އެމެރިކާގެ އަސްކަރީ ވައިގެ ބާރުތަކުން ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާ، މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ މިގޮތަށް ވިދާޅުވެފައި މިވަނީ، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބޭރުގެ އަސްކަރީ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނިކޮށެވެ.

"ޔޫއެސް އެއާފޯސް މާލޭ ސިޓީ ވައިގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދަނީ! ރައީސް ޔާމީން ހަބަރުދާރު...!" އެއާޕޯޓަށް ޖައްސާފައިވާ ބޭރުގެ އަސްކަރީ މަތިންދާ ބޯޓުގެ ފޮޓޯ ޢާންމުކުރައްވާ މުސްތަފާ ކުރެއްވި ޓްވީޓުގައި ވެއެވެ.

މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި މިއަދު ވިދާޅުވީ، ރައީސް ޔާމީން "މާބޮޑަށް ތެޅެންޔާ" މިފަދަ ބޯޓަަކަށް ލާފައި "ފުރުވާލަން ޖެހިދާނެ" ކަމަށެވެ. އަދި ރާއްޖޭގެ ޖުޑީޝަރީއަށް ބިރު ނުދެއްކުމަށް އޭނާ ވަނީ ޓްވީޓުގައި ގޮވާލާފައެވެ.

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އައިސްފައިވާ ކަމަށް ބުނެ މުސްތަފާ ޓްވީޓް ކުރެއްވިނަމަވެސް، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އިނގިރޭސިވިލާތުގެ "ރޯޔަލް އެއާފޯސް"ގެ ބޯޓެކެވެ. އެ ބޯޓުން ދަތުރުކުރީ ކިހައި އަދަދެއްގެ މީހުން ކަމެއް އެނގިފައު ނުވާއިރު، ރާއްޖެއަށް ބޯޓު އައީ އަސްކަރީ ހަރަކާތަކަށް ނޫންކަން އެނގިފައި ވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު ރާއްޖެއަށް އައިސްފައިވަނީ ތެޔޮ އެޅުމަށެވެ. މީގެ ކުރިންވެސް މިފަދަ ބޯޓުތައް ތެޔޮއެޅުމަށް ރާއްޖެއަށް އަންނައިރު، މިއަދު ރާއްޖެއަށް އައި ބޯޓު މިދިޔަ ހަފްތާގައިވެސް ތެޔޮ އެޅުމަށް ރާއްޖެއަށް އައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އައިސްފައިވާ ކަމަށް ބުނެ، ރައީސް ޔާމީނަށް އިންޒާރު ދެއްވާ މުސްތަފާ މިއަދު ޓްވީޓު ކުރެއްވިއިރު، އޭނާ ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ބެރުގެ އަސްކަރީ މަނަވަރުތަކާއި ޖެޓުތަކުގެ ފޮޓޯތައް ޓްވީޓާގައި ޢާންމުކޮށް އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙއހ

  ޙެހެހެ

 2. ސިމް

  އެއްކަލަ މީހާ ކޮސްގޮވާން އެފެށީ

 3. ސޯޕް ލައިޓް ބްރަދަރ

  މުސްތަފާ ކަލޭގެ ރަށުމީހުންނަށް ބިރުދައްކަބަލަ! ކަލޭތިޔަހުރީ ވެރިކަމައިގެން ހޭބަލިވެފަކަން މިހާރު އެބައެނގޭ!!

 4. ހުސޭނުބޭ

  އަނެއްކާ މުސްޠަފާބޭގެ އަމުރަށް ރައީސް ޔާމީނު ހައްޔަރުކުރަން އައި އެއްޗެއްތަ؟ ކެކެކެކެކެކެކެކެކެކެކެ

 5. ޢަބްދުﷲ

  ތެޔޮނާޅައި ނުދުއްވޭނެއެވެ.