23:52

ޣައްޒާގައި ހުއްޓުމެއްނެތި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާމެދު އދ އިން ކަންބޮޑުވުން ފާޅުކޮށްފި.

 

23:23

ރަފާހުގެ މިހާރު ހާލަތު ދައްކުވައިދޭ ވީޑިއޯއެއް

 

23:10

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ ސަރުކާރު އިމާރާތްތަކަށް ހަމަލާދީފި

 

23:02

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފާހް އަށް އެއްގަމު މަގުން އެރުން ވާނީ ޔަހޫދީން ފަލަސްތީނުގެ ބިމުގައި ހިންގާ ދެވަނަ ޤަތުލްއާންމަށް ކަމަށް ތުރުކީވިލާތުން ބުނެފި.

 

22:52

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ކޮޅެއްގައި ޖެހޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބައިޑެންގެ ސަރުކާރުން ބުނެފި.

22:50

ރަފާހުގައި ނިރުބަވެރި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ކަމަށް ރަފާހުގެ ރައްޔިތުން ބުނެފި.

ރައްޔިތުން ބުނާ ގޮތުގައި އިސްރާއީލް މީހުން ވަނީ "މޮޔަ" ވެފަ. ޓޭންކަރުތަކުން ހަމަލާދެމުން އަންނައިރު، ރަފާހުގެ ގިނަ ރައްޔިތުންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފަ.

22:49

ހަނގުރާމަ ހުއްޓާލުމާއި ބެހޭ އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ހަމާސް ޖަމާއަތުގެ ވަފުދެއް މިސްރުގެ ވެރިރަށް ކައިރޯއަށް ގޮސްފި.

22:47

ރަފާހު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުން ގޮވާލައިފި

 

22:40

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނިން ލަސްކޮށްފައި ނުވާނެ ކަމަށާއި އެމެރިކާއިން އޮންނަނީ އިސްރާއީލުން ރަފާހުގައި ހިންގާ އޮޕަރޭޝަން ބަލައިގެން ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީގެ ތަރުޖަމާނު، ޖޯން ކާބީ ބުނެފި.

22:26

އިސްރާއީލަށް ބައެއް ކަހަލަ ހަތިޔާރު ފޯރުކޮށްދިނުން އެގައުމުގެ އެންމެ ބޮޑު އެހީތެރިޔާ އެމެރިކާއިން ލަސްކޮށްފި.

 

22:19

ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމަށް އެމެރިކާއިން އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެމެރިކާގެ ސެނެޓު މެންބަރުން ކަންބޮޑުވުން ފާޅުކޮށް "ލީހީ ލޯ" އަށް އަމަލުކުރުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައި

 

21:51

އަސީރުން ސަލާމަތްކުރަން ރަފާހުއަށް ހަމަލާދޭން މަޖުބޫރުކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފި.

 

21:28

ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސް ޖަމާއަތުގެ ހައްޔަރުގައި ހުރި މީހަކު މަރުވެއްޖެ.

 

21:13

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ޣައްޒާ ރައްޔިތުން ގަދަކަމުން އެމީހުން ދިރިއުޅެމުން އަންނަ ތަންތަނުން ބޭރު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އދ. އިން ބުނެފި.

 

20:50

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެނުން އޮންނަ ރަފާހަށް ވަރުގަދަ ހަމަލާތަކެއް ދޭކަށް ނުޖެހޭނެ ކަމަށް ޖަރުމަންވިލާތުން ބުނެފި

 

20:50

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް އިނގިރޭސިވިލާތުގެ 30 އެންޖީއޯއަކުން އެގައުމުގެ ސަރުކާރަށް ގޮވާލައިފި

 

20:20

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހްއަށް އަރައިގަތުން ބްރެޒިލްއިން ކުށްވެރިކޮށްފި.

 

19:39

ހަނގުރާމަ ހުއްޓުމާއި ބެހޭ މަޝްވަރާތަކަށް އިސްރާއީލުގެ ވަފުދެއް ކައިރޯއަށް ގޮސްފި.

19:16

ރަފާހަށް ނިރުބަވެރި އިސްރާއީލުން ދީފައިވާ ގެއްލުން

18:44

ހަމާސް އިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ކަރުދާހާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލުގެ ވަފުދެއް ވަރަށް އަވަހަށް މިސްރުގެ ވެރިރަށް ކައިރޯއަށް ދާނެ ކަމަށް އިސްރާއީލުން ބުނެފި. މީގެ ކުރިން އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގަައި ހަމާސްގެ ހުށަހެޅުން އޮތީ އިސްރާއީލުން ބޭނުންވާ ގޮތަކަށް ނޫން.

18:43

ޣައްޒާގެ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ވަންދަން އޮންނަ ހަމަ އެކަނި އެއްގަމު މަގު ކަމަށްވާ ރަފާހް ބޯޑަރ ކުރޮސިންގް އަށް އދ އަށް ނުވަދެވޭ ކަމަށް ބުނެފި.

 

18:15

ނިރުބަވެރި އިސްރާއީލުން ރޭ އެކަނި ވެސް ޣައްޒާގެ ރަފާހުން 23 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

 

18:12

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އދ.ގެ ޓީމުތަކުން ޣައްޒާގެ އަހްލީ އަރަބް ހޮސްޕިތަލުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރަނީ.

17:19

ނިރުބަވެރި އިސްރާއީލުން ރަފާހަށް އެރުން ހުއްޓުވުމަށް އެމެރިކާއިން މަސައްކަތް ކުރުމަށް ފަލަސްތީނުން ގޮވާލައިފި.

16:38

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ މިސްކިތަކަށް ހަމަލާދީފި.

 

16:33

ރޭގެ ވަގުތެއްގައި އިސްރާއީލާއި ދިމާލަށް އައި ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އިސްރާއީލުން ބުނެފި. އިސްރާއީލުން ބުނީ އެ ޑްރޯން އައިސްފައިވަނީ އިސްރާއީލުގެ އިރުމަތީ ފަރާތުން.

16:32

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލުގެ ސިދްރޮތްއަށް ރޭގެ ވަގުތެއްގައި ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުގެ އަސްކަރީ ޖެޓްތަކުން ޣައްޒާގެ އުތުރުގައިވާ ހަމާސްގެ ބައެއް ސައިޓުތަކަށް ހަމަލާދީފި.

16:28

ރަފާހުގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާނެ ރައްކާތެރިތަނެއް ނެތް ކަމަށް ނޯވެޖިއަން ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ޖޭން އީގްލޭންޑް ބުނެފި.

16:27

ރަފާހުގެ ބޯޑަރު ބަންދު ކުރުމަކީ ޣައްޒާގެ ރައްޔިތުން މަރަން ދޫކޮށްލުން ކަމަށް ފަލަސްތީނިއަން ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް، މުސްތަފާ ބަޣޯޓީ ބުނެފި.

16:26

ފަހުގެ މައުލޫމާތު:

އިސްރާއީލް:

  • މަރާލި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުކޮށްލި މީހުންގެ އަދަދު: 34،789
  • ޒަހަމްވި މީހުންގެ އަދަދު: 78،204

ހުޅަނގުއައްސޭރި:

  • ޝަހީދުވި މީހުންގެ އަދަދު: 498
  • ޒަހަމްވި މީހުންގެ އަދަދު: 4،950

 

15:49

އާބާދީ ބޮޑު އެންކްލޭވްގައި "ހަ ލައްކަ ކުޑަކުދިން" ތިބިކަން ފާހަގަކުރައްވައި އީޔޫގެ ވެރިޔާ ޖޯސެފް ބޮރެލް ފަލަސްތީނުގެ އާންމުން ފިލަން "ޣައްޒާގައި އެއްވެސް ރައްކާތެރި ސަރަހައްދެއް ނެތް" ކަމުގެ އިންޒާރު ދެއްވައިފި.

15:48

ހޯމަ ދުވަހު ޣައްޒާގެ އުތުރުން އިސްރާއީލަށް ތިން ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ރޮކެޓް ހުއްޓުވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

މި ހާދިސާއަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައިވަނީ ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރގެ އިތުރުން ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫންގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރިންގެ ގްރޫޕަކަށް ކަމަށް.

15:35

ފިންލޭންޑުގައި ސްޓޫޑެންޓްސް ފޯ ފަލަސްތީން ސޮލިޑަރިޓީ ގްރޫޕްގެ އެތައް ބަޔަކު ޔުނިވާސިޓީ އޮފް ހެލްސިންކީގެ މައި އިމާރާތުގެ ބޭރުގައި ކޭމްޕެއް ބަހައްޓައިފި.

14:52

ރަފަހުގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ނުރައްކާވެފައިވާ ކަމަށް މިސްރުގެ ޚާރިޖީ ވުޒާރާއިން ބުނެފި.

14:50

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ކްރޮސިންއަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނުމަށް ދެކޮޅު ހަދާފައިވާ ކަމަށް އދ އިން ބުނެފި.

