"ޗެނަލް-13" ބަންދު ކުރުމަށް އަންގާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ބައެއް މެންބަރުންނަށް ބައެއް މީހުން އިންޒާރު ދެމުން ގެންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އާއި މައުލޫމާތު ހިއްސާކުރި ބްރޯޑްކޮމްގެ މެންބަރަކު ވިދާޅުވީ އެކޮމިޝަންގެ މެންބަރުންނާއި މަގުމަތިން ބައްދަލު ކޮށް ބައެއް މީހުން ޗެނަލް-13 ބަންދު ކުރުމަށް ތަފާތު އިންޒާރުތައް ދެމުން ގެންދާ ކަމަށެވެ.

"ބްރޯޑްކޮމްގެ ބައެއް މެންބަރުން މަގުމަތިން ހުއްޓުވާ ޗެނަލް-13 ބަންދު ކުރާށޭ. ބަންދު ނުކޮށްފިނަމަ ބްރޯޑްކޮމް މެންބަރުންނަށް ދެރަ ގޮތެއް ހަދާނަމޭ. ހައްޔަރު ކުރާނަމޭ. ޖަލަށް ލާނަމޭ ކިޔާފައި އިންޒާރުތައް ދެމުން އެބަގެންދޭ. އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ކުރަން އެފަދަ އަމަލުތައް" މައުލޫމާތު ދެއްވި މެންބަރު ވިދާޅުވިއެވެ.

ޗެނަލް-13 ބަންދު ކުރުވަން އިދިކޮޅު އެކްޓިވިސްޓުން ގެންދަނީ މީސް މީޑިއާގައި ވެސް ގޮވާލަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ފާއިތުވި ދުވަސްތަކުގައި އެންމެ ހަރު އަޑުން ގޮވަމުން ގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި އޮތް ކަމަށެވެ. ސަރުކާރުން ނޫސްވެރިނަށް ދަތިތައް ކުރަމުން ގެންދާ ކަމަށް އެފަރާތްތަކުން އޭރު ބުނަމުން ގެންދިޔައިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ ޗެނަލް-13 އާއި ދެކޮޅަށް އަބުރުގެ ހަ މައްސަލައެއް ބްރޯޑްކޮމް އަށް ހުށަހަޅާފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވެސް ވަނީ ޗެނަލް-13 އާއި ދެކޮޅަށް އަބުރުގެ މައްސަލައެއް ބްރޯޑްކޮމް އަށް ހުށަހަޅާފައެވެ.

ޗެނަލް-13 އާއި ދެކޮޅަށް އަބުރުގެ މައްސަލަތަކެއް ބްރޯޑްކޮމް އިން ހުށަހަޅާފައި ވާއިރު އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސްޕީކިންގް

  ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ބިން ވިއްކައޭ ތަމެން ރަށުގައި ގަބުޅި ކަތީބުން ކަންކަން ކުރާ އުސޫލުން ހިޔަންޏަށް މުޑި ނަގައިގެން އަދި ތިޔާ ޒާތަށް ވާހަކަ ދެއްކި ނަމަވެސް ތިޔާގައި ނެތޭ ސާބިތު ހިފޭ އެއްވެސް ވާހަކަ އެއް ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަގަ އާންމުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހެދުމަށް ޓަކައި ސޯ މެނީ ތިންގްސް ދެޓް ވީ ނިއު އޮފް ޔުއަރ ވޯޓް މަކަރު ވީއާރ ނައު ސްޕީކިންގް ސްޕީކިންގް ސްޕީކިންގް...

 2. ޗެނަލް 18

  ތިތަން ބަންދު ކުރަންވީތާ ކިތަންމެ ދުވަހެއް! ތީ މިޤަޢުމުގަ ފިތުނަ އުފައްދާ ހާއްޔެއް!

  • Anonymous

   ރ ބޯ ޓީވީ ވާހަކައެއް ނޫންތަ ތިދައްކަނީ

 3. ހޭބޯ

  ބަލަގަ އެމްޑީޕީ މީހުންނަށް އެކަނިތަ ބިންދޭން ޖެހެނީ؟ ނުވަތަ ސިޔާސީ އެހީތެރިން ނަށްތަ ދޭން ޖެހެނީ؟ މިހާރު ބިންދޭން އެއުޅެނީ ރަށްޔިތުންނަށް ނޫންތަ؟

 4. ސަން

  މިއޮތީ ޑިމޮކްރަސީ އިބޫ ހޮވުނުފަހުން ބިރުދެއްކުން ހައްދު ފަހަނަ އަޅާގޮސްފި ކުރީގަބުނީ ޔާމިނު ބިރުދައްކަނީ އޭ ކިޔާގެން މިނިވަން ވެގެން ހަމަ ދެންތިބި މީހުނައް ބިރުދައްކަނީ މީދެން އަޅެ ކިހާ ދެރަކަމެއް މީ ހުސް ދިވެހިން ފިކުރު ތަފާތުވިޔަސް އަހަރެމެން މީ މިގައުމުގެ ރައްވެހިން ވަކިމީހަކަ ވަކިގޮތެއް އޮވެގެން ނުވާނެ

  • Anonymous

   ަޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮސލުވެސ ދ

 5. އަލީ

  ތިޔަކަމަކީ އެމްޑީޕީ ލީޑަރޝިޕުން ކުރުވާކަމެއް! ދެން އިބޫބުނާނީ ކަންކަން ބޮސްލުންލީމައި ވާގޮތްކަމަށެވެ.

 6. ޖަޒީރާ

  ފުރަތަމަ ރ ޓާވީ ބަންދުކުރޭ

 7. ސޯލިހު

  ޜާޓީވީ ސަންގުޓީވީ ވީޓީވީ ބަންދުކޮށްބަލަ ދޮގުހަބަރު ގެނެސްދޭ އަދި ފިތުނަފަސާދަ އުފައްދާ ޓީވީތަކެއް އެއީ މިބައިގަނޑައް ހަޖަމުނުކުރެވިގެން އެއުޅެނީ ގައުމަށްޖެހިފަ އޮތްވަބާއެއް މި މޑޕ ލާހޫރޭބައިގަނޑު

 8. ދާލި

  ވަގުތު ނޫސް ބަންދުކުރަން ފެނޭ

 9. ޏނނ

  ބިރުދައްކަންޏާ ޖެހޭނީ އީސީ މެމެބަރުން ގޮތަށް ފިލަން

 10. އަހްމަދު 35

  ރާއްޖެޓީވީ ބަންދު ނުކޮށް އެހެން ތަނެއް ބަންދެއް ނުކުރެވޭނެ. އެއީ ބުހުތާން ދޮގު ފެތުރިބައެއް. މިތަން ހަގީގަތުގައި ފަސާދަ ކުރީ އެމީހުން