ކައުސިލަރުންގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި ހުވާ ކުރުމުގެ ކުރިން އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ހަދަން ޖެހޭ ގޮތަށް ހަދާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި ވާހަކަފުޅު ދަކަވަމުން ޑރ. ޒުލްފާ ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގައި ތިއްބަވާ ބައެއް ކައުންސިލަރުން އެބޭފުޅުންގެ ޤާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ނުކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި ކައުންސިލަރުން ތަމްރީނު ކުރުމަށް އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ ކޯހެން ހިންގައި ހުވާކުރުމުގެ ކުރިން ކައުންސިލަރުން ތަމްރީނުކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާކުރުމުގެ މަރުޙަލާ ކަނޑައްތު ނުކުރެވޭ ގޮތް ހެދުން. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތަކުގެ ކުލަ ދޫކޮށްފައި ޤާނޫނުގައި ބުނާ ކަންތައްތައް ކުރުމުގެ ރޫހެއް ބައެއް ކައުންސިލަރުން ނުގެންގުޅުއްވާ. ރައްޔިތުން އެދޭ ކަންކަން އެޖެންޑާ ނުކޮށްދެއްވާ." ޑރ. ޒުލްފާ ވިދާޅުވިއެވެ.

ކައުންސިލަރުން ތަމްރީންކުރުން އަބަދު ވެސް ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން ޒުލްފާ ވިދާޅުވީ، އެފަދަ ކޯސް ފުރިހަމަ ކުރުމަށްފަހުގައި ނޫނީ ހުވާކުރުމުގެ މަރުހަލާ ކަނޑަތު ނުކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ. ޒުލްފާ ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ތައްޔާރުކޮށްގެން ކައުންސިލަރުންނަށް ތަމްރީން ދިނުމުން ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުންނަކީ ޤާނޫނުގައި ބުނާ ކަންކަން ރަނގަޅަށް އެނގޭ ބައެއްކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އޮންނަ ގޮތުން ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމަކީ ރަށު ކައުންސިލްގެ މަސްއޫލިއްޔަތެކެވެ. އަދި ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި އަތޮޅު ކައުންސިލާއި ސަރުކާރާ ޙިއްސާކުރުމަކީ ވެސް ރަށު ކައުންސިލް މަސްއޫލިއްޔަތެކެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ވާ ވައުދުތަކާއި ކައުންސިލަރުންގެ މަސްއޫލިއްޔަތު ބައެއް ކައުންސިލަރުން އަދާނުކުރާކަން ޒުލްފާ ވަނީ ހިތާމައާއިއެކު ފާހަގަކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހުސީ

    މައުމޫން ވިތް އަ ވިގް؟؟؟

    • ޝާފީ ބެންޖަމިން

      ޒުލްފާ އާއި މައުމޫން އާ ދެބެންގެ ދެ-ދަރި. ވީމާ ވައްތަރު ވާނެ ދެއްތޯ.

  2. މުކޭޝް އަމްބާނީ

    އަޅުގަނޑުގެ ނަޒަރުގައި އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުތަކަށް ތިޔަ ޕްރޮގްރާމުން ވަކި މިންގަނޑަކުން ފާސްވުން ރަނގަޅު. ތިޔަ ނުފޮރުއްޕާން ވަރަށް ބޮޑު. މުޅިދައުލަތް ފަނާކުރުވަނިވި ނިޒާމެއް..

  3. ވައްލަ

    ގަނޑިޔާ!! ކޮޔާ ހޮވުމުގެ ކުރިން ކައުންސިލަރުކަމަށް ކުރިމަތިލާ މީހާ ތިބުނާ ކޯހެއްގެ ފެންވަރު ހުންނަން ޖެހޭނެކަމަށް ޝަރުތު ކޮށްބަލަ