14:50

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގެ ނުސީރަތު ކޭމްޕްގެ ސަރަހައްދަކަށް ބަޑީގެ ހަމަލާތަކެއް ދީ، ކުޑަކުދިންހިމެނޭ ގޮތަށް އެތައް ޒަޚަމްތަކެއް ލިބިފައިވާކަމަށް އަލްޖަޒީރާއިން ބުނެފި.

ނުސީރާތަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދޭން ފަށާފައިވާ، މިއީ ރަފަހް ދޫކޮށް ފަލަސްތީނު މީހުން ދާން ފަށާފައިވާ ޣައްޒާގެ މެދުތެރޭގެ އެއް ސަރަހައްދުކަން ފާހަގަކޮށްލެވޭ.

14:26

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަރުގަދަ ރެއިޑްތަކެއް ހިންގައިފި

14:01

ޣައްޒާ ބޯޑަރު ހުރަސްކުރާ ސަރަހައްދުގައި އިސްރާއީލަށް ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާދިން ކަމަށް ހަމާސްގެ ހަތިޔާރު އެޅި ގޮފިތަކުން ބުނެފި

13:50

ރަފަހް ބޯޑަރު ހުރަސްކުރާ ފަލަސްތީނުގެ ފަރާތުގެ ކޮންޓްރޯލް އިސްރާއީލު ސިފައިން ނަގައިފި - ފޮޓޯ: އޭއެފްޕީ
ރަފަހް ބޯޑަރު ހުރަސްކުރާ ފަލަސްތީނުގެ ފަރާތުގެ ކޮންޓްރޯލް އިސްރާއީލު ސިފައިން ނަގައިފި - ފޮޓޯ: އޭއެފްޕީ
ރަފަހް ބޯޑަރު ހުރަސްކުރާ ފަލަސްތީނުގެ ފަރާތުގެ ކޮންޓްރޯލް އިސްރާއީލު ސިފައިން ނަގައިފި - ފޮޓޯ: އޭއެފްޕީ

13:47

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު މީހަކު ރަފަހްގައި ޝަހީދުވެއްޖެ.

13:25

ބައިނަލްއަގުވާމީ މުޖުތަމައުގެ އަޑު އަހައި ޣައްޒާގެ ރަފަހްއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި.

13:24

ފަލަސްތީނަށް ތާއީދުކޮށް ނެދަލޭންޑްސްގެ ދަރިވަރުން ކުރި މުޒާހަރާތައް ހުއްޓުވައިފި

13:23

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވެއްޖެ

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34،789 މީހުން ޝަހީދުވެ 78،204 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވޭ..

އެ ވުޒާރާއިން ބުނީ 24 ގަޑިއިރު 54 މީހުން ޝަހީދުވެ 96 މީހުން ޒަޚަމްވެފައިވާ ކަމަށް.

13:22

ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ އަވަށްތަކަށް އަސްކަރިއްޔާއިން އިތުރު ރެޔަކަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށް މުދާ ހަލާކުކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި،

13:21

އިސްރާއީލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ރަފަހް ކްރޮސިންއަށް މުހިންމު އެހީއާއި ތެޔޮ ވަނުމަށް ހުރަސް އެޅުމަކީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުމަކަށް އަންނާނެ ކަމެއް ކަމަށް ބުނެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީން އިންޒާރު ދީފި.

13:20

އިސްރާއީލުގެ އަސްކަރިއްޔާއިން ރަފަހް ސިޓީގެ އިރުމަތީ ސަރަހައްދަށް ވަރުގަދަ ބޮމުގެ ހަމަލާތަކާއި، ބަޑީގެ ހަމަލާތަކާއި، ބަޑީގެ ހަމަލާތައް ދެމުންދާކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި.

"ޣައްޒާ މިވަގުތު އޮތީ ބަންދުކޮށް، އެ ސަރަހައްދުގެ އެހެން ސަރަހައްދުތަކާ މުޅިން ކަނޑާލައިފައި.. ރަފާ ކްރޮސިން އަތުލުމުން ޣައްޒާއަށް މީހުން ފޭބުން ނުވަތަ އައުމަށް ހުރަސް އެޅުމުގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުމަކަށް އަންނާނެ،"، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައިވޭ.

 

13:18

ޣައްޒާގައި ބަންދުކޮށްފައި އިސްރާއީލުގެ މީހުން ނެތް ނަމަ ހަމާސް "ބިމާހަމަކޮށްލީސް" ކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ބުނެފި

އެކްސްގައި އޭނާ ބުނެފައި ވަނީ "ރަފަހަށް އަސްކަރިއްޔާ ވަނުމަކީ ހަނގުރާމައިގެ މައިގަނޑު ދެ އަމާޒަށް ކުރިއެރުން ލިބޭ ކަމެއް. އެއީ ގައިދީން މިނިވަންކުރުމާއި ހަމާސް ބަލިކުރުން" ކަމަށް.

