އަރބަންކޯއިން ޔޫތް މިނިސްޓްރީ އާއި އެކު ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯއިން ބުނީ މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގައި ކަމަށެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރގެ ބިން މި މަޝްރޫއަށް ހާއްސަކުރެވިގެންދާނެ ކަމަށެވެ.

މިއަދު އާބަންކޯގައި އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު އަހްމަދް އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދު އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދެވުނު ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އާބަންކޯއިން ބުނެއެވެ.

އެ ހަފްލާފައި ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އާތިފް ވިދާޅުވީ އެ އެރީނާއާއިއެކު މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން ދާނެ ކަމަށެވެ. އަދި އިޓާނޭޝަނަލް ސްޓޭންޑާޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށެވެ.

ރޭސިންގް އެސޯސިއޭޝަންގެ ރައީސް ވަނީ އެ އެރީނާ ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޮރޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯ ސްޕޯރޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުން ކަމަށް އާބަންކޯއިން ބުނެއެވެ.

ރޭސިން ޓްރެކެއް އެޅުމަކީ 2018 ވަނަ އަހަރު ވެރިކަމަށް އަންނަން ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ. އޭރު އެމަނިކުފާނު ވައުދުވީ ވެރިކަމަށް ވަޑައިގަންނަވާތާ ހަމަސް ދުވަހުގެ ތެރޭގައި އެމަޝްރޫއުގެ މަސައްކަތް ނިންމާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    މައި ކަލާކޯ. އަދި މާ އަވަހެއްނު. ތިކަންކުރަން ވީ 08 ސެޕަޓެމްބަރ 2023 ވަނަދުވަހު 17:55 ގައި. ބަލަ 5 އަހަރު މި ދިޔައީ ތިލަފުށި ވެސް އޮތް ދެއްތޯ؟ ކޮބާތަ މަހުލޫފަށް މާލޭގައި އަޅަން ބިން ދިން ސުއިމިންޕޫލް؟