މައްކާއަށް ވުރެއް ޖަލުގައި ހޭދަކުރު ރޯދަމަސްތަށް މާ ހިތްހަމަ ޖެހޭ ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ތިން އަހަރު ޖަލުގައި ހޭދަކުރެއްވުމަށް ފަހު މިނިވަންވެވަޑައިގެން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން އަބްދުﷲ ވިދާޅުވީ ޖަލަށް ވަޑައިގެންނެވީ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަކީ އެމަނިކުފާނު ކުރަން ބޭނުން ކަންތަށް ކުރުމަށް ލިބުނު ދުވަސްތަކެއް ކަމަށާއި މައްކާއަށް ވުރެއް ޖަލުގައި ހޭދަކުރި ރޯދަމަސްތަށް މާ ހިތްހަމަ ޖެހޭ ކަމަށެވެ.
"ވަކިން ހާއްސަކޮށް އަޅުގަނޑުގެ ހިތަށް އަރާ.. ހަތަރު ރޯދަމަސް އައި އިރު ދެ ރޯދަމަސް ޖަލުގައި ހޭދަކުރެވުނީ. އަޅުގަނޑަކީ މަދީނާގައި ކިޔަވަން ހަތަރު އަހަރު އުޅުނު މީހެއް. ކޮންމެ ރޯދަމަހެއްގައި މައްކާއަށް އުމްރާއަށްވެސް ދެވޭ. އެކަމަކު ބައެއް ފަހަރަށް ހިތަށް އަރާ އަޅުގަނޑުގެ ޖަލުގެ ދެ ރޯދަމަސް އެއަށްވުރެއްވެސް ތަންކޮޅެއް ހިތްހަމަޖެހުން ބޮޑުވެގެން ދިޔައޭ އިނގޭތޯ" ޝައިހް އިމްރާން ވިދާޅުވިއެވެ.
އަދި ޖަލަށް ލުމުން ލިބުނު ގެއްލުމަށް ވުރެއް ލިބުނު ފައިދާ ބޮޑު ކަމަށް ޝައިހް އިމްރާން ވިދާޅުވިއެވެ. އަދި ޖަލުގައި ހޭދަކުރި ދުވަސްތަކަކީ ހަޔާތުގައި ނުލިބޭފަދަ ދުވަސްތަކެއް ކަމަށް ޝައިހް އިމްރާން ސިފަކުރެއްވިއެވެ.
"އަޅުގަނޑުގެ ހަޔާތުގައި ނުލިބޭފަދަ ތިން އަހަރު ކަމަށް އަޅުގަނޑަށް ބުނެވިދާނެ ޖަލުގައި އެ ހޭދަކުރެވުނު ދުވަސްތަކަކީ. އަޅުގަނޑު ބޭނުންވާ ކަންކަން ކުރުމަށް. އަޅުގަނޑު ސީދާ ބޭނުންވާ ކަންކަމަށް ހުސްވެގެން އަޅުގަނޑު މަސައްކަތް ކުރާކަމަށް އެހާ ފަހި ފުރުސަތެއް އަޅުގަނޑަކަށް ނުލިބޭ" ޝައިހް އިމްރާން ވިދާޅުވިއެވެ.
މިނިވަނެއްގެ ގޮތުގައި އުޅޭއިރު ވަގުތުތަށް ހޭދަވާ ގޮތުން ޖަލުގައި ހޭދަކުރި ދުވަސްތަކުގައި މާ މިނިވަންކަން ބޮޑޭ ހިތަށް އަރާކަމަށްވެސް ޝައިހް އިމްރާން ވަނީ ވިދާޅުވެފައެވެ.
"މިހެން ވަގުތުތަށް ދާން ފެށީމާ އަޅުގަނޑަށް ބައެއް ފަހަރު ހިތަށް އަރާ ޖަލުގައި މާ މިނިވަނޭ. ޖަލުގައި މިނިވަންކަން މާ ބޮޑޭ" ޝައިހް އިމްރާން ވިދާޅުވިއެވެ،
ޖަލުގައި މަދު ދުވަހަކު ނޫނީ ހަ ގަޑިއަރަށް ވުރެއް ގިނައިން ނުނިދާ ކަމަށާއި މަރުވުމަށް ފަހުގައިވެސް ފައިދާވާނެ ކަންތައްތަކެއް ޖަލުގައި ކުރެވިފައިވާ ކަމަށް ގަބޫލުފުޅު ކުރެވޭ ކަމަށް ޝައިހް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ފައިދާހުރި ކަންކަން ކުރަން ބޭނުން މީހެއް ނަމަ އެކަންކަން ކުރަން އެންމެ ރަނގަޅު އެއްތަނަކީ ޖަލު ކަމަށް ޝައިހް އިމްރާން ވިދާޅުވިއެވެ،.
އިމްރާން ވަޓް އިޒް ދިސްއަށް ތިވާހަކަ ތައް ކިޔައި ދެއްޗޭ ވަޓް އީޒް ދިސް އުޅުނީ ޖަލުގައި ކުރާނެ ކަމެއް ނެތިގެން.
ތިޔަބުނީ..... ދެން މައްކާ އަށް ނުދާށޭ ޖަލައް ދާށޭތަ.... ދެން އޮނަން ވީނުން އެތާ.... ތެޅި ފޮޅިގެން ނުކުތީ ޔޯ......
އެހެންވީމާ ކޮންމެ ރޯދަމަހަކު އޭނަ ޖަލަށްލާންފެނޭ.. ...
އިމްރާން މޭޑޭގައި ނެގި އެއްކުއްޖަކު އަދިވަނީ ޖަޅުގައި ކަން އެގިޅައްވަންތޯ ވަރަ ދެރަ ދެއްތޯ ވަރަށް އަވަހައް އިބާދު މިނިވަން ވާނެކަމަށް އުމްމީދުކުރަން ސަޅާމް
އިސްލާމް ދިނަށްވުރެ ޣައިރު ދީން މާ ހިތްހަމަ ޖެހޭއޭވެސް މިހާރު ބުނެފާނެ. ދުވަސްކޮޅަކުން ކުޅިވަރު ފެންނާނެ އިރާދަކުރެއްވިއްޔާ..!