13:17

މިސްރާއި ގުޅިފައިވާ ރަފާ ބޯޑަރު ހުރަސްކޮށް އިސްރާއީލު ސިފައިން "ޣައްޒާގެ ރައްޔިތުންނަށް މަރުގެ އަދަބު ދީފައިވާ" ކަމަށް ޣައްޒާ ބޯޑަރ ކްރޮސިން އޮތޯރިޓީގެ ތަރުޖަމާނު ހިޝާމް އެޑްވާން ވިދާޅުވެއްޖެ.

ޣައްޒާއަށް ވަރަށް މުހިންމު އެހީގެ ލައިފްލައިނެއްގެ ގޮތުގައި އޮތް އަދި ބަލި މީހުންނާއި ޒަޚަމްވެފައިވާ ފަލަސްތީނު މީހުން ބޭރަށް ނުކުންނަ ހަމައެކަނި ތަނަކީ މި ކްރޮސިން ބަންދުކުރުމަކީ ހާއްސަކޮށް ފަރުވާ ބޭނުންވާ ކެންސަރު ބަލީގެ މީހުންނަށް ވަރަށް ބޮޑު ކަމެއް ކަމަށް އެޑްވާން ވިދާޅުވި.

 

12:34

ނެދަލޭންޑްސްގެ ޔުނިވާސިޓީ އޮފް އެމްސްޓަޑަމްގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މުޒާހަރާ ނިމުމަކަށް ގެނެސް، ބައެއް ފަހަރު ހިނގި ހަމަނުޖެހުންތަކުގައި 125 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި.

12:24

ރަހަފް ގެތަކަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު - ފޮޓޯ: ރޮއިޓާސް
ރަހަފް ގެތަކަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު - ފޮޓޯ: ރޮއިޓާސް
ރަހަފް ގެތަކަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު - ފޮޓޯ: ރޮއިޓާސް
ރަހަފް ގެތަކަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު - ފޮޓޯ: ރޮއިޓާސް

12:23

ރަފަހް ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާއިރު، އެ ސަރަހައްދު "ވަގުތީ ގޮތުން ހުސްކުރުމަށް" ގެދޮރު ގެއްލިފައިވާ މީހުންނާއި އިރުމަތީ ރަފަހުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް "ހިތްވަރު" ދީފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފި.

12:17

އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ރަފަހަށް އެރުން ހުއްޓުވަން ރާއްޖެއިން ކުރެވެން އޮތް ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި.

12:13

ފަލަސްތީނުގެ ޣައްޒާ އާއި މިސްރާއި ދެމެދު އޮންނަ ބޯޑަރ ކުރޮސިން "ރަފާހް ބޯޑަރު ކުރޮސިން" ހަމާސް ޖަމާއަތުން ބޭނުން ކުރަމުން ދިޔައީ ނިރުބަވެރި ހަރަކާތްތަކަށް ބޭނުންވާ ސާމާނާއި ތަކެތި އެތެރެކުރަން ކަމަށް ބުނެ ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލުން ދޮގުހަދައިފި.

12:09

ފަލަސްތީނުގެ ޣައްޒާ އާއި މިސްރާއި ގުޅޭ ބޯޑަރުގައިވާ ރަފާހް ބޯޑަރ ކުރޮސިން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހިފުމުން ފަލަސްތީނުގެ ޣައްޒާ އަށް ވަންނަ އެހީތައް މުޅިން ހުއްޓިއްޖެ ކަމަށް ރުއެޓާސް ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފި.

11:46

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ޣައްޒާގެ ރަފަހްއަށް ވައިގެ މަގުން 50 ހަމަލާ ދީފި.

11:25

ރަފާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްދާބީ އާއިލާއަށް ނިސްބަތްވާ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ އަރަބި އެކުވެރިން ރިޕޯޓްކޮށްފި.

11:21

ޔަމަނުގެ އެޑަން ސިޓީގެ ދެކުނުން ގާތްގަނޑަކަށް 150 ކިލޯމީޓަރު (82 ނޯޓިކަލް މޭލު) ދުރުން ދަތުރުކުރަމުން ދިޔަ ވިޔަފާރި އުޅަނދަކާ ކައިރިން ދެ އެއްޗެއް ގޮއްވާލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އޭޖެންސީން ބުނެފި.

