ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވާގޮތުގައި، ކ އަތޮޅާއި ސ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯހެވެ. އެގޮތުން އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކެމަަށް މެޓް އޮފީހުގެ އެލާޓްގައި ވިދާޅުވެފައި ވެއެވެ.

އެ އެލާޓްގައި ވިދާޅުވެފައިވާގޮތުގައި، އެ ސަރަހައްދުތަަކަށް 40 މޭލަށް ވައިވެސް ގަދަވާނެއެވެ.

މެޓް އޮފީހުުން އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 16:00 ގެ ނިޔަލަށެވެ.

 

ކިޔުންތެރިންގެ ހިޔާލު