މޮޔަގޮވަނީ ، މައްކާއަވުރެން ހިހަމަޖެހެޔޯ، ޖަލުގަ އޮވެރޯދަހިފަންވެސް، އާރައީސް ކާރިދައްނަވާގެން އަނެކާވެސްދޭ ޖަލައް، ހިހަމަ ޖައްސާލަން،
ކީއްވެ ޖަލުންނިކުތީ މައްކާއަށް ވުރެ ހިތްހަމަޖެހޭނަމަ އޮންނަންވާނީ ޖަލުގަ.
ތިވަދެވުނީ ޖަލަކަށް ނޫން މޫނު ބަނދެގެން ގެން ގޮސް މުލިޔާގެ ވީއައިޕީ ރޫމަކަށް ވެއްދީތޯއްޗެ.
މަނިކުފާނު ނޫނީ ޖަލުގެ އަނިޔާވެރިކަން އުފަލެއް ކަމުގައި ދެކުނު ގަޅިފުޅަކު ނުދެކެން.
އެހެންވީމާ އަލުން ޖަލަށް ވަޑައިގަންނަވާ. ކީއްކުރަންތޯ ރައްޔިތުންނަށް އުނދަގޫ ކުރަން މަގުމައްޗަށް ނިކުންނަވަނީ؟ ޖަލުގަ ހުންނަވައިގެން ލިބޭ މިނިވަންކަމާ ހިތްހަމަޖެހުން މާ ބޮޑު ކަމަށް ވަންޏާ އަނިޔާއޭ ކިޔައިގެން މިއޮތް ހުރިހާ ދުވަހު ދެއްކެވީ ކޮން ވާހަކަތަކެއްތޯ؟ ތިޔަ ދައްކަވާ ވާހަކަ ވަރަށް ހަމަ ނުޖެހޭ އިނގޭތޯ!
ދެންކީވެޖަލުންނުކިޔަވާމަދީނާއިންކިޔެވީ؟؟؟
ކަލެޔައްއިގޭތަތިކިޔޭެެއްޗެއްތީކޮންކަހަލަދީންވެރިއެއް؟
ތީނީރާއްޖެޓީވީއައްއެރިފާ އެހެންވީމާކިޔޭނުކިޔޭއެއް
ނޭގޭނެ؟ އެހެންވާނީވެސް މުނާފިގުންނާއެކުއުޅޭނީ
ވެސްމުނާފިގުންމީމަދައްކާވާހަކައެއްނޫންމޯހަމަތިބޭ
ފުޅާއާދީމްވެރިމައުމޫނާދައްކާފަހުރިވާހަކަތައް
ރިކޯޑިންބަލާލީމާއިގޭނެހަގީގަތް ލަދުނުގައްނަބައެއް
މަހިތައްއަރާކީކުރަންބާއޭކަލޭމެންގަމޯހާފަޓުލޫނުލަނީ
ނިވާކުރަންހޭނުވަތަރީތްޗަކައްހޭ؟
ޢޭ މިހިރަ ބީތާ އާ މައްކާ އަކީ މާތްﷲ މާތް ކުރައްވާ ފައިވާ ބިމެއް އެބިންމައް ވުރެ ރަގަޅެއް ނު ވާނެ އެހެން ތަނެއް
އަނެއްކާ ބޮޑުބުނަމުންގޮސް ކުފުރު ނުވައްޗޭ ސޭކު ޢިމްރާނާ. ކަލޭ މައްކާ މަދީނާ ގަ ތެޅި އެރުވިގޮތް އަހަރެންގެ ހަމަލޮލުން 2002 ވަނަ އަހަރު ދުށިން. ކަލޭމެނަށް އަތަމާ ޢަބްދުއްލަޠީފް އަންގަވާފަ އޮތީ ޙާޖީންނަށް ދީނީ ކަންކަން އޮޅުންފިލުވައިދޭން ގްރޫޕްގެ ފަރާތުން ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ހުންނަވާނޭ ދިވެހި ކިޔަވާކުދިން ޙާޖީންނަށް ފަތުވާ ނުދެއްޗޭ ތިކުދިން ކޮށްދޭންވީ ކަމަކީ ބަސްދަތުރުތަކުގަ އެހީތެރިވެދޭނިއްޔޭ. އެކަމަކު އެއަމުރާ ޚިލާފަށް ކަލޭ އެތަނުގަވެސް ގްރޫޕްގެ ވެރިޔާގެ އަމުރާޚިލާފަށް ޢުހްދުގަ އާއި ޚަންދަޤް ކޮނުނު ހިސާބުގައި ޙާޖީންނަށް އޮޅުންއަރާފަދަ ފަތުވާދީގެން ޢަބްދުއްލަޠީފް އަރިހުގައި ޙާޖީންވަނީ ޝަކްވާކުރަން ޖެހިފައި. އެތަނުގަވެސް މަމޮޅުވެގެން ކަލޭ ތެޅިއެރުވިގޮތް އަހަރެން މިހުރީ ދެކެފައި. އެހެންވީމައާއި މައްކާއަށްވުރެ އެހެން ތަންތަނުގަ ހިތްހަމަޖެހޭ ވާހަކަބުނެ ކުރި ހެޔޮކަންތައް އިޝްތިހާރު ކުރަންފެށީމަ މިބުނީ އަނެއްކާ ކުފުރު ނުވައްޗޭ.
