އެސްޓެން ވިލާ ގެ މިޑްފިލްޑަރ ޑަގްލަސް ލުއިޒް ޖުވެންޓެސް އަށް ސްއިކޮށްފައިވާކަމަށް ޔުވެންޓަސް އިން ބުނެފިއެވެ.

ބްރެޒިލް އަށް އުފަން އުމުރުން 26 އަހަރުގެ ޑަގްލަސް ލުއިޒް އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓެން ވިލާ ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ސްއިކޮށްފައިވާކަން އެ ކުލަބުން ހާމަކޮށްފައިވާއިރު، ޑަގްލަސް ޔުވެންޓަސް އަށް ސޮއިކޮށްފައިވަނީ ކިހާ ވަރެއްގެ މުސާރައަކަށް ކަމެއް އެ ޓީމުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާގޮތުން ޑަގްލަސް ޔުވެންޓަސް އަށް ސޮއިކޮށްފައިވަނީ 50 މިލިއަން ޔޫރޯގެ ފީ އަކަށެވެ.

ޑަގްލަސް ލުއިޒް, އެސްޓަން ވިލާ މެޗެއްގެ ތެރެއިން

ޑަގްލަސް އެސްޓަން ވިލާ އަށް ބަދަލު ވެފައިވަނީ 2019 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ބްރެޒިލްގެ ވަސްކޯ ޑަ ގަމާ އިން ފުޓްބޯޅަ ކެރިއަރު ފެށި ޑަގްލަސް ވަނީ 2017 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައެވެ. އެހެން ނަމަވެސް އެ ޓީމަށް އެއްވެސް މެޗެއް ކުޅެފައި ނުވާއިރު ލޯނުގެ ދަށުން ޑަގްލަސް ވަނީ ސްޕެނިޝް ލަލީގާގެ ޖިރޯނާ އަށް ދެ ސީޒަން ކުޅެފައެވެ.

ބްރެޒިލް އަށް އުފަން ހުނަރުވެރި މިޑްފިލްޑަރު ވަނީ ބްރެޒިލްގެ ގައުމީ ޓީމާއި އެކު 2020 ވަނަ އަހަރު ޓޯކިޔޯގައި ކުރިއަށްދިޔަ އޮލިމްޕިކްސް ގޭމްސްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި މީގެ އިތުރުން އެސްޓަން ވިލާ ޔުއެފާ ކޮންފަރެންސް ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދިނުމުގައި ޑަގްލަސްގެ ހިއްސާ ވަރަށް ބޮޑެވެ.

މިދިޔަ ސީޒަންގައި އެސްޓަން ވިލާ އިން އިނގިރޭސި ޕްރިމިއާ ލީގު ނިންމާލާފައިވަނީ ޓޭބަލްގެ ހަތަރު ވަނައިގައެވެ. މިއާއި އެކު އެ ޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ. ޖުވެންޓަސް އިން އިޓަލީ ލީގު މިދިޔަ ސީޒަންގައި ނިންމާލާފައިވަނީ ގުރޫޕުގެ ތިން ވަނަ ހޯދައިގެންނެވެ.