ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ފޭސް 1ގައި އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫއު "ދަ ގަރޑަންސް"ގެ މަސައްކަތް އަންނަ ޖެނުއަރީއަށް ނިންމަން މަސައްކަތް ކުރަމުންދާ އަރބަންކޯއިން ވިދާޅުވެއްޖެއެވެ.

އަރބަންކޯއިން އިން އެ ކުންފުންޏާއި ހައުސިންގ މަޝްރޫއެއް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު ތެރޭގައެވެ.

އެއީ ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ މަޝްރޫއެއް ހިންގުމަަށެވެ. އެ ކުންފުނިން މި މަޝްރޫއަށް ދިން ނަމަކީ 'ދަ ގާޑަންސް' އެވެ. މި ތަން ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކުރިމަތީގައެވެ.

އެތަން ނިންމުމަށް މީގެ ކިުރިން 30 ދުވަހުގެ ނޯޓިސްއެއް ދިނެވެ. އެ ނޯޓިސް ހަމަވިއިރުވެސް އެތަން ނިމިފައެއް ނުވެއެވެ.

އާރބަންކޯއިން މިއަދު ވިދާޅުވީ، މި ފްލެޓްތަކުގެ ނިނުމުމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް މިހާރު ޖާހް އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިކަން އެންމެން ރަނގަޅަށް ކުރުމަށް ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ، މަސައްކަތްތައް ނިންމުމަށް ލަފާ ހޯދުމަށް އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއް ހޯދުމަށް ނިންމާ މިހާރު އެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ކުންފުނިން މައުލޫމާތު ދެއްވާގޮތުގައި މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި، ދަ ގާރޑަންސް އިން އެޕާޓްމަންޓްތައް ގަނެފައިވާ ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް، ޕްރޮޖެކްޓް ނިންމުމެވެ

އަދި މިގޮތުން، އިންޑިޕެންޑަންޓް ކޮންސަލްޓަންޓްގެ މަސްޢޫލިއަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުން ހިމެނެއެވެ. އަދި މި ހޯދުންތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދެއްވާ ލަފާގެ މަތިން އައު ކޮންޓްރަކްޓަރަކާއި މަސައްކަތް ހަވާލު ކުރެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

އަދި، މި މަސައްކަތް ކުރަމުން ދާއިރު، ދަ ގަރޑަންސް ގެ ކަސްޓަމަރުންނާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭއިރު، ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުން ކަމަށްވެސް ވިދާޅުވިއެވެ.

އެ ކުންފުނީގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން، 2024 ވަނަ އަހަރު ޖަނަވަރީ މަހު ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަސްލުހަޤީޤަތް

    ސަރުކާރު ބަދަލުވިޔަސް ބަދަލުވާނީ ބޯޑާއި އެމްޑީ، ޑީއެމްޑީ، އާބަންކޯގެ ޗީފުންނާ ޑިރެކްޓަރުން އަންނަ ސަރުކާރަކަށް ބައިއަތު ހިފަައިގެން މަޤާމު ސަލާމަތްކުރާނެ. އެމީހުންނަކީ ފެންމަތިނުވެ ތިބެ އަޑިއަޑިން ސިޔާސީ މަސައްކަތްކުރާ ދެފުއްކެހެރިން.މިއިން ކޮންމެ މީހެއްގެ 2 3 އެޕާޓްމަންޓު ހުރޭ ލަގްޒަރީ ތަންތަނުން ލިބިފަ.ޖާހުންވެސް ލިބިފަ އޮނންނާނި ރަނގަޅަށް ބަލާއިރު. އެމީހުން ކުޅޭނީ ފުލެޓުއަޅާ ކުންފުނިތަކުގެ މަސްލަަހަތަށް ކޮންމެ ސަރުކާރެއް އަޔަސް ހައްލެއް ނުވާނެ. މިއިންކަމެއް ނޫހެއްްގަވެސް ނުޖަހާނެ، ނޫސްތައް ތިބޭނީ ގަނެފަ. ނޫސްތަކުން ލިޔާނީ އެހެން ކުންފުނިތަކުގެ ކަރަޕްޝަންގެ ވާހަކަ.. އެކަން އެންމެ ބޮޑުތަނުގެ ވާހަކަ ނުދައްކާނެ.. އޭސީސީ އަދި މަޖިލިސްވެސް ކަނުވެެފަ ތިބީ..

  2. ޖައުސާ ޖަނަވާރު

    ޖައުސާ ޖައުފަރު މިހާރު އުޅެނީ އިންޑޮނީސިއާގެ އެމްބަސީއިން ވަޒީފާ ހޯދައިގެން ފޯއް އެތެރެކޮށްގެން ވިއްކާކަށްނު.

    ދެން ތިތަން ނިމޭ؟