"ވަގުތު" ގެ ޑިރެކްޓަރު މުހައްމަދު އަޒްހީމްގެ އަނބިކަނބަލުންގެ ބައްޕަ، ނ. ކުޑަފަރީ، ކެތި މުޙައްމަދު ވަހީދު ވަނީ މިއަދުގެ ވަގުތެއްގައި ނިޔާވެފައެވެ.

މުހައްމަދު ވަހީދު ނިޔާވުމާ ގުޅިގެން އާއިލާއަށް ލިބިފައިވާ ހިތާމާގައި "ވަގުތު" އާއި "ވަގުތު" މުވައްޒަފުން ބައިވެރިވަމެވެ. އަދި ވަހީދުގެ އާއިލާ މެންބަރުންނަށް ތައުޒިއާ ދަންނަވަމެވެ.

"ވަގުތު" މުވައްޒަފުންގެ ދުއާ އަކީ މުހައްމަދު ވަހީދުގެ ކުށް ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

މުހައްމަދު ވަހީދުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު ކުޑަފަރީގައި ހުންނަ މަސްޖިދުލް ސަމީމާ އަބްދުﷲ ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    މަރުޙޫމުގެ ފުރާނަފުޅަށް މާތްﷲ ޖަންނަތުލް ފިރުދައުސް ދެއްވައި ޢާޢިލާ އަށް ކެތްތެރިކަން ދެއްވާދޭވެ.އަމީން