔަ މަލީހުމެންނަކީ.. ހަޔާތް ކޮބާ މިނސްޓަރުކަން ހޯދަން.. ދިނީމަ މިނިސްޓްރީ ހިންގާކަށް އެނގުނީކީ ނޫން... ޔާމީނު ހެދި ޅަ އެއްޗެއް ތިޔައީ.. މަގޭ ތާއީދު ހަރާން..

    10
  22. Anonymous

    އާނ. އަދި ތަންފުކެއް އަވަސް މުއިއްޒު ޔާމީން ބޭރުކުރަން ހިފަން. ފުކެއް ބޮޑުވަރު. އިބޫވެސް އަންނި ނެރުނީ ކިހާ ދުވަހަކު ކައިރީގަ ގެންގުޅެފަ. މުއިއްޒު މީ ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ. މީނަ ވެރިކަމަށް އަންނަން ވީމަ ޔާމީން ވަރެއް ނެތް

    3
    7
  23. ރިސާރޗް

    މިއީ މިހާރުގެ ޕޮލިޓިކަލް ސްޓަންޓެއް.. އެއް ފިކުރެއްގެ ބަޔަކު އިދިކޮޅުގައި ތިބިކަން ދައްކައި ރައްޔިތުން ކުރިމަތީ ޕޮލިޓިކަލް ގޭމް ކުޅުން. މިއީ މިހާރު ހުޅަނގުގެ ގައުމުތަކުގައި އެއް ފިކުރަކުން ގިނަ ދުވަހު ވެރިކަން ކުރަން ތައަރާފުވެ ޕްރެކްޓިސް ކުރަމުން އަންނަ ޕޮލިޓިކަލް ސްޓަންޓެއް. މިކަން އެމް.ޑީ.ޕީ އާއި ޑިމޮކްރަޓްސް އިން ކުރަން އުޅުނު.. ނަމަވެސް ކާމިޔާބު ނުވީ..

    2
    1
  24. ލާމު

    ޔާމީނަކީ ފައިސާ އާއި ވެރިކަމަށް ފެންބޮވައިގެން އުޅޭ ލީޑަރެއް. ގައުމަށް ހެވެއް އެދޭނަމަ ދެން ވެސް މަޑުން ހުރުން އެދެން. ތިޕާޓީ ކުރީސަފުން ފެންނަނީ އިންޑިޔާއަށް ދިޔައިމާ އެތާގައި ހިފެހެއްޓުނު މީހުން. މިމީހުންގެ ހިތުގައި އޮތް ނަފުރަތު ދިވެހިން ހައްލައިގެން، އަނެއްކާވެސް މިއުޅެނީ ގައުމު ހަލަބޮލި ކުރަން. އަހަރެމެން ވޯޓުދިނީ ހުސް ގޮނޑިއަކަށްނޫން. ޑރ އަކަށް.

    12
    2
  25. އަހާ

    ޓުއަރިޒަމް މިނިސްޓަރު ވރުގެގާބިލު ދެވަނަ މީހަކު ނުހުންނާނެ

    1
    1
  26. ސަރަފަކައްދަ

    މުޢީޒު ސަރުކާރަށް ހެދިފައިވާ ގޯހަކީ އަދުރޭ އޭ ކިޔާ މީހެއްގެ މުލި އާޢިލާ އަށް ސަރުކާރުގެ ބޮޑު ބައި ދިނުން. މުލި އޮޑީގައި ހަސަނުގެ ދެފައޭ ބުނާހެން މުލި ސަރުކާރުގައި އަދުރޭގެ އާއިލާ . ނުވިތާކަށް ކާފަ ދަރިން ، މާމަ ދަރިން ނަށް ދާންދެން. މި ހުންނަނީ ރައްޔިތުން ބަލައި ގަންނާނެ ކަންކަމެއްނޫން. މިކަމުގެ ހިތި މަޖުލިހުގެ އިންތިޙާބުން މި ސަރުކާރަށް ރައްޔިތުން ދައްކާނެކަން ޔަޤީން

  27. ދަތްނެތްކުއްޖާ

    މުޅި އޮޑީގައި ހަސަނުގެ ދެފައި އޮތީމަ އޭތި ކަޑައޭ ބުރޯ!