އަޅުގަނޑުވެސް 4 މަހެއްހާދުވަހު ޖަލުގަ އޮތިން އިމްރާނުގެ ވާހަކައަށް 100% ތާއިދު ނަމަވެސް ދެރަކަމަކީ ޖަލުގަ އޮންނެވި އިރު ޢާއިލާގެ ބޭފުޅުންނާއި ވަކީލުންމެދުވެރިކޮށް ދައްކަނީ ޖަލުގެއަނިޔާވެރިކަމުގެ ވާހަކަ މިއަދު ސަރުކާރު ބަދަލުވުމުން އެހެންގޮތަކަށް ބަދަލުވެއްޖެ
ބަލަ ދެއިރުދެދަޅައަށް ވާހަކަބަދަލުވީމާ މިހާރު ޝޭޚުންނޭ ކިޔޭނީވެސް. ކުރީގަބުނީހިތްދަތިވޭންދެނިވި ހާލުގައުޅުނުތަނެކޭ އެޖަލަކީ. މިހާރު އެޖަލަކީ މައްކާއަކަށްވީމަ ދެންތިޔަވީ އަފުރެމެންވެސް ތިތަނަށް ދެވޭތޯބަލަން.
ކޮންމެ ކުއްޖަކުވެސް ސުކޫލް ނިންމާފަ 4 އަހަރު ޖަލުގަ ހޭދަ ކުރަން މަޖުބޫރު ކުރާ ޤާނޫނެއް ފާސްކުރަން ފެނޭ.
ދެންކޮން އަނިޔާއެއްގެ ވާހަކައެއްތަ މިދަތްކަނީ. ހުކުމުގެ ބާކީބައި ޖަލުގަހޭދަ ކުރަންއަވަހަށްދާން ފެނޭ. އާޚިރަތައް މަސައްކަތްކުރަން އެންމެރަންގަޅީ ޖަލުކަމަށް ވާނަމަތިޔަލިބިފަ ތިއޮތީހާދަބޮޑު ނިއުމަތެކޭ. ވަގުތުނަގާނުލާ.
އެއީ ރައީސްޔާމީނު ވެރިކަމުގަ ރާއްޖޭގެ ޖަލުތަކުގެ ފުރިހަމަކަމުންތާ...
އިމްރާނުމެންފަދަ ސިޔަސީ ހުދުފޮތިގައިގަ އަޅައިގެން ޖަލައް ވަދައިގަތީމަ އިމްރާނައް ހުންނާނީ ސުވަރުގެފަދަ ގަނޑުވަރުފަދަތަންތަން އެހެންވީމަ އިމްރާނުމެނައް އިހުސަސްނުކުރެވޭނެ އެއީޖަލުކަމެއް ނިކަމެތިން އުޅޭހާލެއް ނުވިސްނޭނެ އެހެންވީމަކޮއްކޮއެއް ވެސް ލިބުނީ
މީނާ އަލުން ޖަލަށް ލައިދިނުމަށް އެ އެދެނީ! އަވަހަށް ފޮނުވާލާ ޖަލަށް! އެބުނާހެން. އޭރުން އަނބި ދަރިންގެ ބުރައެއް އުފުލާކަށް ނުޖެހޭ! ދިރިއުޅުމުގެ އެއްވެސް ކަމަކާ ފިކުރު ކުރާކަށެއް ނުޖެހޭ! ސަޕޯރޓަރުން ތިމާގެ އަނބިދަރިންގެ ހުރިހާ ޚަރަދު ބަރަދެއް ބަލަހައްޓައިދޭ! ކިހާ ފަސޭހަ ދޯ! އަވަހަށް އޭނާ ފޮނުވައިދީ! އާދޭސް!
ދެން ކީއްވެތޯ ޖަލުން ނނިކުމެވިގެން ތިހާވަރަށްތި އުޅުއްވީ
ސޭހުންނައް ސޭކުން ކިޔެނީ މިހެންވެ ބުނެފޭ އަދިކިޔާފާނެ ކޮއްމެއެއްޗެކޭވެސް ޖަލާ މާތްވެގެންވާ މައްކާއާހަމަކޮއްވާ ހަކައެފެއްކީ އެކަމާކު އަނިޔާވެރިކަން ކިހިނެއް ޤަބޫލުކުރާނީ
ﷲ އަށް ހަމްދުކުރަން ނަބިއްޔާ އައް ސަލަވާތްކިޔަން! ޝޭޙް އިމްރާން އަބުދުﷲ އައް ދިގު އުމުރުފުޅެއް ﷲ ސުބުހާނަހޫ ވަތައާލާ ލަހައްޓަވާށި އާމީން.
މަނިކުފާނު ތިއީބޮޑުވަރު މައްކާއާ ކަމެއްގައެއްވަރުވީމާ ސުވާލުއުފެދޭ ގިނަކަންތައްތައް އެބަހުރި......
ތިބުނުއްވަނީ މައްކާއަށް ނުގޮސް ޖަލަށް ދާށޭތަ..؟؟ މައްކާ މަދީނާއަށް ވުރެ ހިންހަމަ ޖެހޭ ތަނެއް މިދުނިޔެ މަތީގައި ވާކަމަށް ގަބޫލެއް ނުކުރަން.. އެއީ މާތް ރަސޫލާގެ އުފަން ރަށާއި އުޅުއްވި ތަން
ބަސް ބުނުމަށް ފަހު އެބުނެވޭ ބަހާ މެދު ފުންކޮށް ވިސްނާލައްވާށެވެ. ބަސް މަދު ކުރާށެވެ. ޢަމަލު ގިނަ ކުރާށެވެ. ބޭކާރު ވާހަކަ ދެއްކި ވަރަކަށް ތިމާގެ އަގު ދާނީ ވެެއްޔާ މޮޑެވެމުންނެވެ.
ކާލިގަނޑަށް އަރާ ފޮނިބުރުއްސިޔަސް ތިޔައީ ބާޣީ އެއް އިގޭތޯ؟
ކޮންއެއްޗެކޭތޯ ދެން މިކިޔަނީ އެއްފަހަރު ބުނާނެ އަނިޔާއޭ. އަނެއްފަހަރަު ބުނާނެ މާހިންހަމަޖެހޭ، މާ މިނިވަނޭ . މި ދުނިޔޭގައިވާ އެންމެ ހުރުމަތް ލިބިގެންވާ މާތް ބިމުގައި އަޅުަކަން ކުރަން ހުރުމަށްވުރެ މާ ހިިންމަހަޖެހޭ، އާޚިރަތައް އެންމެ ފައިދާ ބޮޑުވާނެ ކަންކަން ކުރެވުނީ ޖަލުގައި ހުރި ދުވަސްތަކުގައޭ. އިމްރާނަކީ އެކި ދުވަހަކު އެކިގޮތައް ވާހަކަދައްކާ ބޭފުޅެއް. އަޅުގަޑުމެން މި ދުނިޔޭގައި ކުރަން އޮތް މަސައްކަތަކީ އާޚިރަައް މަގުފަހިކުރުމެއް ނޯންތޯ.
