އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވާ ގިނަބަޔަކު މާލެ މަގުމައްޗަށް ނުކުމެ، މަގުތައް ފުރާލައިފިއެވެ.

އިދިކޮޅު ހިނގާލުން ފެށީ ހަވީރު 3:45 ގައެވެ. މި ހިނގާލުން ފަށާފައި ވަނީ ޕީޕީއެމް އޮޕީސް ކުރިމަތިންނެވެ. މި ހިނގާލުމުގައި މުއިއްޒުގެ އިތުރުން ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއިރު، އެތައް ސަތޭކަ ބަޔަކު ވަނީ މި އެއްވުމުގައި ބައިވެރިވެ މުއިއްޒަށް އޮތް ތާއިދު ދައްކާފައެވެ.

މިގޮތުން މުއިއްޒުގެ ސަޕޯޓަރުން މިހާރު ތިބީ އަމީނީ މަގު އެއްކޮޅުން ފެށިގެން ގޮސް އެކުވެނިއާ ހަމައިގައެވެ. ބެލެވޭގޮތުގައި ޑރ. މުއިއްޒުގެ ކެމްޕެއިން ނިންމުމުގެ ހިނގާލުމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ވުރެ މި ބުރުގައި ނުކުތް މީހުންގެ އަދަދު ވަނީ ވަަރަށް ބޮޑުތަނުން އިތުރުވެފައެވެ.

މިއަދު ހަވީރު މަގުތަކަށް ނުކުތް ސަޕޯޓަރުން ދަނީ "މުއިއްޒު" އަށް ސަޕޯޓް ކޮށް އަޑުގަދަ ކުރަމުންނެވެ.

ދިވެހިންގެ ރާއްޖެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ހިނގާލުން - ވަގުތު އިމޭޖްސް

އަދި ގިނައިން ދަނީ ގައުމީ ސަލާމް ޖަހަމުންނެވެ. އަދި ބައިވެރިން ވެސް ދަނީ ފަހަތުން ގައުމީ ސަލާން ކިޔަމުންނެވެ.

ރިޔާސީ އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރާތްތަކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފަހުގެ ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ.

3 ކޮމެންޓް

  1. ސާރާ

    ކުރީބުރުން މުޢިއޒު 46 ޕަސެންޓް މިބުރުން މުޢިއްޒް 57 ޕަސެނޓް އިންޝާއަﷲ

    45
    2
  2. އެމަ

    ޑރ.މުޢީޒް ޒިންދަބާދު !

    43
    1
  3. ދީދީ

    ހުރިހާއެންމެން ނިކުމެ 4 ނަމްބަރަށް ވޯޓުލައި މިކަންނިންމާލާ. ކޮންމެފަދަ އަގެއްދައްކައިގެންވިޔަސް އިންޑިޔާގެ ބަލާވެރިކަމުން މިގައުމު ސަލާމަތްކުރުމަށް އިބޫއަށް ނޫނެކޭބުނެގެންމެނުވީ މާދަމާ މިގައުމު ދިވެހިވަންތަކަންމަތީ ނޯންނާނެ.

    49
    1