މާލޭގައި ސްކޫލް ދަރިވަރެއްގެ އަތުން ފޭރިގަތް މީހަކު ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ، މަގުމަތިން ހިނގާލާފައި ދިޔަ ޔުނީފޯމް ލައިގެން ހުރި ސްކޫލެއްގެ ދަރިވަރެއްގެ އަތުން ފިރިހެނަކު އެއްޗެއް ފޭރިގެން ދުއްވައިގަންނަ މަންޒަރެވެ.

އެ ކުއްޖާގެ އަތުން ފޭރިގެންފައި ވަނީ ދުވާލުވެ ވަގުތެއްގައެވެ. އެ އަންހެން ކުއްޖާގެ އަތުން ފޭރިގެންފައި ވަނީ ސީދާ ކޮންއެއްޗެއްކަން ކަށަވަރު ނުވާއިރު، ހީވާގޮތުން އެއީ ފޯނެކެވެ.

ފުލުހުން ވިދާޅުވީ، އެ ވީޑިއޯ އިން ގެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ފޭރުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެެއް ކަމަށެވެ. އަދި އެ މީހާއާ ބެހޭ މައުލޫމާތެއް އިނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އެދިފައެވެ.

އަދި އެމީހާއާ ބެހޭ މައުލޫމާތު އިނގޭ ފަރާތްތަކުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނޫން

  ފޯނު ޖަހައިގަތީ

 2. ރަދުން

  ރީނދޫކުލައިގެ ވަދުޖެހިފައިވާނެއްގަފެންނަންހުރީ.

  • ހަަސަނު

   ތިވާނި އެމްޑިޕީ މީހަކަށް އޮތަ؟