އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ހަފުލާއަށް ވަޑައިގަތުމަށް އާންމު ރައްޔިތުންގެ ތެރެއިން 1000 މީހުންނަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަމުން ފިރުޒުލް ވިދާޅުވީ އެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އިތުރު 1000 އާންމުންނަށް އާންމުކޮށް ހުޅުވާލައިގެން މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލުމަށް"

އާންމު ރައްޔިތުންގެ ތެރެއިން 1000 ،މީހުންނަށް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާއިރު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީކޮށް 3500 ފަރާތަކަށް ދައުވަތުދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ވެރިކަމުގެ ހުވާ ކުރައްވާނީ އެކަމަށްޓަކައި ޚާއްސަ ކުރެވިގެން ބާއްވާ ބޮޑު ރަސްމިއްޔަތެއްގައެވެ.

މަޖިލީހުން ވިދާޅުވީ، ދައުވަތު ދެއްވާ ބޭފުޅުންގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އިސް ބައެއް ބޭފުޅުން ހިމެނޭކަމަށެވެ. މީގެ އިތުރުން މިހާރު އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން ނަމަ އާންމުންނަށްވެސް މި ހަފްލާގައި ބައިވެރިވެވޭނެ ކަމަށް ޒިޔާޢު ވިދާޅުވިއެވެ. ޒިޔާއު ވިދާޅުވީ، މި ހަފްލާއަށް 3500 މީހުންނަށް ދައުވަތު ފޮނުވޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ހުވާ ކުރުމުގެ ޖަލްސާ މިހާ ކުލަ ގަދަ ގޮތަކަށް މިހާ ބޮޑު ޙަރެއްދެއް ކޮށްގެން ލިބޭނެ ފައިދާ އަކީ ކޮބާ ބާއޭ ހިތަށް އަރާ. މިއައްވުރެ ކުޑަ ގޮތަކަށް މިކަން ބޭއްވިޔަސް ހަމަ ފުދޭނެ ކަމަށް ފެނޭ. މިފައިސާ އެހެން ފައިދާ ހުރި ކަމަކަށް ހޭދަކުރުން ބުއްދިވެރި!

    15
    1
    • Anonymous

      ދެއްކުންތެރިކަން.... ރަނގަޅުވީސް ދިމްޔާތުގެ ޓެރަހުގައި ބޭއްވިނަމަ

      ޤައުމު ބަނގުރޫޓް ވެފަޔޯ ކިޔަނީ... ޚަރަދު ކުޑަ ސަރުކާރެކޭ ކިޔާ އައި މީހާ މަޖިލިހުގައި ބޭއްވުމަށް ލިޔެވިފަވާ ޖަލްސާ ބޮޑު ކަންތައްގަނޑަކަށް ހަދައިގެން މިއުޅެނީ

      4
      3
  2. ތަމެންދޯ

    މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ބޮޑު ނަޗަރަނގީ އަކަށް ވަނީ ބަދަލުވެފައޭ އެކަމަކު ތަމެން ބުނި ދައުލަތުގެ ޚަޒާނާގައި ހުންނަ ފައިސާ ބޭނުންކުރާނީ ރަނގަޅު ގޮތުގައޭ ކިއެއްކުރަންތޭ 200 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހަވާ އަތުވާ ނާޗަރަނގީ ކުޅޭ ގޮތަށް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގެ ޕާރކް ވިނަގަނޑު ނޮޅާލައިގެން ތިޔާ ކަން ކުރަނީ ތިޔާއީ ހުޅަނގު ގައުމުތައް ނަކަލުކޮށްގެން މުޝްރިކުން ކުރާ ކަންކަމޭ ތިޔާއީ ބޮޑާވެ ކިބުރުވެރިވުމޭ

    9
    4
  3. ކާސިމު

    ހާދަ ދެއްކުންތެރިޔޭ! ގައުމު ދަރާ ވިކިފައި އޮތަސް ދެގަޑިއެއް ހާ އިރުގެ ކަމަކަށް ތިޔަ ދުއްވާލަނީ 23 މިލިއަން ރުފިޔާ!!! މީގެ ކުރިންވެސް މިތާގައި ރައީސުން ހުވާ ކޮށްފި! ތިޔަވަރެއް އަރުވައެއް ނުލާ! ފުރަތަމަވެސް ތިފަށަނީ އިސްރާފުން. ޝައިތާނާގެ ޢަމަލަކުން!!!!

    6
    6
  4. Anonymous

    ހުވާކުރުމުގެ ރަސްމިއްޔާތަކީ ދި ެހި ހުރިހާ ރައްޔަތުންގެ ކަމެއް ، ވީއިރު ކަލޭމެންނަކައް އެކން ލިމޓުކޮއްގެން ރައއޔަތުން ބާކީ ނުކުރެވޭނެ،

    6
    1
  5. Anonymous

    ރައްޔަތުންގެ ތެރރއިން ބޭނުންހާބަޔަކައް ބައިވެރިވެވެން ޖެހޭނެ ތިޔައީ ކަލޭމެންގެ ފައިސާއެއް ނޫން

    8
    1
  6. ޔަޙްޔާ

    އޮޅިގެންވެސް ބައިވެރި ނުވާނަމު. ޓެލެވިޜަނުން ވެސް ނުބަލާނަމު. ރޭޑިއޯއިން އަޑެއްވެސް ނާހާނަމު. ދިވެހި ސިޔާސީންނަށް ސަލާން. މަރުވަންދެން ތިބޭނީ. ދާނެ ެހެން ތަނެއް ވެސް ނެތް. الله އާ ވަކީލު

    3
    3
    • ޖނކޖދ

      ހަހަހަ އެކަމަކު މިތަނަށް ކޮމެންޓު ކުރަން އާދެވިއްޖެދޯ

  7. މަރި

    ހިތްދަތި ވިޔަސް ބޮޑު ވަރު ތިމަންމެން އެދޭ ގޮތަށް ކަންތައްތައް ނުވާނެކަން ގަބޫލު ނުކުރެވޭތީހާދަދެރައޭ ފަހަތުގައި މަޑު ކޮށް ގެން ގައުމު ކުރިއަށްދާން ޖާގަދީގެން

  8. އުމަރުބެ

    ދައުލަތަށް ދިގުމުއްދަތަށް ޚިދުމަތް ކުރުމުގެ ޝަރަފު ދީފައިވާ ކިތައް މީހުންތޯ؟ މަގުމަތިވެފައި ތިޔަ މަންޒަރު ބަލަން ތިބޭނީ؟ ލަނޑުން ބޯހަލާކު! އެއިން މީހަކަށް ދައުވަތު ދިނުން މާރަގަޅު ދޮއްތޯ؟