މި ސަރުކާރުން ފައިސާ ޗާޕްނުކޮށް ވެރިކަން ކުރަމުން ދާތީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ހަޖަމް ނުވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިދިޔަ ސަރުކާރުން މަޝްރޫތައް ހިންގި އިރު ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ.

"ދާއިރާގެ މެންބަރު ގޮސްފައި ރައްޔިތުންގެ ކައިރީގައި މި ބުނަނީ އޮންނާނެއޭ ބަޖެޓުގައި ޖަހާފައި. ރައްޔިތުންނެއް ނުބަލާ 10،000 ރުފިޔާއޭ ޖަހާފައި އޮންނާނީ. ގާނޫނު ވުޖޫދުވުމުން ބޭނުންހާ ގޮތަކަށެއް ސަރުކާރުން ހިންގާ މަޝްރޫތަކުގައި އަގެއް ނުޖެހޭނެ. ކުރެވޭ މިންވަރަށް ޖެހޭނީ. ޒިންމާދާރުވާން ޖެހޭ. ހިންގޭ މަޝްރޫތަކާއި ކުރާ ހޭދަ މާލީ ވަޒީރު އައިސް ހިއްސާ ކުރަން ޖެހޭ."، ޝުޖާއު ވިދާޅިވިއެވެ.

ޝުޖާއު ވިދާޅުވީ ފިސްކަލް ޒިންމާގެ ބިލާއެކު ރައްޔިތުންގެ ފައިސާއަށް ވާގޮތް މީގެ ފަހުން އެނގިގެންދާނެ ކަމަށާއި ކުރާ ހޭދަ އެނގިގެންދާނެ ކަމަށެވެ. އަދި ޒިންމާތަކެއް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވެވިއެވެ.

މި ސަރުކާރަކީ ދެއްކުންތެރި ބައެއްގެ ގޮތުގައި ދެއްކުމަށް އިދިކޮޅުން މަސައްކަތް ނުކުރުމަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ. މި ސަރުކާރުން ކުރާ ކަންތައްތައް ރައްޔިތުން ހުށިޔާރުކަމާއެކު ބަލަން ތިބި ކަމަށް ވެސް ވިދާޅުވިއެވެ.

"ޒިންމާދާރުކަމާއެކު ނަގަން ޖެހޭ ފިޔަވަޅުތައް ނަގަމުން މި ދަނީ. އެއީ ދައުލަތެއްގެ ގޮތުގައި ގައުމު ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެއް. އެހެން ނަމަވެސް މިއަދު ފެނިގެން ދަނީ ފިސިކަލް ހާލަތު ހަރުދަނާކަމާއެކު ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރައްސާރަ ކުރަމުންދާ މަންޒަރު. އެއީ މާދަމާ ވެސް ވެރިކަަމަށް އަތުވެދާނެ ކަމަށް. މިކަލަ ސޭފްގާޑްތައް ހެދިޔަ ނުދޭން ވެގެން އުޅެނީ."، ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ފިސްކަލް ޒިންމާގެ ބިލްގެ ސަބަބުން ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕްކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ. ފައިސާ ޗާޕްނުކޮށް މި ސަރުކާރުން ވެރިކަން ހިންގަމުން ދާތީ އެމްޑީޕީއަށް ހަޖަމެއް ނުވާނެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފައިނެތް އާދަނު

    ހަޖަމް ނުވަނީ އެމްޑީޕއަކަށްނޫން! ހަޖަމް ނުވަނީ ބާޣީ 13 އަށް!

    4
    2
  2. ހުސެއިން ޝާމް

    ޝުޖާ އަދިވެސް މަނިކުފާނު ރުޅި މަޑު ނުވޭ.ޕްރެޝަރު ހިފާ ހައްޔަރު ކޮށްގެން ގެންގޮސް ޗެކު ކޮށްފާނެ.

    6
    1
  3. ހުސްނުވާ

    ސުޖާ މޮޔަނުގޮވާ ވެކުސިން ޖަހައިގެން މީހުންމަރުވިއްޔޭކިޔާފަވެސް ރޯބުހުތާންދޮގު ހެދީ ވެކްސިންނަކީ ކޯންޗެއްކަން އެގޭތޯ ރޯނުއެދުރުވިޔަސް ތީބޮޑުވަރު!

    5
    6
  4. ސަރީ

    ގައުމު ޑީފޯލްޓު ވިޔަސް ޗާޕު ނުކުރާތި. ޗާޕު ކުރިމީހުން ގައުމު ޑީފޯލްޓު ވެވެނާ ނުދީ ވެރިކަމުގެ ދައުރު ނިންމީ. އެހެންވީމާ ކަލޭމެން ޗާޕުނުކޮއް ގައުމުގޮސް ބަނގުރޫޓު ކޮއް ޑީފޯލްޓުކޮއްފަ ބުނާތި ޗާޕު ނުކޮށޭ ޑީފޯލްޓު ކުރީ.

    7
    3
  5. ޝިފޫ

    ވެރިކަމާ ހަވާލުވިއިރު އެކައްޗެއްވެސް ނެތޯ.
    ފައިސާހުރީމަ ޗާޕް ކުރާކައްނުޖެހޭނެއެއްނު.
    އަޅެ ފައިސާއާނުލާ ވެރިކަންކުރާގޮތް ކިޔާލަދޭންވީނު.
    އޭރުންދޯ ހަޖަމްވާނީ

    9
    4
  6. ބާރަށު މީހާ

    ބާރަށުން ކަރަންޓުދާ މައްސަލަ އަވަހައް ހައްލު ކޮށްދީ! ސްކޫލް ހާލަތު ރަނގަޅު ކޮއްބަލަ

    5
    1
  7. ރޯ

    ކަލޭމެން އަދި ހަމަ ބޯކޮއް ފައިސާ ޗާޕުކުރާނެ. އަދި ކުރިން ޗާޕު ކުރެވުނު ނަމައޭ ހިތަށް އަރައި ދެރަވެސްވާނެ.