އިމާރާތުގެ ހަ ވަނަ ފަންގިފިލާ އަށް އެރީ ލިފްޓެއްގައެވެ. ލިފްޓުން ނުކުމެ ބަލާލި އިރު، ކުރިމަތިން ފެނުނީ އެޕާޓްމަންޓަށް ވަންނަ ދޮރެވެ. އެއީ 2،300 އަކަ ފޫޓުގެ ބޮޑު ބިމެކެވެ. ހުޅުމާލޭގައި ހަދާފައި ހުރި ގެސްޓްހައުސްގެ އެންމެ ފުރިހަމަ އެޕާޓްމަންޓެވެ. ލަގްޒަރީ ފެންވަރަށް ހަދާފައި ހުރި އެޕާޓްމަންޓް ރީތިވެފައި، ހިތްގައިމު ވާނެ އެތައް ސިފަތަކެއް ވަނީ ލިބިފައެވެ. އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން އެއް ވަނައިގެ ތަނެކެވެ.

މިއީ "ވައިޓް ބީޗު ހޮލިޑޭ" ގެސްޓްހައުސްގައި ހުރި އެޕާޓްމަންޓްތަކުގެ ތެރެއިން އާންމުންގެ މެދުގައި މިހާރު އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އެޕާޓްމަންޓްގެ ކުރު ތައާރަފްއެކެވެ. އެކަމަކު، މި އެޕާޓްމަންޓަށް ކުރާ ތައުރީފް މި ހިސާބުން ނިމުނީކީ ނޫނެވެ.

ކުރިއަށް ވަޑައިގަންނަވާށެވެ؛

ރީތި، ޗާލު، ހިތްގައިމު ޕޫލެއް!

ޕްރަައިވެޓް ޕޫލް. --- ފޮޓޯ: ވައިޑް ބީޗު ހޮލިޑޭ

އެޕާޓްމަންޓްގެ މައި ދޮރުން ވަދެގެންދާ އިރު، ކުރިމަތިންނާއި ކަނާތް ފަރާތުން ކަޅު ބިއްލޫރި ޖަހާފައި ހުރި ދެ ދޮރު ފެނެއެވެ. ކުރިމަތިން ފެންނަ އެ ދޮރަކީ ބަދިގެއެވެ. ކަނާތް ފަރާތުން ވަންނަން އިން ދޮރަކީ "ހަގީގީ އެޕާޓްމަންޓް"އެވެ. ވާތް ފަރާތުން ފެންނަން ހުރީ އެތަނަށް ވަންނަ ކޮންމެ މީހަކު ވެސް ހައިރާންކޮށްލާނެ ފަދަ ރީތި ޕްރައިވެޓް ޕޫލެކެވެ. ކުޑަ ސިޑިއަކުން ގޮސް މައްޗަށް އަރާ އިރު، ޕޫލްގެ ޗާލު ކަން އިތުރަށް ހާމަވެއެވެ.

މިއީ ދެމަފިރިންނާއި އެމީހުންގެ ކުދިން ބޭނުންކޮށްލަން އެންމެ އެކަށީގެންވާ ސައިޒްގެ ޕޫލެކެވެ. ނޫ ކުލައިގެ މުށި ޖަހާފައި ހުރި އެ ޕޫލްގެ ފެން ގަނޑު ވަރަށް ސާފެވެ. ކޮންމެ ގަޑިއިރަކުން އެއް ފަހަރު ފެން ގަނޑު ބަދަލުކޮށްލާ ފަދަ ސިސްޓަމެއް ޕޫލްގައި ވަނީ ގާއިމުކޮށްފައެވެ. ރޭގަނޑު ގަޑީގައި ޕޫލް އޮންނަނީ އެކި ކުލަ ކުލަ އިން ދިއްލާލައިފައެވެ. ޕޫލަކީ ދިގުމިނުގައި 22 ފޫޓު ހުންނަ، 13 ފޫޓު ފުޅާ ޕޫލެކެވެ.

ލަގްޒަރީ ފެންވަރަށް ރިސޯޓުތަކުގައި ހަދާފައި ހުންނަ ޕޫލްތަކަށް ވުރެ، މި ޕޫލް ބޮޑުވެފައި ތަނަވަހެވެ. އެ ތަނަށް އަބަދުވެސް ސާފު ވައި ލިއްބައިދެއެވެ. ޕޫލަށް އެރޭ ދިމާލުގައި މަޑުކޮށްލައި، ހިތްހަމަޖައްސާލަން މޭޒާއި ގޮނޑި ޖަހާފައި ހުރުމަކީ މި ތަން ހާއްސަވާ އެއް ސަބަބެވެ.

ގެސްޓްހައުސްގެ ހަ ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް.--- ފޮޓޯ: ވައިޑް ބީޗު ހޮލިޑޭ

"މުޅި އެޕާޓްމަންޓަށް ބަލާއިރު ވެސް އެންމެ ބޮޑަށް ހިތްހަމަޖެހެނީ ޕޫލާ ދޭތެރޭގައި. އެއީ އަމިއްލަ ޕޫލެއްގެ ގޮތުގައި އިހްސާސް ކުރެވެނީ. އިތުރު ބަޔަކު އައިސް ބޭނުން ނުކުރާނެ ކަމުގެ ޔަގީން ކަން އޮތީމަ،" މިދިޔަ މަހު ޕޫލް ހުންނަ އެޕާޓްމަންޓުގައި ދެ ދުވަސް ހޭދަކުރި އަހުމަދު ރަޝީދު 43، ކިޔައި ދިނެވެ.

