ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ރައްޔިތުންގެ ވަތްގަނޑުން ބެލުމެއް ސުމާރެއް ނެތި ފައިސާ ހަރަދުކޮށްފައި ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ، އެ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ވަގުތުން ވަގުތަށް ފާސްކުރަން ޖެހޭ ވަރުގެ ބިލެއް ކަމަށެވެ.

"މިހެން މި ދަންނަވަނީ އަޅުގަނޑުމެންނަށް ފެނުގެންދިޔައީ ދަރަނި ނެގުމުގައި މަގްސަދެއް ނެތި އުސޫލެއް ތަރުތީބެއް ނެތި ފާއިދުވެދިޔަ ސަރުކާރުން އަމަލު ކުރަމުން ގެންދިޔަތަން. އެހެންވުމުގެ ސަބަބުން ދަރަނި މެނޭޖް ނުކުރެވި ބޮޑުތަނުން ސަރުކާރު ދަރައިގެން، ރައްޔިތުން ދަރައިގެން ދިޔައީ." އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ވަތްގަނޑަށް ވަންނަ ފައިސާއަށް ނުބަލައި ރިކަރަންޓް ހަދަރު ބޮޑުކުރަމުން މިދިޔަ ސަރުކާރުން ދިޔަ ކަމަށެވެ. އަދި ދައުރު ނިމެން ވަރަށް ކައިރިވެފައިވަނިކޮށް ކޮންޓިންޖެންސީ ބަޖެޓެއްގެ ގޮތުގައި އިތުރު ހަރަދުތަކެއް ކުރުމަށް ފާސްކުރި ކަމަށް ވިދާޅުވިއެވެ.

މައުލޫމާތު ފަހުން ބެލި އިރުގައި އެ ހަރަދަކީ ފާސްނުކޮށް ސިއްރު ސިއްރުން ކޮށްފައިވާ ހަރަދުތަކެއްކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ސުމާރެއް ނެތި ރައްޔިތުންގެ ވަތްގަނޑުން ކުރާ އެފަދަ ހަރަދުތައް ހުއްޓުވަން އެ ބިލު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ވަތްގަނޑުން ފައިސާ ހަރަދުކުރުމުގައި ބެލުމެއް ނެތް ސުމާރެއް ނެތި މި ކުރެވޭ ހަރަދުތައް ހިފެހެއްޓުމަށް މި ބިލް ބޭނުންވަނީ." އިބްރާހިމް ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ސަރުކާރުގެ ފިސްކަލް ޒިންމާގެ ބިލްގައި ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާއި ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ "އިންޓާޖެނެރޭޝަނަލް އިކުއިޓީ" ނުވަތަ ކުރިއަށް އޮތް ޖީލުތަކަށް އިންސާފުވެރި ގޮތަކަށް ގާއިމް ކުރެވޭނެ ހަމައަކުން، ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާއި ގުޅޭ އުސޫލުތަކާއި ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ވެސް އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މިސަރުކާރުންވެސް ކުރަނީ އެއްކަމެއް. ގުދޯގުދޯނުކިޔާ

    19
    4
  2. މޯޑް

    ތިއުޅެނީ މަޖުލިސްއަށް ވަދެވުނީމަ.. އާކުކުޅަކަށް ގާބިހެއް އެޅިގެންތަ
    އޭރުސް ޤައުމު ދެރީ މިހާރުވެސް ދަރަނީ!