  28. ޢަހުމަދު

    ވަރަށް ބަރާބަރު ލިޔުމެއް

  29. އަހުމަދު

    ވަރަށް ރަނގަޅުވާހަކަ އެއް

  30. އަބްދޫ

    ޔާމީނަކީ އަމިއްލަ ސިކުނޑިން އެއްޗެއްވިސްނާލެވޭ ބޭފުޅެއްހެން ހީނުވޭ. 2013 ގަ ވެރިކަމަށް ގެނައިމީހުނަށް ހެދިގޮތަސޤ ވިސްނަމާ. 54 ގޮނޑީގެ މެޖޯރިޓީއަށް ވެގެނދިޔަގޮތް ވިސްނަމާ.ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައޔިތުންގެ މެޖިލިސް 2019 އަށް ވީގޮތް ޔާމީނަށް ތަސައްރަފް ކުރެވުނުހެން ހީނުވޭ. ޔާމީ ނަކީ ބަސްނާހާ ވާނުވާ ނޭގޭ އަމިއްލައެދުނަ އިންތިހާއަށް ބޮޑު ބޭފުޅެއްކަން އަމިއްލަ އެއްބަފާ ބޭބެއަށް ހަދާލިގޮތުން ވިސްނޭވަރުވާނެކަމަށްދެކެން. ޕީޕީއެމް ވަންތަކަން ގެއްލުވާލީ ވެސް ޔާމީނު .ގާނޫނުއަސަސީގެ 109 ވަނަ މާއްދާގަ އޮތްގޮތުން ޔާމީނަށް ރިޔާސީ އިންތިހާބުގަ ވާދަ ނުކުރެވޭނެކަން އެގެއް އޮތް އިރު އިލެކްސަނަށް ފޯމްހުށަހަޅަައިގެން ޕީޕީއެމް އޮޔާ ދުއްވާލީ ވެސް ހަމަ ޔާމީނު. 2018 އައި އިރު ޕީޕީއެމް ކޮބާ ؟ އޮފީސް ތަޅުލާފަ މެޑަމް ކެމްޕޭނު ހަދައިގެ ޕީޕީއެމް އޮޔާ ދުއްވާލީވެސް ހަމަޔާމީނު. މިހާރު ދެވެނަ ފަހަރަށް ޕިޕީއެމް ފެނުނީ ރިޔާސީ އިންތިހާބު ޕީއެންސީ އިންކާމިޔާބު ވީމަބާ؟ ޕީއެންސީއަކީ ވެސް ޔާމީނު އުފެއްދި ޕާޓީ އެއް ނޫންބާ؟ޔާމީނު ޕިޕީއެމުން މީހަކު އިންތިހާބަށް ނެރުމަށް ފުރުސަތު ނުދިނީ މައުމޫނަށް ޔާމީނުހެދިގޮތަހަދާ ޕިޕީއެމުންވެރިކަމަށް އަންނަ މީހަކު ޔާމީނު ބޭރުކޮށްފާނެކަމަށް ވިސްނާފަ ބާ؟ ގުދުރަތުގެ ނިޔާއަށް ވިސްނަވާ އަމިއްލަފުޅަށް ޔާމީނުވަނީ ޕިޕީއެމުންއިސްތިއުފާ ދެއްވާފަ.ޔާމީނުގެ ސިޔާސީހަޔާތް ދަމަހައްޓަން ބޭނުންނަމަ އަދިވެސް ޕިޕީއެމާއއެކު މިސަރުކާރާއި ގުޅިގެންވަޑައިގެންފިނަމަ ފުރުސަތު އެބައޮތް ނޫނީ ސިޔާސީ ކެރިއރު މިހިސާބުނަ ނިމިގެންދާނެ.

  31. މޯޑު

    ދަނޑުވެރިކަމާބެހޭ ވުޒާރާއެއް ހަލާކުވަނީ.. ބޭފުޅާ... ފަޒުލްގެ ބޮޑާ ފިތުނައިގެވެރިއެއްލާގެން. ސަލާމަތްކުރޭ.. ބޮސްވެގެން