މި ހަފްތާ އެއްކޮށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި، މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އާ ވާހަކަދައްކަވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިއަދުވެސް މުޅި ރާއްޖެއަށް ވިއްސާރަ ވާނެ ކަމަށާއި، ބޮޑަށް މެދު ރާއްޖެ ތެރެއާއި، ދެކުނަށް ވައިގަދަކޮށް އުޅޭކަމަށެވެ. އަދި ކަނޑުވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި، ބޮޑަށް ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށްވެސް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވީ، މި ހަފްތާ އެއްކޮށްވެސް ދައްކަނީ ވިއްސާރަކޮށް، ވައިގަދަކޮށް ކަމަށެވެ.

"މި އަންނަ ހަފްތާ އަންގާރަ ބުދަ ހިސާބު ކޮންމެވެސް ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވެނީ". އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު