އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވި ގޭގައި ގެންގުޅުއްވި މެއިޑް ދަންޖެހިގެން މަރުވީ ކިހިނެއްވެގެން ކަން ފުލުހުންގެ ތަހުގީގަށް އެނގޭނެ ކަމަށް އޭނާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒާއި ސާޖިދު ދިރިއުޅުއްވަމުން ގެންދެވި ގޭގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ އަންހެން މީހާގެ މަރާއި ގުޅޭގޮތުން ދައްްކަމުންދާ ވާހަކަތަކާއި ގުޅިގެން ސާޖިދާ އިއްޔެ ވިދާޅުވީ، މެއިޑެއްގެ ވާހަކަ ދެކެވޭ ކަމަށާއި، މުއިއްޒާއި ގާތް ބޭފުޅުންނަށް މުއިއްޒަކީ އަންހެނަކަށް އިސް އުުފުލާ ބަލައިލާ މީހެއް ނޫން ކަން އެނގޭނެ ކަމަށެވެ.

"އެވަރު މީހެއްގެ ވާހަކަ މި ދައްކަނީ، މަރާލި ވާހަކަ އާާއި ޒިނޭގެ ތުހުމަތު ބޮލުގައި އެޅުވުމާއި، މީހެއްގެ މިސާލަކަށް އަބުރު ކަތިލުމުގައިވެސް ހައްދެއް އޮންނާނެ. މި ލެވެލްއަށް ދިޔައީމަ ހަގީގަތުގައި މިއީ ވަރަށް ދެރަ ކަމެއް. މިކަހަލަ ގޯސް ވާހަކަތަކެއް މި ދެކެވެނީ".

އޭނާ ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް އެ މީހާ އަސްލު ދަން ޖެހިގެން މަރުވި ސަބަބު އެނގޭނެ ކަަމަށެވެ.

"މިހާރު އެ ބޭފުޅުން ބެލިޔަސް ފުލުހުންގެ ތަހުގީގުގައި އޮންނާނެ. އެބޭފުޅާގެ ފިރިމީހާ އަޅުގަނޑުމެންގެ ގޭގައި ނިދީވެސް އެނގޭތޯ. ފިރިމީހާ ހުރި މީހެއް އަޅުގަނޑުމެންގެ ގޭގައި އުޅުނީ". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ކަމެއްގައި މިހާ ބޮޑު ދޮގުތަކެއް ހަދަމުން ދާތީ އެ ވާހަކަ ދައްކަން ބޭނުންވީ ކަމަށެވެ. އަދި އެކަހަލަ ވާހަކަތައް ދެކެވެމުންދާތީ ވަރަށް ހިތްދަތިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަސްނޫނު

    ޒާތްޒާތުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް މެޑަމްގެ ފިރިކަލުންނައް މިއަދު ގައުމުގެ މެޖޯރިޓީ ރައްޔިތުން ގެއިތުބާރު މާބޮޑު. ހާސްކަނޑާލާ!!! އިންޝާﷲ
    މުއިޒްވިދާޅުވާނީ ހަގީގަތައް.. ކެތްތެރިކަމަކީ ﷲގެރުހިވޮޑިގަތުމާއި ސާވާބުއިތުވާކަމެއް. ބައެއްފަހަރު މީހުންދައްކާ ދެއުޅިއެއްނުވާ ވާހަކައަށް އެއްވެސް ޖަވާބެއް ނުދިނުމަކީ ވެސް އެކަހަލަ ބޭކާރު ވާހަކަދައްކާ ފަރާތްތަކައް ދެވޭވަރަށްވަރުގަދަ ރައްދެއްކަމުގަވޭ.

    33
    1
  2. Anonymous

    އަގުވައްޓާލަން މަސައްކަތް ކުރާވަރަކަށް ހައްތާ ލޯބި އިތުރުވަނީ

    27
    1
  3. ތތ

    ތެދު ހަދާނެ ނަމަ.

    14
    2
  4. ކަލާސީން

    ޑރ މުއިޒުގެ އަބުރު ކަތިލުމުގެ މަސައްކަތަކީ ކެނެރީ ޅަހުއްތު ދަނޑިޕާޓީ ނަޝީދު މުއިޒު ކެނޑިޑޭޓަކަށް އައިސްދާނެ ކަމަށް ހީކުރެވުމާއެކު މޭޔަރަކަށް އައުމުގެ ކުރިން ވެސް ފަށާ ކުރިއަށް ގެންދާކަމެއް. ބޭނުމަކީ ވެރިކަމަށް ފުންމާލާނެ ކުރުމަގު ހޯދުން. މިހާރު އެކަން ކުރަމުންދަނީ ކުރުސީ ކިޔާ ވެބްސައިޓެއް ހަދާގެންނާއި ވަގު އެކިއެކި އެކައުންޓްތައް މެދުވެރިކޮށް ސީޑީ ވަހީދާއި ނާޒިމް ސައްތާރާ ބަކުރީ ކަހަލަ ބްރާންޗުން ބޭނުންކޮށްގެން. ޅަހުއްތަށް އަދިވެސް ހީވަނީ 1990 ގެ ފަހުކޮޅުު ދިވެހި އޮބްޒާވަރު ހަދައިގެން ނިވަލަށް ވަދެހުރެ މީހުންގެ އަބުރު ކަތިލައިގެންް ދޮގު ބުހުތާނު ހަދައިގެން މީހުން ބަލިކޮށް ނިކަމެތިކޮށް ވެރިކަމަށް ފުންމާލެވިދާނެ ކަމަށް.

    24
    1
    • Anonymous

      ޚ

  5. Anonymous

    ސުވާލަކީ 5 އަހަރު ނިމިގެންދިޔައިރު ސާޖިދާގެ ނުވަތަ ޑރ.މުޢިއްޒުގެ ކުށެއް އޮތްތޯ ނުބުލުނީ ކީއްވެހޭ އަދި ކުށެއް އޮތްނަމަ އޮންނާނީ އެކަމަށް ދަޢުވާކުރެވިފަ. ކަންކަން އޮަޅުވާލަން އަދި ދޮގު ތުހުމަތު މީހުންގެ ބޮލުގައި އަޅުވަން ކޮންމެ އެއްޗެއްވެސް ކިއިދާނެ. ތިހުމުަތު ތަކުގެ އެއްވެސް އޮށްޓަރެއް ބުރަދަނެއް ނެތް.

    10