ސުބްޙާނަﷲ!ޢިމްރާނު ތިވިދާޅުވަނީ ޢިމްރާނަކީ ވަލީވެރިއެކޭތޯ؟ނުވަތަ ޢިމްރާނު ޖަލުގައި އޮތީމާ މާތްﷲ ޙުރުމަތްތެރިކުރިއްވި މައްކާއަށްވެރެ ޖަލުމާތްވި ވާހަކަތޯ؟ދުނިޔެ ރަންވިޔަސް ބޯހަމަޖެހޭ މީހުން ދައްކާ ޛާތުގެވާހަކައެއް ނޫން ތިޔައީ؟ކޯޅިޝަން ސަރުކާރުގެ އެޑްވައިޒަރު އަދި މެލޭޝިއާގެ އެމްބެސެޑަރ ވާން ބޭނުންވާ މީހަކު އަމުދުން ދައްކަން ހެޔޮވެގެންވާ ވާހަކަ ތަކެއް ނޫން...
އެހެންވީމަ ސޭކް އިމްރާން އިސްލާމީ މިނިސްޓަރުކަމަށް އައިސްފަ ޖަލުގައި އަޅުކަން ކުރުމަށް ޕެކޭޖުތަކެއެއް ތަޢާރަފް ކުރަންވީނުންތޯ...
ޕުރޮޕޯސަލް ހުޅުވާލާ އަވަހަށް..
ނަސީބެއްނުން ސުވަރުއައްވުރެވެސް ރަގަޅު ތަނެކޭ ޖަލުމީ އޮންނަން! ހިތައްއެރި އެއްޗެއްވިއްޔާ ލިބޭވިއްޔަ ދޯ އަތުންފައިން އެއްކަމެއްނުކޮއް ހުއްޓަސް!
މައްކާ މަދީނާއަށް ވުރެ ހިތް ހަމަޖެހޭނީ ހާދަ ހިތްހަމަ ޖެހުނީމައޭދޯ
މައްކާ މަދީނާއަކީ ރަސޫލާ ސއވ އެންމެ ލޯބިވާ ބިން ދެން އެހެންވީއިރު އެބިމަށް ވުރެ ޖަލު މާތްވެފަ މޮޅުވާނެ ގޮތެއްބުނެދީފާނަންތޯ
ކުށެށްނެތި ނޫން ކަލޭ ޖަލަށްލީކީ ވަރަށް ހަނދާން ބަލިކަމަށް ފާހަގަ ކުރެވޭ، ކަލޭ ހަނދާން އެބަހުރިތަ އަންނިއޭ ކިޔައިގެން ދެއްކިވާހަކަތަށް ހަނދާންނެތީޔާ ޔޫޓިއުބުގަ އެބަހުރި ބަލާބަލަ ކީކޭތޯ ކިއުނީ
މީނާ ރަމްލޯނުމަހު ގިނައިންހުންނެވީ ގޭގަ ބަންދުގަ ކޮންމެރޯދަމަހަކުވެސް ގެއަށް ބަދަލުކޮށް ދެއްވި ،،އިމްރާނު ވެސް ކނ. ނާޒިމުވެސް ވަރަށް ހެޔޮކޮށް ޔާމީނު ކަންތަށްކޮށްދެއވި. އެކަމް މިމީހުންގެ ޖައްބާރުކަމުން އަބަދުދެއްކީ އަނިޔާގެ ވާހަކަ. އެހެންވީމަ ޒަމްޒަމްފެނަށްވުރެ ވަޅުފެން ،، އިންސާނުންނަށްވުރެ ޖަނަވާރު މާރަގަޅުތާ!
މައްކާގައި ހުންނެވިއިރު އަޅުކަންކުރިވަރަށްވުރެ ގިނައިން ޖަލުގައި އަޅުކަންކުރާނެ ވަގުތު ލިބޭނެ. ނަމަވެސް ސަވާބުގެ ގޮތުން އެއްވަރުވެގެން ނުވާނެކަން ކަށަވަރު. ވީއިރު މައްކާއަށްވުރެ ޖަލު ރަނގަޅޭ ބުނުމަކީ ހަމަޖެހޭކަމެއްނޫން. ދީނީ އަދި ދުނިޔަވީގޮތުން ކިޔަވާފައިތިބިކަމަށް ބުނެވޭ މީހުންވެސް ސިޔާސީ ގޮތުންދައްކަވާ ގިނަވާހަކަތަކަކީ ޤަބޫލުކުރުމުގެކުރިން އަމިއްލަ ބުއްދިން ވިސްނާފައި ޤަބޫލުކުރަންޖެހޭކަންކަން. ވާހަކަ ދައްކާމީހަކީ ކިތަންމެ ފުންނާބުއުސް މީހަކަށްވިޔަސް އެމީހާ ދައްކާވާހަކަ ބައެއްފަހަރު ޖާހިލެއްގެ ވާހަކަޔާއި އެއްފަދަ ވެދާނެ.
މިހިރަ ސޭކާ؟ ކަލޭ ކޮންއިރަކު ޖަލުގަ ހުރީ. ގިނަދުވަހު ހުރީ ގޭގަ. ކަލެއަށް ހީވަނީ އެހެނެމީހަކަށް ކަލޭގެ އުޅުނުގޮތް ނޭނގޭނެލަމަށްތާ؟ ތީ ދީނީ ސޭޚޭއްނޫން. އެކަހަލަމީހުން ތިފާޑަކަށް ހަރުކަށިކޮށެއް ހިތައްއެރިހާ އެއްޗެއް ނުކިޔާނެ. ތީ މުނާފުގުންގެ ވައްތަރުގެ މީހެއް.
