ގަސްތަކުގެ ތެރޭގައި އާލާވެ ގިނަވާ ފަންޏެއްގެ އުނދަގޫ، އައްޑު ސިޓީ ހިތަދޫގައި ބޮޑުވެ އެތައް ބަޔަކު ޝަކުވާކުރަން ފަށައިފިއެވެ.
ފާއިތުވެދިޔަ ދެ މަހެއްހާ ދުވަސްތެރޭގައި މި ފަނިތައް ހިތަދޫގެ ބައެއް ހިސާބުތަކުން ވަރަށް ގިނައިން ފެންނަމުންދާއިރު، އާންމު ގޮތެއްގައި ފަނިތައް އަޅާފައި ހުންނަނީ ގޭތެރޭގައި އިންދާފައި ހުންނަ ބަގީޗާ ގަސްތައް ތެރޭގައި ކަމަށާއި، ފަނި އެތަންތަނުގައި އާލާވެ ގިނަވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. މި ފަނިތައް ހިތަދޫގެ ބައެއް ސަރަޙައްދުތަކުގެ މަގުމަތިންވެސް މިހާރު ޢާންމުކޮށް ފެންނަމުންދާއިރު، ބައެއް ގޭގޭގެ ތެރޭގައި ފަނިތައް ގިނަވެ އޭގެ ސަބަބުން ގިނަ ބަޔަކަށް ދަނީ އުނދަގޫތަކާއި ކުރިމަތިވަމުންނެވެ.
"ގަސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެންނަން ފެށީ. ފަހުން ގޭތެރެއަށްވެސް ވަދެ ގޭތެރޭގައި ގިނަވާން ފެށީ. މިހާރު މިއުޅެނީ މިކަމުން ސަލާމަތް ނުވެވިގެން. ކިތަންމެ ވަރަކަށް ހުސްކުރަން އުޅުނަސް އެކަން ކާމިޔާބުވާގޮތް ނުވެ އެތައް ދުވަހެއް ވެއްޖެ މިހާރު،" މިހާރު ގިނަވަމުންދާ ފަނީގެ އުނދަގޫ ޖެހިފައިވާ ފަރާތަކުން ބުނެފައި ވެއެވެ.
ގާތްގަނޑަކަށް ދެ ސެންޓިމީޓަރަށް ބޮޑުވާ މި ފަނި ގަސްތަކަށް ގެއްލުންދޭކަމެއް ނޭނގުނު ނަމަވެސް، މިކަމާއި ގުޅިގެން މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި ފަނިތައް ގޭތެރޭގައި ގިނަ ވުމުން ގޭތެރޭގައި ނުބައިވަސް ހިފާފައި ހުރުން ފަދަ ބައެއް އުނދަގޫތަކާއި ދަނީ ކުރިމަތިވަމުންނެވެ.
މި މައްސަލަ ހިތަދޫގެ އާންމު ބައެއް ފަރާތްތަކުން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވީނަމަވެސް، އެކަން ހައްލުކުރުމަށް އަދި ފިޔަވަޅެއް އަޅާފައިނުވެއެވެ. އަދި އެކަމަށް އެއްވެސް ތައްޔާރީއެއް ވަމުންދާކަމެއްވެސް އެނގިފައެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން ކަމާއި ބެހޭ ފަރާތަކުންވެސް އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ބައެއް މޫސުންތަކާއި ދިމާކޮށް ރާއްޖޭގެ ރަށްތަކުން އެކި ފާޑުފާޑުގެ ސޫތްޕާއި ފަނިފަކުސާފަދަ ތަކެތި ގިނަވެ އާންމުންނަށް އެކަމުން އުނދަގޫވެ ގެއްލުން ލިބޭ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި އެބަހުއްޓެވެ. ނަމަވެސް ހިތަދޫއިން މިހާރު ފެންނަމުންދާ ފަދަ ފަންޏެއް ކުރިން އެހެން ރަށެއްގައި އާލާވަމުންދިޔަ ކަމެއް އެނގިފައެއް ނުވެއެވެ.
ތިއަށް ކިޔަނީ ހާސްފައި...ހުޅުމާލޭގައިވެސް ބައިވަރު....ތީގެރިގުޔާއެކު ޜާެއްޖެ އައި އެއްޗެއް
ބަލަ އަހަރެން ތި ރަށަށް 2014ގަ ދިޔައިރުވެސް ތި ފަނިތައް ހެސްކިޔާފަ އޮތަ!
އެއީ ކެޓަޕިލާ އެކޭ
ބަލަ މާމިގިލީގައި ވެސް ތިޔަފަނި އެބައުޅޭ ބައިވަރު.. ބޮޑު އުދަގުލެއް ތީ..
ތިޔަ ފަނި އުޅޭ ހުޅުމާލޭގަ ނިކަން ގިނައިން.. މަރާލީމަ ދުވާނެ ވަރަށް ނުބައިވަސް
ތީ ހުޅުމާލޭގައި އުކާފަހުންނަ އެއްޗެއް! އެތައް ޒަމާނެއްވެއްޖެ! ހިސާބަށް ވުރެ ފޮނީ ހެން ހީވަނީ!
ތީއައްޑޫމީހުންގެ ބޮޑާކަމާ ކިބުރުވެރިކަމުން ﷲ ފޮނުއްވާކޯފާ!
އެހެންވީއްޔާ އެހެން ރަށްރަށުގަ ތި ފަނިތައް އުޅެނީ އެމީހުންނަށް އެއެއްޗެހި ނިޢުމަތެއްގެ ގޮތުގައި ލެއްވީތާދޯ؟؟؟ ގަމާރުންވެސް ލައްކަ ގިނައޭ ދޯ؟؟؟
ފަނިތަައް ކޮކާލަށް ބަދަލުވީމާ ވަރައް ރީތިވާނެ
ކުޑަކޮށް ދިރާސާ ކޮށްލާ ތިޔައީ ކޯޗެއްކަން ހޯދާލިނަމަ
ތިފަނި މީގެ އެތައް އަހަރެއް ކުރިންސުރެން މާމިގިލީގައި އުޅެމުންދޭ. ހުރިހާ ދިމާލެއްގައިވެސް
ތީ ވަރަށް ރީތި ކޮކާލެއްގެ ކެޓަޕިލަރ އެއް
ރާއްޖޭން ބޭރުން ގެންނަ ގަސްކާނާގައި އަޅާފަންޏެއް ތީ
މީ ވިލިމާލޭ ވެސް އުޅޭ ފަންޏެއް އަބަދުވެސް
ތީ ޖަޒީރާ ފަނި ކިޔާ އެއްޗެއް.
ތިފަނިން ވިހާނީ ކޮކާލެއް
ހުޅުމާލޭގަވެސް ވަރަށް ގިނައެއްޗެއްތީ
ތިވައްތަރުގެ ފަނިރާއްޖެ ތެރޭގެވަރައްގިނަ ރައްރަށުގަ އެބައުޅޭ
މެންދުރު އަވިގަދަވާ ވަގުތު ގަސްއިންދާފައި ހުންނަ ޕޮޓްގެ ވެލިގަނޑު މައްޗައް ހުރިހާ ފަނި އަރާނެ
އެވަގުުތު ފަނިތައްނަގަން ފަށާ އަދި އެފަނި ހޫން ފެނައް އަޅާމަރަން ޖެހޭނީ
ގަސްނެއް ބިންގަނޑުވެސް މެންދުރު ޗެކް ކޮއްލާ ފަނި އުޅޭތޯ އުޅޭނަަމަ ހޫނުފެން އަޅާ
މިގޮތް އުދަގުލިއްޔާ ޕޮޓްތަކުން ވެލިބަދަލުކޮއް ބާވެލިތައް ނައްތާލަން ޖެހޭނީ
މަޑުކޮށްލާ އިބޫ ތިކަންހައްލު ކޮށްދޭނެ
ތީ ޖަޒީރާ ރާއްޖޭގެ ފަނި ހިތަދޫ މީހުން އުފާކުރަންވީ ކީއްކުރަން ތި ހުސްކުރަންވީ. ތިއޮތީ ނަސީބު އަތުގަ ހިފާފަ.
ޢަލަށް އުފެދުނު ޖަޒީރާ ފަނި ތީވަރަށް ނުރައްކާ އެއްޗެއް ތީގެ ސައިންޓިފިކް ނަމަކީ މޑޕ
ތިފަނި އައްޑޫގަ އުޅޭތާ 7 އަހަރަށް ވުރެ ގިނަވެއްޖެ.. އައްޑުއަށް އަލަށް އައިސްގެން އުޅޭމީހަކަށް ދޯ ތިފަނި ފެނިގެން އާކަމަކަށް ވެގެން ތި އުޅެނީ..
ތި ފަންޔަކީ އެއްވެސް ކަހަލަ އުނދަގުލެއް ކުރާއެއްޗެއްނުން.. ގަސްތަކަށްވެސް ގެއްލުމެއް ނުދޭނެ
ހިތަދޫ ރައްޔިތުންނަ ހުރިހާ ކަމެއް ވެސް ކޮދެން ޖެހެނީ ސަރުކާރުންތަ ރައްޔިތު އެންމެން ނިިކުމެ ތިކަން ކޮއްލާ ނަމަ ތިކަހަލަ ކުދި ކުދި ކަންކަން ދިގުދެމި ގެން އެނުދާނެ
އައްޑޫގައި ސާކު
ކޮންފަރެންސާއި ދިމަކޮށް
ހެދުނު ކޮންވެންޝަން ސެންޓަރުން އެއްމެ ފެރެތުމަ އައްޑޫން ތި ފެނުނީ
ތި ފަނި އެންމެ ފަސޭހައިން ނައްތާލަދެނީ އަސްދޫނި. އަސްދޫނި ގެންގުޅޭ އެއިރުން އެކަން އެހައްލުވީ.
ފީވަކުން ތި ފަނި ފެންނަތާ އަހަރެއް ވެއްޖެ
ޗުައި ތަ ތީ
ގޫގުލްގަ ސިންގް ސިންގް ޕަރީ ޖަހާލާ
ތި އުޅޭ ވ ގިނަ ރަށްރަށުގަ. ޥ އުނދަގޫވޭ
ތިއީ ރާއްޖެ ގެންނަ ވެލީގަ ހުންނަ އެއްޗެއް. މަވެސް ކޮންނެވެސް ގުރޯ ކިޔާ ކާނާ ވެއްޔެއް ގެނައިތަނުން ތިގިނަވި. ޢެެއީ ގޯސް އެއްޗެއް ކަމަކަށް ނުވެޔޯ.
ތީ މިލިޕެޑް ނޮތިންގްސީރިއަސް
ތި ފަނިތައް މީގެ ދެތިން އަހަރުކުރިން އެންމެ ގިނައިން ފެނިފައިވަނީ ހިތަދޫ އާއި މަރަދޫ އާއި ދެމެދު އޮންނަ ފަޅު ރަށްތަކުގެ މަގުމަތިން. ލިންކްރޯޑުން ހިގާލާފަ ދަމުން ބިންމަތި ބަލާލީމަ މިހާރުވެސް ހިތަދޫ ޕޯޓް ހުންނަދިމާލުން އާދަޔާ ޚިލާފަށް ތި ފަނިތައް ގިނަކަން ފާހަގަކުރެވޭ. ލަފާކުރެވޭގޮތުން ހިތަދޫގެ އެކި ޞަރަޙައްދުތަކުގައި މަގުމަތީގައި ހުންނަ ބޮޑު ވަޅުގަނޑުތަކަށް ބަރަން މިބުނި ޞަރަޙައްދުން ފަސްގެނެސް މަގުތައް ހަދާލީމަ ފަނިތައް އެޞަރަޙައްދަކަށް ގިނަ ވެގެންދަނީ. މީ މަގޭ ޚިޔާލު
ހުއިވަނި??
އއ.މާޅޮހުގަވެސް އުޅޭ
ތި ފަނި ހުޅުމާލެެެެެ ގަ ހުރޭ.