ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިސާދު ހަމައަކަށް އެޅި ގިނަ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައި ހުންނަވައި، ވަޒީރު ވިދާޅުވީ، ރާއްޖެ މިހާރު ތަޖުރިބާކުރަމުންދާ އިޤްތިޞާދީ ހީނަރުކަމަކީ ކުރީގެ ސަރުކާރުތަކުން ޢަމަލުކުރަމުން ދިޔަ ދޯހަޅި ސިޔާސަތުގެ ތެރެއިން ދިމާވެފައިވާ ކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅި ގިނަ މައްސަލަތައް ޙައްްލުކުރެވި ރައްޔިތުންގެ އުއްމީދުތައް ޙާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމުގައެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅި ގިނަ މައްސަލަތައް ޙައްްލުކުރެވި ރައްޔިތުންގެ އުއްމީދުތައް ޙާސިލްކުރުމަށް މަގުފަހިވެގެންދާނެ،" ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް މީހަކަށް އެއްވެސް ސެކްޓަރއަކަށް ދެރަ ގޮތެއް ވާން ނޭދޭ ކަމަށާއި، ފަހި ވިސްނުމެއްގައި ކުރިއަށްވަޑައިގެންފިނަމަ އަލިވިލޭނީ އުފާވެރި ފަތިހަކަށް ކަމުގައެވެ.

ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބޭއްވުމަށް ރައީސް އަންގަވާފައިވާއިރު، މި ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުވައްވަމުންނެވެ. އެގޮތުން މާލީ ވުޒާރާއިން ވެސް ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން މާލީ ވަޒީރު، ޑރ. މުހައްމަދު ޝަފީގު ވެސް ވަނީ ސަރުކާރުގެ ކުންފުނިތައް ރީފޯމް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއީ "އިހްތިޔާރެއް ނޫން" ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިސާދު ހަމައަކަށް އެޅި ގިނަ މައްސަލަތައް ހައްލު ކުރެވޭނެއެވެ. އަދި ގިނަ ބަޔެއްގެ ދަތްދޮޅި ވެސް ސަލާމަތްވާނެއެވެ.

  2. އަހްމަދު

    ޚަރަދުތައްކުޑަކުރުމަށް އަޅުއްވާފިޔަވަޅުތައް ރައްޔިތުންނައްވެސް އެނގޭނެނަމައޭހިތައްއަރާ

  3. ޒިއު

    ޝަރީފު.. ކަލޭބުނި ނިކަން އަވަހަށް ދުބާއީގެ ކުލަވަރު ފެނިގެންދާނެވާހަކަ. މިހާ އެކުލަވަރު ދޯ މިފެންނަނީ.

  4. ކިޔު

    އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.