  4. މަގޭޚިޔާލުމީ

    ކަންކަމަށް ޤާބިލު މީހުން ހޯދަން ބޭނުންވާނަމަ ކުރަންޖެހޭ ކަމަކީ އެކަންކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ މިނިމަމް ތަޢުލީމީ ފެންވަރެއް ކަނޑައަޅަންވީ. ކައުންސިލްތަކަށާއި، މަޖިލިސް މެމްބަރުކަން ފަދަ ކަންކަމަށް ވަކި ތަޢުލީމީ ޝަރުތެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން، ކޮންމެވެސް ގޮތަކުން ޕޮޕިއުލަރ މީހަކު ނުވަތަ އެެފަދަ މީހެއްގެ ދަރިޔަކު، ނުވަތަ ޕާޓީއަކުން އެންޑޯޒް ކުރާ މީހަކު ކުރިމަތިލައިފިނަމަ އެމީހަކު ހޮވަނީ. ނަމަވެސް އެމީހަކީ އެމަގާމުގައި ކުރަންޖެހޭ މަސައްކަތް ކުރެވޭފަދަ ތަޢުލީމު ހުރި މީހަކަށް ނުވާތީ މަސައްކަތުގެ ފެންވަރު ދަށްވަނީ. ސިޔާސީ ޕާޓީތަކުންވެސް މިކަމަށް އުސޫލެއް ހަދަންޖެހޭ. ޕާޓީގެ ޓިކެޓް ދެވޭނެ މިނިމަން ތަޢުލީމީ ސްޓޭންޑެއް ކަނޑައަޅާފަ ބާއްވަންވީ. މިސާލަކަށް، ކައުންސިލްތަކަށް ކުރިމަތިލެވޭނީ އެންމެ ދަށްވެގެން ޑިޕްލޮމާއެއް އޮވެގެންނޭ. މަޖިލިސް މެމްބަރުކަމަށް ޕާޓީ ޓިކެޓް ދެވޭނީީ އެންމެ ދަށްވެގެން ޑިގްރީއެއް އޮވެގެންނޭ. ގައުމުގެ ކަންކަން ރަނގަޅު ކުރެވޭނީ މިގޮތަށް ހިފެހެއްޓުން ތަކެއް ގެންގުޅެގެން.

  5. ބަކާބެ

    ތިޔަ ކައުންސިލަރުންނައް ކުރަން އެނގޭ އެއްކަމެއް އެބައޮތް ކޮފީ ބޮއެބޮއެފަ ދުފާފަ ރަތްކުޅު ޖެހުން

  6. ކަތީބު

    އަދިވެސް ދައުލަތުގެ ބައިތުލް މާލަށް ބުރަވާގޮތަށް ކޯހެއްތޯ ހިންގަންވީ.؟ އޭގެ ބަދަލުގައި ކައުންސިލަރުންގެ ތަޢުލީމީ ފެންވަރެއް ކަނޑައަޅައި ހުކުރު ކުރުމުގެ ހުއްދަ އޮންނަ ފަރާތެއްގެ ގޮތޮތުގައި ކަނޑައަޅައިފިނަމަ މާ ރަނގަޅު ނޫންތޯ؟ ތިޔަ ހުރިހާ ކަމެއްވެސް ދިމާވަނީ ތަޢުލީމީ ފެންވަރު ނެތުމުންނާއި އީމާންތެރިކަން ނެތުމުގެ ސަބަބުން ކަރޮޕްޝަން ޢަމަލު ހިންގަން އެއްވެސް ގޮތަކަށް ބިރެއް ނެތުން.
    އަދި ކައުންސިލަރުންގެ އަދަދު 2 އަކަށް ބަދަލުކޮށްލުމަކީ ވެސް ދައުލަތަށް ވަރަށް ބޮޑަށް ކަރަދު ކުޑަވާނެ ކަމެއް.

  7. ހަސަނުގ

    މަޖިލިސް މެމްބަރުންނާ، ވަޒީރުންނާ، ނައިބުންނާ، ޑެޕިއުޓީންނާ، ކުންފުނި ތަކަށް ނަގާފަ ތިބި މީހުންގެ ޓެސްޓެއް ނެގުން މާ ބުއްދިވެރި. ހުރިހާތާކު ތިބީ ހަމަ ތިކަހަލަ މީހުން.

  8. މުހައްމާ

    ސާބަހޭ.އަދި ކިރިޔާ ތިޔަ ރަނގަޅުވަނީ

  9. Anonymous

    ތިއިން އެކަކުވެސް ތިކޯހުން ފާހެއް ނުވާނެ!

  10. އަބްދޫ

    ރަށްރަށުގެ ކައުންސިލްތަކަށް ކައުންސިލަރުން އިތިހާބު ކުރުމަކީ ގާއމަށް އެއްވެސް ފައިދާއެއްނެތި ތަރައްގިއަށް ހުރަސްއެޅޭކަމެއް. ރަށްރަށުގެ ކައުންސިލްތަކަށް ކައުންސިލްރުންއިންތިހަބު ކުރުންހުއްޓާލަންޖެހޭ، ކޮންމަފަހަރަކު އި އަންނަނީ އާބަޔަކު އެއްވެސްކަމެއް އެގެނިކީނޫން އަދި ރަށު ކައުންސިލްތަކަކު ކުރާނެ ކަމެއް އޮންނަނިކީ ވެސް ނޫން

  11. Anonymous

    ތަޢުލީމާއި ތަޖުރިބާ ނެތް މީހުންނަކީ ތިމަގާމަށް ކުރިމަތިނުލެވޭނެ ބަޔަކަށް ހެދީމާ މާރަނގަޅުވާނެކަމަށް ފެނެއެވެ.

