ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު މުސްތަފާ ހުސެއިން ގޮވާލައްވައިފިއެވެ.

މުސްތަފާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި މެންބަރުންގެ މުސާރަތައް ކުޑަކޮށް ރައްޔިތުންނަށް މިސާލެއް ދެއްކުމަށް ހުށަހަޅުއްވާ ކަމަށެވެ.

މި މައްސަލައިގައި މަޖިލީހުގައި ފެންނަ ކަމަށް ވޯޓު ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު އަދަވަޅަކަށް ވެށްޓިފައިވާއިރު މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް ރިޕޯމް ކުރުމުން ހިމެނެއެވެ. އޭގެ އިތުރުން ހަރަދު ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މުހިންމު ނިންމުންތަކެއް ނިންމަވާފައެވެ.

ރައީސް ރޭ ވިދާޅުވީ، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައިވާ ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.

މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބޭއްވުމަށް ރައީސް އަންގަވާފައިވާއިރު، މި ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުވައްވަމުންނެވެ. އެގޮތުން މާލީ ވުޒާރާއިން ވެސް ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަން ހާމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަންޑިކުޑަ

    ސިވިލް ސާރވަންޓުންގެ މުސާރަ އާއި އެއް ވަރަށް މެމްބަރުންގެ މުސާރަތައް ތިރި ކުރޭ! އީސަ އެއް ކާސިމެއް ނޯންނާނެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު މުސާރަ ތައް ނަގައިގެން ރައްޔިތުން ނަށާއި ޤައުމަށް ކޮއްދެވޭ ކަމެއް ޙަރާން!

  2. ހަސަނު

    އިޒްރާއިލު ޕާސްޕޯޓު މަނާ ކުރަންވެސް ނިންމި ތިޔަގޮތަށް!

  3. ހަނީ

    މެންބަރު ނަ ކެރޭނެބާ މުސާރަ ކުޑަ ކުރަން

    16
  4. ރާކަނި ސައްތާރު

    ގޮ ވާލިއަކަސް ކަމަކު ނުދާނެ..... ބިލެއް ލާބަލަ

  5. ލުހީމާ

    5ސަތޭކަ ރުފިޔާގެ ޕޮކެޓު މަނީއެއް ދޭންވީ. ނޫނީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެ ގައުމު ހަލާކުވެދާނެ. ފައުސާ އަކީ ދަމާ ބާރު އެއްޗެއް ނަމްބަރު މަތިވާވަރަކަށް.