11:13

ރަފަހްށް އެއްގަމު މަގުން އަރައިގަތުމަކީ ކެތްނުކުރެވޭނެ ކަމެއް ކަމަށާއި ހަނގުރާމައިގެ އެއްބަސްވުމަކަށް އައުމަށް އިސްރާއީލާއި ހަމާސް އަށް "އިތުރު މޭލެއް ދިއުމަށް" ގޮވާލާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ.

11:13

ކޮލަމްބިއާ ޔުނިވާސިޓީގެ ކެމްޕަހުގައި ފަލަސްތީނަށް ތާއީދުކޮށް ހަފުތާތަކެއް ވަންދެން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ ޔުނިވާސިޓީގެ މައި ދަސްވެނިވުމުގެ ރަސްމިއްޔާތު ކެންސަލް ކުރާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި.

11:12

އިސްރާއިލުގެ ޓޭންކްތައް ރަފާއަށް ވަދެ، އަވަށްޓެރި މިސްރާއި ރަފަހްގެ ބޯޑަރު ހުރަސްކުރާ ސަރަހައްދުން 200 މީޓަރު (ގާތްގަނޑަކަށް 220 ޔާޑު) ގެ ތެރެއަށް ވަދެފައިވާ ކަމަށް ފަލަސްތީނުގެ ސަލާމަތީ އޮފިޝަލަކާއި މިސްރުގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅެއްޖެ.

11:11

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވަކިވަކިން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކޮށްލައިފި.

މިގޮތުން އިސްރާއިލުން ރަފާހްގެ މެދުތެރޭގެ އިދާރީ ޑިސްޓްރިކްޓްގެ ގެއަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ވަފާ އިން ރިޕޯޓްކޮށްފައިވޭ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނުގެ ސިޓީއަށް ދެމުންގެންދާ ޙަމަލާތައް ވަރުގަދަކުރަމުން ދަނިކޮށް، ރަފާއަށް ވަކިވަކިން ދިން ތިން ހަމަލާއެއްގައި މަދުވެގެން 12 މީހުން ޝަހީދުވެފައިވޭ.

11:09

އިސްރާއީލުގެ އަސްކަރިއްޔާއިން އެގައުމުގެ އުތުރުގައި އޮންނަ ހައިފާ ބޭގެ ވައިގެ ސަރަހައްދުގައި މިއަދު ހެނދުނު އެތައް ގަޑިއިރެއްވަންދެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފި.

11:07

ފަލަސްތީނުގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ރަފަހްގެ ޣައްޒާއާ ވީ ފަޅީގެ ބޯޑަރު ނިރުބަވެރި އިސްރާއީލުން ހިފައިފި.

11:00

ނިރުބަވެރި އިސްރާއީލު ސިފައިންގެ ޓޭންކަރުތައް ފަލަސްތީނުގެ ޣައްޒާގެ ރަފަހްއަށް ވަދެއްޖެ

10:50

ފަލަސްތީނުެ ޣައްްޒާއަށް ވަދެ އުޅުނު ދެ ނިރުބަވެރި އިސްރާއީލުގެ ދެ ސިފައިން މަރާލައިފި.

*************

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން މީހުން ދިރިއުޅޭ ގެތަކަށް ހަމަލާދީ 12 މީހުން ޝަހީދުކޮށްލުމާއެއެކު، އިސްރާއިލުގެ ޓޭންކުތަކުން ރަފަހް ބޯޑަރު ހުރަސްކުރާ ސަރަހައްދު ހިފަހައްޓާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަފަހްއަކީ ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ތަނެވެ. އެތަން ހުސްކުރުމަށް އިސްރާއީލުން އިއްޔެ އަންގާފައިވާއިރު، ހަމަލާތައްވެސް ވަނީ މިހާރު ވަރުގަދަ ކޮށްފައެވެ.

އިސްރާއީލުން ރަފަހް ހުސްކުރަން އެންގި ފަހުން، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ބަލައިގަންނަން ހަމާސް އިން ނިންމާފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ދޭ ހަމަލާއެއްގެ ނުރައްކާތެރި ނަތީޖާ ނުކުންނާނެކަމުގެ އިންޒާރު އދ.ގެ އިދާރާތަކާއި އެހީދޭ ޖަމާޢަތްތަކުން މީގެ ކުރިން އެތައް ފަހަރަކު މަތިން ވަނީ ދީފައެވެ.

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެމެދު ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ދެމުން އަންނަ ހަމަލާތަކަށް މިއަދަށް 214 ދުވަސް ވަނީ ވެފައެވެ.

މިލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.