  12. ޙައްްޤު ބަސް

    ތިޔަށްވުރެ ރަނގަޅުވާނެ ފެންވަރު ހުރިފަރާތްތަކަށް ކުރިމަތި ލެވޭގޮތަށް ޤާނޫނާއި ޤަވާޢިދު ތަކަށް ބަދަލު ގެނައިމަ. އިތުރަށް ދަޢުލަތުގެ ޚަރަދު ބޮޑުކުރަން މަސައްކަތް ކުރުމަށްވުުރެ.

  13. ދަތްނެތްކުއްޖާ

    ބަލަ ކޮން ކޯހެއްގެ ވާހަކައެއްތޯ ތިޔަ ވިދާލުވަނީ! ރައްޔިތުން ނުކުމެ އެމީހަކު ހޮވީމަ ކޮން ކޯހެއްގެ ވާހަކައެއް! އަނެއްކާ ވަޒީރު ހަމަ ޖެހޭބާ! ކޯސްތައް ހިންގަންވީ މި ވެރިކަމުގައި ތިބި ނާޤާބީލު ވަޒީރުންނަށް!

  14. މީނާ

    ކުރީގަ އެމްޑީޕީ އަންނި ވެރިކަމުގަ ފިސަރީޒް އެގްރިކަލްޗަރ މިނިސްޓަރ

    • ބެންޖަމިން

      ޒުލްފާ ޢަދާ ކުރެއްވީ ޓުއަރިޒަމް މިނިސްޓަރު ކަން.

  15. މުއްލާ

    ފެންވަރު ދަށް މީހުންނަށް ކިޔަވާ ދޭންވީކީ ނޫން. ކައުންސިލަރަކަށް ކުރިމަތިލުމުގެ ޝަރުޠުތެރޭގައި ރަގަޅު ތަޢުލީމީ ފެންވަރެއް ކަނޑައަޅަންވީ.

  16. ޟުޙާ

    ފެންވަރު ދަށް މީހުންނަށް ކިޔަވާ ދޭންވީކީ ނޫން. ކައުންސިލަރަކަށް ކުރިމަތިލުމުގެ ޝަރުޠުތެރޭގައި ރަގަޅު ތަޢުލީމީ ފެންވަރެއް ކަނޑައަޅަންވީ.

  17. ހުސެންބެ

    އިއްޒަތްތެރި މެންބަރުންނައްވެސްކޯހެއްހައްދަވާދެއްވުންއެދެން އެކޯހަކީއަހުލާގީކޯސްކިޔާކޯހެއް

  18. ޭެެއެހެންތަ

    ވިހާ ތަނުން ރައީސް ކަން ދޭންވީ 18 އަހަރު ވީމަ ހުވާ ކުރާގޮތަށް، ##ތަސައްރަފު ނުފުދޭ މީހުންނަށް ކުރިމަތި ލެވިގެން ނުވާނެ ## އެލް ޖީ އޭ ހަމައިގަ ތިބޭ

  19. ޗަންކީ

    ތަސައްރަފު ނުފުދޭ މީހުންނަށް ކުރިމަތި ލެވިގެން ނުވާނެ، ވަޒީފާ ވެސް ދީފަ ގަދަކަމުން ކަރުބުޑަށް ތަންދޮރެއް ނާޅަ، އެއްވެސް އަސާސީ ފެންވަރެއް ނެތް މީހުން ކުރިމަތިލިޔަ ނުދީ

  20. ދަގޭ

    ތި ކޯހެއް ކޮންމެހެން ހަދާ ކަށް ނުޖެހޭ ހޮވުނީމަ ވަރަށް ފެންވަރު ހުންނާނެ އެހެންވީމާތާ ކުރިމަތިލައިގެން ވޯޓުން އެހޮވެނީ

  21. އަޖައިބެއް

    ބަލަ ކައުންސިލްކަމްށް ކުރިމަތިލެވޭ ޝަރުތު ބަދަލުކުރީމަވީނު. ކޮންބޭކާރުހަރަދެއްކުރާކަށް

  22. ކަމަނާ

    ހުވާ ކުރުމުގެ ކުރިންނެއް ނޫން!!!! ކުރިމަތިލުމަށްޓަކައި ތިޔަ ޝަރުތު ކަނޑައަޅާންވީ!!!!!

