ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދުނިޔޭގެ 16 ގައުމަކުން ބައިވެރިވާ، ކައުންޓަރ ޓެރަރިޒަމާއި ގުޅޭ ބައިނަލްއަޤްވާމީ ސެމިނާއެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ކައުންޓަރ ޓެރަރިޒަމާއި ގުޅޭ ބައިނަލްއަޤްވާމީ ސެމިނާއެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ސެމިނާގައި ދުނިޔޭގެ 16 ގައުމަކުން ބައިވެރިވާނެ ކަމަށެވެ.

"ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ޕްރޮމޯޓީންގ ޕީސް އެންޑް ސެކިއުރިޓީ" ގެ ނަމުގައި ކުރުނބާ އައިލެންޑް ރިޒޯޓުގައި، އެޕްރިލް މަހުގެ 14 އިން 16 އަށް ބާއްވާ މި ކޮންފަރެންސްގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މުހިންމު ދައުރެއް އަދާކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ދިވެހިރާއްޖޭގައި ހައްދުފަހަނައަޅާދިޔުން ފެތުރުނަ ނުދިނުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ދިވެހިރާއްޖެއާއި ވަރަށް އެކުގައި ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލަން." ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ދިވެހިރާއްޖެއަށް ހާއްޞަ ގޮތެއްގައި ސައުދީ އަރަބިއްޔާ، އިންޑިއާ އަދި އެމެރިކާގެ އިތުރުން ތުރުކީ ވިލާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ހައްދުފަހަނައަޅާ ދިއުން ކުޑަ ކުރުމަށްޓަކައި ބޭނުންކުރެވިދާނެ މުހިންމު ސްޓްރެޓަޖީއެއް އެމެރިކާގެ އެކްސްޕާޓުންގެ އެހީއާއި އެކުގައި އެކުލަވާވި އެއަށް އަމަލުކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ދެއަހަރު ފުރިފައިވާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން ހައްދުފުހަނައެޅުމާއި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރެވެމުންދާ މަސައްކަތް އިތުރަށް ފުޅާވެ، ބޭރު ދުނިޔޭގައި ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރެވިފައިވާ ކަމަށް އެ ސެންޓަރުން މިއަދު ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ބޭއްވި އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ އިފްތިތާހީ ބައްދަވުމުގައިވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ޕްރޮމޯޓީންގ ޕީސް އެންޑް ސެކިއުރިޓީ" ގެ ނަމުގައި މިއުޅެނީ އިސްލާމްދީން ނައްތާލަން އަދި މުސްލިމުން އެމީހުންގެ ދީނުގައި އަންގަވާފއިވާ ކަންކަމާއި ދުރުކޮއް ދީނާ މެދު ޝައްކު އުފައދައި މީހުން މަގުފުރެއްދުން.މުރތައްދުން ކަލޭމެން ހީކުރީތަ ﷲ ސުބުހާނަހޫ ވަތަޢާލާގެ ނޫރުފުޅު ނިއްވާލެވޭކަމައް.މުރުތައްދުންނައްއq ހީވާކަހަލަ