ކަލޭ ތިހެންބުނެގެން ގައިމު މަ ހައިރާނެއް ނުވަން
މައްކާ މަދީނާ އިން ކިޔަވައިގެން އައިސް ސޭހެއް ގެ ދަރަޖައިގަ ހުއްޓަ ފަހަރި ސުޓޯރީ އިވުނީމަ އެންގިއްޖެ ކަލޭ މައްކާމަދީނާ ތެރޭގަވެސް ނައިޓް ކުލަބު ހޯދަން ތެޅުނުކަން
އިމްރާނުމެން އެކަމަކު ކުރިން ދެއްކީ ޔާމީނުގެ އަނިޔާވެރިކަމުގެ ވާހަކަ މިހާރު ތިޔަބުނީ މާތްވެގެންވާ މައްކާއަށްގޮސް މާﷲއަށްޓަކައި ރޯދަމަހު ޢުމްރާއެއް ކުރުމަށްވުރެވެސް ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި މާބޮޑަށްވެސް ހިތް ހަމަޖެހުނު ވާހަކަ! ޖަލަށް ދިޔަ އެއްވެސް މީހަކު މިހާތަނަށް ޖަޖުގެ އަނިޔާވެރިކަމުގެ ވާހަކައެއް ބުނެފައި ނެތް! އެހެންކަމަށްވާނަމަ ޖަލުގައި ޔާމީނު އަނިޔާކުރިޔޭކިޔައިގެން މި ދައްކާ ވާހަކަތަކާއިމެދު އެވާހަކަ ދައްކާމީހުންނާ ދެކޮޅަށް އަބުރުގެ ދަޢުވާ ޔާމީނުކުރެއްވުމަށް އަހުރެން ގޮވާލަން.
ޙަދީޘް:"މަސްޖިދުލްޙަރާމްގައި ކުރާނަމާދު އެހެންތަނެއްގައި ކުރާނަމާދަށްވުރެ ސަތޭކަހާސް ގުނަ މޮޅުއިތުރުވެގެން ވެއެވެ." މިއަށްވުރެ ޖަލުގައި ކުރެވޭ އަޅުކަންތައް ރަނގަޅުކަމަށް ފެންނަމީހެއްގެ ނިޔަތާމެދު ސުވާލުއުފެދޭ!! އަދި ދެއްކިވާހަކައިން "ދެއްކުންތެރިކަން" ވަރަށްބޮޑަށް ހާމަވެ ޖަލުގައި ތިޔަކުރި ޘަވާބުގެ މިންވަރު މަދު ނަމާދުކޮޅު މިހާރު ބޭކާރު ވެދާނެ ކަމުގެ ބިރު ހީވާފަދަ ވާހަކަތަކެއް ކަމަށް ފެންނަނީ!!
މާތްﷲ ހުރުމަތް ތެރި ކުރެއްވި އެމާތް ބިމަށްވުރެން ޖަލުމާރަގަޅޭތޯ؟ބޯހަލާކު،އަމިއްލަ ..........ފައިން އެރޭ އިރުވެސް ނޭގޭތޯ؟
އިބިލީސް ކަސްތޮޅު އެޅުވޭ އުސޫލު ?؟
ސުބުހާނަﷲ، ބަސްހުއްޓިއްޖެ
ތިހިރީ ޝޭޚުން ދައްކާވާހަކަ. ދެން މައްކާއަށްވުރެ ހިތްހަމަޖެހޭ ކަމަށް ތިބުނީ މީހާގެ އީމާންކަން ބަލިކަށިވީމަދޯ؟ އެއީ ރަސޫްލ ސައްލަﷲ އަލައިހި ވަސައްލަމް ބޮޑުފުޅުވި ރަށް. އެކަލޭގެފާނުގެ ފައިންޕުޅު ބީހުނު ބިމަކަށް ދެވުނަސް މިތިބެނީ އުފަލުން އަހަރުމެން. އެހެންވީމާ އިމްރާނަށް މައްކާގެ ބިމަށްވުރެ ސިޔާސީ ކަނތއް މުހިއްމުވެއްޖެ. މުނާސަބަތު ފާހަގަ ކުރަން ކޭކު ފެޅުން މިހާރު ހުއްދަވެއްޖެ. ނަސީބެއް މަޖީދު ނެތްކަން .ކީކޭކިޔާނެކަމެއއްވެސް ނޭގެ. ﷲ އެއްވެސް ކަމެއް ނުހިންމަވާނެ ދެރަކޮށެއް. އަލްހަމްދު ލިﷲ.
އެހެންވީމާ ކަލެއައް މިބިންމަތީގައިވާ އެއްމެ މުގައްދަސް ބިން ކަމުގައިވާ މައްކާއަށްވުރެ ޖަލު ރަގަޅޭ ތިބުނީ ހަމަހޭގައި ހުރެގެންތޯ ސުވާލްކޮއްލަން ބޭނުން އިމްރާނޫ ކަލޭ އވަހައް ތައުބާވުންމައް ނަސޭހަތްތެރިވަން.
މި ދުނިޔެމަތީވާ އެންމެ މާތް މުޤައްދަސް ބިމަކީ މައްކާ ކަމަށް އެންމެ ކުޅަދުންވަންތަ ކަލާނގެ ވަނީ އަންގަވާފަ. އިމްރާން މެން ފަދަ ޢިލްމުވެރިން މިހެން ބުނުމުން ހައިރާންވަން
ދެން ކީއްކުރަން ތި މިނިވަންވީ...އަލުން ދޭ ޖަލަށް...މަވެސް އެބަ ބަލަން ޖަލުން ރޫމް އެއް ބުކް ކޮށްލެވޭތޯ...
މިތާ ކޮމެންޓް ކުރާ ގިނަމީހުނަކަށް ނޭގޭނެ އިމްރާން އެ ބުނާ ވާހަކަ. އަހަރެންނަކީ އިމްރާންގެ ސަޕޯޓަރެއް ނޫން. ޢޭނަ ފިތުނަ އުފެދޭގޮތައް އެބަހުރި ވާހަކަ ދައްކާފަ. އެކަމަކު ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ. ފަހަރެގައި ވެދާނެ ނަސީބު ހުރިގޮތުން ތައުބާވާން ލިބުނު ފުރުސަތެއް ކަމަށް.
ތިބުނީ ތައުބާވާން ޓައިމް/ފުރުސަތު ނުލިބެޔޭ މިނިވަންކަމުގަ އުޅުއްވާއިރު؟ ދެން އެންމެން މަރުވުމުގެ ކުރިން އެއްފަހަރުނަމަވެސް ޖަލަށްވަދެލަންވީ ޑިސްޓާރބް ކުރާނެބަޔަކުނެތި ތައުބާ ނަމާދުކޮއްލާ ސީރއަސް އަޅުކަމެއްކޮއްލަންދޯ. ދެރަވެއްޖެ!
ސުކުރިއްޔާ ރައީސް ޔާމީން . ޢިމްރާނައް ތި ދިން ފަހި ފުރުސަތުތަކައް
އަދި ކިރިޔާ މިފެށުނީ ސޫލާ ސަރުބަތު ތައްޓެއް ބޮވުނީމާ އަދި މާރަގަޅުވާނެ
ޢެކަމް ޖަލުގަ ތިބޭއިރު އެވަރުގެ އަނިޔާވެރި ތަނެއް ނޯވެ، މިހާރު ތިބުނަނީ މައްކާ މަދީނާ އަށްވުރެ ޖަލު ރަގަޅު ކަމަށް... ކަލޭމެން ދައްކާވާހަކަ އޮޅުމެއްނުފިލަ.. ސިޔާސީ ވިޔަސް ތެދުބަހުން ވާހަކަ ދެއްކުން ރަގަޅުވާނެ
ޕިސް ޕިސް
ބޮޑު މޮޔަ ގަޑެއް.....ޙާހިރަތް މިއީ އޮތް އެއްޗެއް ކަންވެސް ނޭގޭ އާލާތެއް...
އެހެންވީމާ ކޮންމެ އަހަރަކު ރޯދަމަހު ޖަލަށް ދާންވީނު.
ސިކުޑީގެ ޓެސްޓެއް ހަދަން ފެނޭ
މި ލިޔުމަށް ކޮމެންޓް ކޮށްފައި މިތިބަ މީހުންނަށް މާތް ﷲ ހެޔޮ ވިސްނުން ދެއްވާށި! އީމާނުގެ އަހުލުންނަށް ޖަލަކީވެސް ސުވަރުގެއަކަށް ވެދާނެ. އޭގެ މާނައާއިމެދު ފުންކޮށް ވިސްނުން ހިންގުމާއެކު ސޫރަތުއް ޔޫޞުފު ކިޔަވާލާ ޖަލުގަ އިނދެގެން. އޭރުން ޢިމްރާން އެ ވިދާޅުވާ އެއްޗެއް ފަހުމުވެދާނެ ތޯއްޗެ
ރަގަޅު ވާހަކައެއް! އެކަމަކު ފަސާދައިގެ އަހުލުވެރިންނަށް މައްކާއަށްވުރެ ޖަލު ރަގަޅުވާނެ! ޔޫސުފްގެފާނަށް ޖަލު ރަގަޅުވީ އެކަލޭގެފާނުގެ މައްޗަށް އޮތް ނުލަފާ ފިތުނައަކުން ސަލާމަތްވާން! އެކަމަށް އެކަލޭގެފާނު ދުޢާކުރެއްވި! މިކަލޭގެ ޖަލަށް ލާންޖެހުނީ އެހެން މީހުންނަށް ސަލާމަތްނުވެވޭވަރަށް ފިތުނަ އުފައްދާތީ! ގެންދަންޖެހުނީ ގަދަކަމުން އަތުލަފިކޮށްގެން! އަޚާއަށް އީމާންތެރިކަމާއި މުނާފިގުކަމުގެ ފަރަޤު ނޭގުނީތީވެ ހިތާމަކުރަން!
ތިން އަހަރު ޖަލުގައި ހޭދަކުރެއްވުމަށް ފަހު މިނިވަންވެވަޑައިގެން ރާއްޖެ ޓީވީގެ ފަލަސުރުހީ ..... ކޮން އިރަކު 3 އަހަރު ޖަލުގައި ހުރީ. ޖަލުގައި 1 ދުވަސް ވިއްޔާ އަނެއް 20 ދުވަސް ގޭގައި.
ﷲ މާތްކުރެއްވި މައްކާ އަށްވުރެ ޖަލު ރަނގަޅުވީއޭ! ސުބުޙާނަﷲ! މިއީ ކޮންފަދަ ނުބައި މުނާފިޤެއް..
އަޅުކަމާއިގެން ގިނަވަޤުތު އުޅެވުނީ ކަމަށް ފާހަގަ ކުރެވެނީ
މި ކަހަލަ މުނާފިގުންގެ އަމަލުތައް ފެންނަން އެހެރީ. ކުރި އަމަލެއް ބޭކާރެއްނު.ނިކުތުމާ އެކު ބޮޑު ކާފަރުގެ އަތާ އަތް ގުޅާލީ..ވަރަށް ސަވާބު ލިބޭނެ.
މީނާގެ މިއްލަތަށް ތަބާވާ މީހަކަށްވިއްޔާ ހިޔެއްނުވޭ ހައްޖުވާން މައްކާއަށް ދާންޖެހޭނެހެނެއްވެސް! ހައްޖުމަހާ ދިމާކޮށް ޖަލަށް ވަނީމާ އޯކޭވާނެ!
މިކަލޭގެ މުރުތައްދުވާއިރުވެސް ނޭންގޭދޯ
މިފަދަ މީހުންނަށް ދީނީ ޢިލްމުވެރިންނޭ މި ކިޔަނީ، ބަލަގަ މީނަ އަށް ނޭންގޭތަ މައްކާގެ މަސްޖިދުލް ޙަރާމްގައި ކުރާނަމާދު ޖަލުގެ ކުޑަގޮޅީގަ ކުރާ ނަމާދަށްވުރެން އެތައްގުނައެއް މަތިވެރިކަމެއް، ނުސީދާކޮށް އެ ބުނެވެނީ މަސްޖިދުލް ޙަރާމް އަށްވުރެން ޖަލުގެ ކުދަގޮޅި ރަނގަޅޭދޯ، ރޯދަމަހަކީ އަޅުކަމުގެ މައްސަރު، މިސްކިތަކީ މީސްތަކުން ގިނައިރު އަޅުކަންކުރަން ބޭނުންކުރާތަން..
ނަމުން މޮޅު އެދުރަކަށް ވީތީ ސިޔާސީ މީހަކަށްވީތީ
ކިޔޭ ނުކިޔޭ ނޭނގޭތީ ޝައިހް އިމްރާން ކަމަށް ވީތީ
ދެދުވަހު އެކައްޗެއް ނުކިޔޭތީ ބާލާވެރިކަމެއްފާވީތީ
ތިމާވަރު މީހަކު ނުތިބޭތީ މިއޮށްތީވާޝައިހްއަކަށްވީތީ
ޔާމީނު ގާނޫނީ ގޮތުން އިމްރާން އާއި ދޭތެރޭ ކަންތައްތައްކުރީ އެހެންވީމަ ވަރަށް ރަގަޅަށް ކަމަށް ބެލެވޭ.
ޢެއީ ތެދަކަށް ވުން އެކަށީގެންވޭ ދަތި ހާލުގައި އަނިޔާ ލިބެމުންދާއިރު ﷲ ގެ މަތިން ބޮޑަށް ހަނދުމަކުރެވޭނެ އަހަރެމެން ވެސް ދެރަކަމެއް ހިތާމައެއްޖެހުނީމަ ބޮޑަށް ﷲމަތިން ހަނދުމަކޮއް ގިނައިން ދުޢާ ދަންނަވަން
ޢަވަހަށް ސައިކިއަޓްރިސްޓަކަށް ދައްކާ. މާގިނަދުވަހު އެތާބައިންދާލީމަ މޮޔަގޮވަނީ
ދެން ކީއްވެޔޯ ޖަލުގަ ނޯތީ
ކުރިން ބުނި އަނިޔާވެރި ވެރި އެކޭ. މާރަގަޅެއް ނު. އަނިޔާވެރިއެއް ނުވޭތާ މީނާ އަކަށް. އަވަހަށް ޖަލަށްދޭ
މީގެ ފަހުން ސައުދީއަށް މީހުން ފޮނުވުމުގެ ބަދަލުގައި ޖަލަށް އެންމެން ފޮނުވަން ހައްޖު ގްރޫޕުތަކްށް ލަފާއަރުވަން.
ސުބުހާﷲ ! މިތިބީ މިބުނާ މޮޅު ސޭކުންގެ ވަރު ، މައްކާ އަށް ވުރެ ވަކި ހިން ހަމަ ޖެހޭ ތަނެއް އިސްލާމަކަށް އޮވެގެން ނުވާނެ، ވިސްނާލަ ބައްލަވާ ! އެއްވެސް އީމާންތެރިކަމެއް މި ސޭކު ގައިގައި އެބަހުރިތަ
އަޅުގަނޑަށް ވިސްނެނީ ޝެއިޚް އަށް ގުރުއާން އެއްކޮށް ހިތުދަސްވީހެން. އަލްޙަމްދުﷲ.
އެބުނީ މައްކާގެ އެ ޙުރުމަތްތެރިވެގެންވާ ބިމުގައި ކުރެވުނީ ފާފައޭދޯ؟ ކިހާ ދެރަކަމެއް. ތިމާ ދައްކާ ވާހަކަ އެހެންމީހުންގެ ވިސނުމުގައި އެނބުރިދާނެ ގޮތަކާމެދު ސޭޚު ވިސްނާ ނުލެއއްވީ ކީއްވެ؟ ޙައްޖާއި ޢުމުރާ ޖަލުގައި ހޭދަކުރުމާ ގުޅުވައިގެން ތިޔަ ވާހަކަ ދެއްކީ. ފާފައެއް ކުރެވުމުން އެކަން ﷲ ސިއްރު ކުރެއްވީމަ އަމިއްލައަކަށް ތިޔަ ފާޅުކުރަނީދޯ؟ ހީހީ ހަލާކު ކަލޭގެ ވިސްނުން ހުރީ ދޮވެފަދޯ؟ މިއީ މަގޭ ހިތަށް ވެރިވި އިޙްސާސް ވަރަށް ސަލާމް ސޭޚް ޢިމްރާނު
މައްކާއާއި ޖަލާ ހަމަހަމަކުރީދޯ ގަމާރުވިޔަސް ތިޔައީ ބޮޑުވަރު.
ދީނީ ވާހަކަތަކަށް ވުރެ ނަސީދުގެ ލާދީނީ ވާހަކަ މިހާރު މާތަނގަޅު ދޯ ؟
ބޮޑުބުނެގެން ގޮަސް ކުފުރުވާއިރުވެސް ދެން ނޭނގޭނެ އެހެންނުވާނި މިހާރު ދީނަށް ފުރައްސާރަ ކުރާ ބައިގަނޑާ ގުޅިފަ ވިއްޔާ އެހުރީ
ދެންކޮބާ ޔާމީނު ކުރި އަނިޔާ އަކީ؟
އަނިޔާއޭ ކިޔައިގެން ހެދި ދޮގު ވާހަކަތަކުގެ ސަބަބުން ހުރިހާ އަނިޔާއެއް ލިބުނީ ޔާމީން އަށް؟
ކޮަބައިތަ މައްސަލައަކީ ، މައްކާ މާތް ވުމަކީ އެތަނުގައި އުޅޭ އެންމެން ނޫނީ ދާއެންމެން ހިތްހަމަ ޖެހެންޖެހޭކަމެއް ނޫން. ފަހަރިބެ ތެދަށް އެއްޗެއް ބުނީމަ ޙަޖަމު ނުވެގެން ތި އުޅެނީ .
