އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ހިތަދޫއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން ހިތަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ މީހަކާއި 46 އަހަރުގެ މީހެކެވެ.

އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން، ރޭ 23:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހިތަދޫ ބަނދަރު ސަރަޙައްދުން މިދެމީހުން ހުއްޓުވައި ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ބުލެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު