އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން، އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަނޑައަޅާފައިވާ ޖޮއިންޓް ސެކްރެޓަރީ ޑިނޭޝް ޕަނައިކް ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކެޓަރީ އަހުމަދު ހަލީލާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ފޮރިން މިނިސްޓްރީގައެވެ. މިއަދު މެންދުރު ފަހު އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިގެން ދިޔައީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި އެގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވެސް މިއަދުގެ ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ފޮރިން މިނިސްޓްރީގެ އެ ބަޔާނުގައި ބުނެފައިވާގޮތުގައި، ޑިނޭޝް ޕަނައިކް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި، ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފާއި ވެސް ބައްދަލުކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު