ޔޫތު މިނިސްޓްރީން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ޔޫތް ޗެލެންޖް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވިގޮތުގައި، މި އަހަރުގެ ޗެލެންޖްގައި 800 އެއްހާ ވަޒީފާގެ ފުރުސަތު ހުރިއިރު، މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ސްޓޯލްތައް ބައިވެރިކުރި އަދި އެންމެ ގިނަ ޢަދަދަކަށް ޒުވާނުން ޒިޔާރަތްކުރި ޔޫތް ޗެލެންޖް ކަމަށެވެ.

ޔޫތް ޗެލެންޖަކީ ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި، ޒުވާނުންނަށް ހުރި ތައުލީމާއި ތަމްރީންތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތައް ދައްކާލާ، ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ލިބިގެންދާފަހި ފުރުޞަތެއް ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވިއިރު، މި އަހަރުވެސް އެކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ޒުވާނުންގެ ފަރާތުން ލިބިގެން ދިޔަކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ޔޫތް ޗެލެންޖް 2018ގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އެގޮތުން މި އަހަރުގެ ޔޫތް ޗެލެންޖަށް ޖުމްލަ 8000 އަށް ވުރެ ގިނަ ޒުވާނުން ޒިޔާރަތްކޮށްފައިވާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވިއެވެ.

މި "ޔޫތް ޗެލެންޖް" ގައި، އިންޓަރންޝިޕް، ވަޒީފާގެ ތަޖުރިބާ ހާސިލް ކުރުމުގެ ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގްރާމްތަކުގެ 900 ފުރުޞަތު ހުޅުވާލިއެވެ.