"ޕޫލް ހަމަ ފުދޭ ވަރަކަށް ބޮޑު، އަނެއްކާ އެހާ ހިތްގައިމު މަންޒަރެއް ވަށައިގެން ފެންނަނީ،"

މި ސަބަބުތަކާ ހުރެ ޕޫލްއާ މެދުގައި އަޖައިބު ނުވާންވީ ސަބަބެއް އެބައޮތްތޯއެވެ؟

އެޕާޓްމަންޓްގެ ބެލްކަނީގައި ދެ ކުދިން. --- ވައިޓް ބީޗު ހޮލިޑޭ

ސިޓިން ރޫމާއި ކޮޓަރި އަދި ބަދިގެ ވަރެއް ނެތް!

ކުރިން ފެށި ހިސާބުން އަނެއްކާ ވެސް ފަށައިގަނެވޭތޯ ބަލާނަމެވެ. ކަނާތް ފަރާތު ދޮރުން ވަދެގެން އައިއިރު، ލޮލުގައި އަޅައިގަތީ، ކުރިމަތިން ފެންނަން ހުރި ބެލްކަންޏަށެވެ. މީހުން ހެލިފެލިވެ އުޅޭ މަންޒަރާއި އިރު އަރާ މަންޒަރާއި ސާފު ދޮންވެލިގަނޑާއި ގޮނޑުދޮށަށް ރާޅު ބީއްސާލާ ތަނުގެ އިތުރުން ބީޗަކުން ފެންނާނެ އެންމެ ރީތި މަންޒަރު ބެލްކަނީގައި ހުރެލުމުން ފެންނާނެއެވެ.

ޕްރައިވެޓް ޕޫލް. --- ފޮޓޯ: ވައިޓް ބީޗު ހޮލިޑޭ

ސިޓިން ރޫމަށް ބަލާލާ އިރު، އެފަދަ ރޫމަކުން ފެންނާނެ ހުރިހާ ސިފައެއް އެ ތަނުން ފެނެއެވެ. އަދި ކޮޓަރީގެ ޖާގަ ތަނަވަސްވެފައި ދެމަފިރިންނާއި އެމީހުންގެ ކުދިން ޗުއްޓީގައި އައިސް މަޑުކޮށްލަން މިއީ އެއްވަނައިގެ ތަނެކެވެ.

އެންމެ ފަހު ކަމަކަށް އޮތީ މި އެޕާޓްމަންޓްގެ ބަދިގެ ސަރަހައްދެވެ. ރާއްޖޭގައި އާންމުކޮށް މި ހުންނަ ސައިޒްތަކުގެ ބަދިގެއަށް ވުރެ މި ތަން ބޮޑެވެ. ކައްކާލެވޭ ގޮތަށް ހުރިހާ ސާމާނެއް ލިބެން ހުރެއެވެ. ގޭސް އުނދުނާއި ފްރިޖާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ.

މިތަނުގައި މަޑުކޮށްލަން އަންނަށް ބޭނުންވާ މީހުން އެއްޗެހި ދޮވެ ހަދަން ބޭނުން ނަމަ އެ ފުރުސަތު ވެސް އެބައޮތެވެ.

ކުރުކޮށް ބުނާ ނަމަ، އެޕާޓްމަންޓަކުން ލިބޭނެ ހުރިހާ ހިދުމަތެއް ވެސް މި ތަނުން ލިބޭނެއެވެ.

"ވައިޓް ބީޗު ހޮލިޑޭ" ގެސްޓްހައުސްގައި ހުރި ޕްރައިވެޓް ޕޫލް ކައިރީގައި ކުޑަ ދެ ކުދިން މަޑުކޮށްލައިގެން. --- ފޮޓޯ: ވައިޓް ބީޗް ހޮލިޑޭ

"އަގާ ބަލާފައި އަޅުގަނޑަށް މި ތަން ވަރަށް ރަނގަޅު. ވަރަށް ހިތްހަމަޖެހިގެން އަމިއްލަ މިނިވަންކަމާ އެކު އުޅެލެވޭ. މިއީ ކޮވިޑާ ހެދި ރަށްރަށަށް ނުވަތަ ރިސޯޓުތަކަށް ނުދެވޭ މީހުން އައިސް ތިބެން އެންމެ ރަނގަޅު މާހައުލު،" ދެ ކުދިންނާއި އަންހެނުންނާ އެކު މި މަހު އެޕާޓްމަންޓުގައި ޗުއްޓީ ހޭދަކޮށްލި އަޝްރަފް އަލީ، 31 ބުންޏެވެ.

ވައިޓް ބީޗު ހޮލިޑޭ އިން ހަމައެކަނި ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ހަމައެކަނި މި އެޕާޓްމަންޓު އެކަންޏެއް ނޫނެވެ. އެ ގެސްޓްހައުސް އިން ތިން ކޮޓަރީގެ އެޕާޓްމަންޓާއި އެއް ކޮޓަރީގެ އެޕާޓްމަންޓް ވެސް ދެއެވެ.

ޕޫލް ހިމެނޭ އެޕާޓްމަންޓްގެ އަގު އުޅެނީ 2900ރ. އަށެވެ. ދެން ހުރި އެޕާޓްމަންޓުތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓް ދެނީ 1،500ރ. އަށެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓް ދެނީ 2،700ރ. އަށެވެ.

މިއީ ކުދި ކުދި "ގޮޅި" ތަކުގައި ތިބޭ މީހުންނާއި އޮފީހުގައި ބުރަ މަސައްކަތުގައި އުޅުމަށް ފަހު އަރރާމްކޮށްލައި، އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން އެންމެ ރަނގަޅު އެޕާޓްމަންޓުތަކެވެ.

ވައިޓް ބީޗު ހޮލިޑޭގެ އެޕާޓްމަންޓެއް ބުކޮށްލަން ބޭނުން ނަމަ ގުޅާނީ: 9782277