    22
    3
  3. ފައިނެތް އާދަނު

    ގުރައިދޫ މަޖުލިސް ބައިއެލެކްޝަން ، ކޮމަންޑޫ ބައިއެލްކްޝަން ކާމިޔާބުކުރީ ރައްޔިތުންގެ ބޭސްފަރުވާއަށް ހުރި އާސަންދަ ކޮޅައިލައިގެން ބާރުގަދަ ފަރާތްތަކަށް ބޮޑަތި ޢަދަދުތަކުން ދީގެން@ ބޭސްފަރުވާއަށް ނަމުގައި ޑޮކްޓަރ ލިޔުން ހެއްދީ ޑޮކްޓަރުންނަށް ބޮޑަތި ޢަދަދުތަކުން ރުފިޔާ ދީގެން@ ބަލިމީހަކަށް ހައްދައިގެން ޚަރަދުކުރަން އާސަންދަ ދިނީމޭ ބުނަން އެމީހާޔަށް ބައެއް ދީފަ ބާކީ ވަނީ ބޮޑުންގެ ޖީބަށް@ އަލުން އާސަންދަޔަށް ރުފިޔާ ހޯދީ ރުފިޔާ ޗާޕުކޮށްގެން@ މީ އެނގިހުރެ ބުނާ ޙާއްޤު ތެދު!

    11
    1
    • ވާނުވާ

      ބަލަ ތިޔަބުނާބަޔަކު ވެރިކަމުގަ ތިބެގެން ބޭނުން ވަރަކަށް ރުފިޔާ ޗާޕް ކުރެވެން އޮޠް އަދި ބޭނުން ވަރަކަށް ރުފިޔާ ބެހެން ވެސް އެތް
      ދެން ކީއްވެބަ ވެރިކަން ނުލިބުނީ
      މޮޔަވާހަކަ ނުދައްކަބަލަ

      8
      4
  4. ވާނުވާ

    އަތަށް އެރީމަ ހަލާލް ފައިސާ
    ތިބޭފުޅާ ހުވާކޮށްބަލަ މަޖުލިސް އިންތިހާބުގަ ސަރުކާރުން ބޭހީ ހަލާލް ފައިސާކަމަށް
    ފައިސާ ވާހަކަ ގިނަވި ވަރަކަށް ބޭޒާރު ވާލެއްވެސް އެހާބޮޑު ވާނެ

    13
  5. ސާމް

    ރައްޔިތުންގެ ވަށްގަނޑަށް ބަލައިގެންތޯ 557 މިލިޔަން ރުފިޔާ އަށް ޑުރޯނެއް މި ވޭތުވެދިޔަ 7 މަސްތެރޭ މި ސަރުކާރުން ގަތީ. އެއީވެސް 36 މިލިޔަން ޑޮލަރު. އެފައިސާއިން މިވަގުތު ދައްކަން އޮތް ދަރަނި ތަކެއް ދެއްކިނަމަވެސް ނުވަތަ ހަދާ ނުނިމިއޮތް ރިސޯޓުތަކަކަށް އެހޫވެ އެތަންތަން ހުޅުވިނަމަ އިގްތިސޯދާއި އާމްދަނީއަށް ރަނގަޅުވީސް. އެކަމަކު ރައީސުލް ޖުމްހޫރިއްޔާވެސް ބޭނުންވީ ކަން ބާއްވާފަ މޮޅުނަންހޯދަން ރައްޔިތުންގެ ވަށްގަނޑަށް ނުބަލާ ޚަރަދު ކުރާށެވެ. ކާރީގަ އޮތް އިންޑިޔާއަށް ދަތުރެއްކުރިޔަސް 20 މީހުން ގޮވައިގެން އެދަނީ. އެއީތޯ ވައްގަނޑަށް ސުމާރަށް ބެލުމަކީ.؟...

    16
    2
  6. ޢަޒީމާ

    ފެންވަރެއް ނެތް ޤާބިލް ކަމެއް ނެތް މީހުން މަޖްލީހަށް ވަނީމާ ތިޔަހެން ހީވާނެ! އެމީހާ ބުނި ވެރިކަމުގައި ހުންނަ މީހެއްގެ ޅިޔަނެއް މަޖްލިހަށް ވައްދަން ހެޔޮނުވާނޭވެސް! މިހާރު ކީކޭބާ ބުނެވެން އޮތީ؟

  7. ޢަލީ

    ކުރިން ގޭގަ ހުކުރު ކުރީ ކޮންބައެއް؟

  8. ޒވޔނ

    ނެކްސްޓް ޖާބިރޫ. ކޯޓު ފަޓުލޫނު މިއަދ އަންހެނުން އިސްތިރި ނުކޮށްއޮތީބާ ކެކެކެ

    1
    1