ވަކި މުއްދަތެއް ނެތް ގޮތަކަށް ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ ސުއޫދު ސަސްޕެންޑް ކުރީ ޖުޑިޝަރީއާ ގުޅޭގޮތުން މި މަހުގެ 24 ވަނަ ދުވަހު ސުއޫދު ކޮށްފައިވާ ޓްވީޓަކާ ގުޅިގެން އަދި ސުއޫދުއާ ހަވާލާދީ "ވީނިއުސް" ގައި ލިޔެފައިވާ ލިޔުމެއްގެ މައްސަލަ ބަލަމުންދާތީ ކަމަށެވެ.

އެހެންކަމުން މި މައްސަލަތައް ބަލައި ނިމެންދެން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ސުއޫދު އަށް ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މިއަދުން ފެށިގެން މަނާކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ކަމަށް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

މީގެކުރިން ބައެއް މައްސަލަތަކުގައި ސުއޫދު ސަސްޕެންޑް ކޮށްފައިވެއެވެ.

ސުއޫދު ސަސްޕެންޑް ކުރިއިރު ޖުޑިޝަރީއާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެން ގާނޫނީ ވަކީލު ހުސެއިން ޝަމީމް ތިން މަހަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރުބޭ

    މިސޮރުގެ ދިގުއަތް އަބަދު މިއޮންނަނީ ސަސްޕެން ކޮށްފާ

  2. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޢިއްދައަކީ، ތަޢައްބުދީ ގޮތުން އިންތިޒާރު ކުރާ މުއްދަތެކެވެ. އެހެންނަމަވެސް ސަސްޕެންޝަނަކީ، ގޯސްކޮށް ކުރެވޭ ކަމެއް ރަނގަޅު ކުރުމަށް އާދެ! ޝަރީޢަތާއި ޤާނޫނާއި އެއްގޮތަށް އިޞްލާހުވުމަށް މަގުދެއްކުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެހެންކަމަށްވާނަމަ، ސަސްޕެންޝަނަށް ދާން ބޭނުން ފުޅުނުވާ ބޭފުޅަކަށް އެކަން ނުކޮށް ހުރެވޭނެއެވެ.

    .

  3. ހުސެން

    މީނާ ހެދިގެން އުޅެނީ މީނާއަކީ ގާނޫނު ދަންނަ އެންމެ މޮޅުމީހާކަމަށް. މިކަހަލަ އަދި އެކަކު އުޅޭނެ މިގައުމުގައި އެއީ އިލްޔާސް ކިޔާމީހެއް، އޭނާ ހެދިގެން އުޅެނީ އޭނާ އަކީ ގުރުއާނާއި ސުންނަތުގެ އިލްމަށް އެންމެ އަރާހުރި އެންމެ މޮޅުމީހާކަމަށް.