  23. ހުސައިން803

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުރަތަމަ ކޯސްހަދާދީ ބަލާށެވެ. ސަރުތެއް އެކައްޗެއް އޮންނަ ބައެއްނޫންއެއީ ކުކުޅު ބައިގަނޑެއްހެން މަޖިލީގައި އެމީހުން އެއުޅެމުންދަނީ... މުޅިންވެސް މިރާއްޖޭގައި ކަންކަން ހުންނާނީ މިގޮތަށެވެ. އިތުރުބާރުނުކުރާތީ އާއި ވައްކަމާއި ނުގަވައިދުން ރަށުއޮފީސް ތަކުން ކަންކަން ކުރާނެކަމަށް ބަލައި ހުރިހާ ކަމެއް މިހުންނަނީ މާލޭގެ މިނިސްޓްރީއަށް ޖަމާކޮށްފައެވެ. އާހިރަތުގައި ކަންވެ ނިމޭއިރު ކޮޑިޓްކޮށްލާއިރު މިނިސްޓްރީތަކުގެ ކޮރަޕްސަނާއި ހިޔާނަތް މިއޮންނަނީ އެތައް މިލިޔަނުން ގުނާލެވޭ ވަރުގައެވެ. ހަޤީގަތަކީ ކަންމިގޮތަށް ހިންގުމަށް ރަށްރަށުގެ އޮފީސްތަކަށް މިއޮންނަނީ ބާރުތައް ދޫނުކޮށް ހިފައްޓާފައެވެ.

  24. އަލި

    ކައުންސިލަރުން އެކަނި ތޯ ފެންވަރު ބަލަންވީ

  25. އަބޫބޭ

    ލިޔަން ކިޔަން ނުދަންނަ ބަޔަކައް ކޮން ކޯހެއް ހެދޭނީ. ކުރިމަތި ލުމުގެ ޝަރުތަކައް ޑިގްރީ އޮތުން ހަދާބަ

  26. މަރީ

    ކައުންސިލް ކަމުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ތި ކޯސް ހަދާލަބަލަ! ސެޓްފިކެޓު ލިބޭވަރު ބަލާލަން

  27. ހަސަނުގެ ދަރި ލަތީފް

    ކައުންސިލަރުންނަށްވެސް މުގައްރަރެއް ކަނޑައަޅަންވީ މިފަދަ ތައުލީމީ ޒަމާނެއްގަ ކައުންސިލަރުންނަށް މި ތިބެނީ ރަށުތެރޭގަ ދަމާކަނޑާ ގްރޫޕް ކިޔަވައިގެން ތިބޭ މީހުނަށް ފުރުޞަތެއް ނޯވޭ

  28. ރަންރީނދޫ

    މިނިއަނެއްތަ މިއީ،ކާޓޫނުން ފެންނަކަހަލަ

  29. އައްޔު

    ޒުލްފާ ކަމަނާ ކެރެންޏާ އެންމެ ފުރަތަމަ ސިވިލްސާރވިސް މަޤާމުތަކުގެ ޝަރުތުތަށް އޮންނަހެން ކައުންސިލަރުކަމަށް އަތޮޅުކައުންސިލް ރައީސް ކަމަށް ކުރިމަތިލެވޭ ޝަރުތުތަކެއް ކަނޑައަޅާބަލަ އޭރަށް ތިޔަކަން ނިމޭނެ ދެންއޮތީ ޤާނޫނީ ޒިންމާއަދާ ނުކުރާކަމުގެ ވާހަކަ އެންމެ ސުވާލެއް ކައުންސިލަރުން މަސައްކަތް ކުރޭތޯ ނުކުރޭތޯ ބަލަނީ ކާކު؟؟؟؟ ދޭއަރ ދެއަރ އޯން ބޮސް ސޯ ސުރުޚީތަކުގައި ކައުންސިލަރުންނަށް ކިޔަވަދެނީއޭ ކިޔައިގެން ބަހަނާ ނުދައްކާ

  30. ޝާފީ ބެންޖަމިން

    ޒުލްފާ އާއި މައުމޫން އާ ދެބެންގެ ދެ-ދަރި. ވީމާ ވައްތަރު ވާނެ ދެއްތޯ.

  31. ސޮފޫރާ އާދަމް

    މައުމޫން އާ ޒުލްފާ ދެބެންގެ ދެ ދަރި. އެހެން ވީމަ ވައްތަރު ވާނެ ތާ.

  32. ޢަލީ

    ވޯޓަކުން އިންތިހާބުކުރީމާ އިތުރަށް ހަދާނޭ ކޯހެއް ނޯންނާނެ..ގޯހެއް ހެދޭނީ..