ޛަލަށް ބަންނަހިތުން އަމެއް ބަގާވާޔް ކުރައްވަނީތޯ
އެހެންވީރު ދެން ކަލޭ ތިތާ ކީއްތަ ތިކުރަނީ.. އަލުން އަމިއްލައަށް ޖަލައް ދާންވީނު... އެކަމަކު ޖަލުން ސަލާމްތް ނުނެވިގެން ހޭރުނު ތަން އަހަރެމެން ރައްޔިތުން ދުށީމު.. ދެން ގައްޑާވިޔަސް ތިއީ ތަންކޮޅެއް ބޮޑުވަރު...
ޝައިޚްއެވެ. މާތްވެގެންވާ މައްކާއަކީ މިބިންމަތީގައި މާތްﷲ ލައްވާފައިވާ އެންމެ މާތް ބިމެވެ. އަދި އެބިމުން ފާޅުކުރެއްވި މާތް ނަބިއްޔާ ޞޢޥ އަކީ މުޅި ޢާލަމްތަކަށް މާތްﷲ ފޮނުއްވި ރަޙްމަތެވެ. އަދި އެމާތް ނަބިއްޔާގެ ހިޖުރައިގެރޭ މައްކާއާއި މުޚާޠަބުކުރައްވައި ވިދާޅުވީ ތިބާއަކީ ބިންތަކުގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ލޯބިވާ ބިންކަމުގައެވެ. އެހެންވީއިރުވެސް ތުޔަ ވިދާޅުވީ ޖަލު މާރަނގަޅު ކަމަށާައި މައްކާއަށްވުރެ ހިތްހަމަޖެހުން ބޮޑުކަމަށެވެ. ތިވާހަކަފުޅާމެދު އަޅުގަނޑު ހަމަ އަޖާއިބުވެ އަންތަރީސް ވެއްޖެއެވެ. ހަމަ ގައިމުވެސް އަޅުގަނޑު އެންމެ ލޯބިވާ އަދި އެންމެ ދާހިތްވާ ބިމަކީވެސް އަދި ހިތްހަމަޖެހުން ލިބޭ ބިމަކީވެސް މައްކާއާއި މަދީނާގެ ބިމެވެ.
ދެން މިހެންގޮސް ބުނެފާނެ ހައްޖަށް ދިއުމަށްވުރެ ފަހަރިކައިރިއަށް ދިއުމުންވެސް މާ ހިތްހަމަ ޖެހެއޭ
މިހާރުތި މޮޔަގޮވަނީ، މައްކާއަށް ވުރެ މާތް ހިތް ފަސޭހަ ބިމެއް މި ދުނިޔެ މަތީ ނުވާއިރު، ނަމުގެ ކުރިޔައް ޝެއިހު ޖަހާގެން ހުރެ ދައްކާ ވާހަކަ.
މިހާރު ދެން ގަބޫލު ކުރެވިއްޖެ އިމްރާނަކީ ހަމަ މީހުން މިކިޔާ ކަހަލަ ސޭކެއްކަން. ޝައްކެއްނެތް ގޮތުގައި ތިޔައީ ދީނީ ޝޭޚެއް ނޫން. ކޮންއިސްލާމެއްތޯ ބުނާނީ، މައްކާ ގައި ރޯދަމަސް ހޭދަކުރުމަށްވުރެން ޖަލުގައި ރޯދަމަސް ހޭދަކުރުމުން ލިބޭއުފާ މާ ބޮޑުކަމަށް. ތި ދެން ތަންފުކެއް ބޮޑުވަރު. އަހަރެމެންގެ ދަރިން ތިވާހަކަ ތައް އަހާފަ އިސްލާމދީނަށް ނަފުރަތު ކުރަން ފަށާފާނެ، ހެޔޮނުވާނެ ތި އަގަ ބަންދުކޮށްގެން ހުރޭ
އިމްރާން މޭޑޭގަ ހިންގަން ރޭވި ކަންތައްތަކާ އެދުވަހުގެ ހާދަިސާތަކާ އިމްރާން ދެއްކި ވާހަކަތަކަށް ބަލާއިރު އިމްރާނުގެ މައްޗަށް މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައިވާ ހުކުމުން ހުކުމްކުރަންޖެހޭނެ. އަދި އެހުކުމް ތަންފީޒުވެސް ކުރަންޖެހޭނެ.
2013 ގައި އިލެކްޝަންސް ގައި ތިބި ނިކަމެތި ކޮމިޝަން މެންބަރުންނަށް ލާދީނީ އަށް ވަގަށް ގޮވައި އަތްފައިކަނޑަން ބުނި ހަނދާންވޭތަ؟ ތިކަހަލަ ތިބުނާ މައްކާޔަށްވުރެ މޮޅުޖަލުގައި މަރުވުމަށްފަހު ފައިދާވާ ކިތަންމެ ކަމެއް ކުރިޔަސް، މިބުނާމީހުންނާ އެމީހުންގެ އާއިލާތައް ކަލެޔަށް މާފުނުކޮށްތިއްބާ ކަލޭ މަރުވެއްޖިއްޔާ...... ދެންވާނެގޮތެއް ދެނެވޮޑިގެންވާނީ ހަމަ މާތްﷲ! އިމްރާން އެމީހުން ގާތުން މާފަށްއެދެން އަވަހަށްދާން ވަރަށް އިހުލާސްތެރިކަމާއެކު ނަސޭހަތާއި ލަފާދެން.
އަހަރެން ތިވާހަކަޔަށް 100% ތާއީދު. އިމްރާން އިހަށް އެމީހުން އަތުން މާފުހޯދަން ޖެހޭނެ.
އެހެންވެ ޖަލުގަ އަނިޔާ ލިބުނޭ ނުކިޔޭނެތާ.. އެހާ ވަރުން ނެރެން ޖެހޭ ސަބަބެއް ވެސް ނެއްތާ
މީމޮޔައެއްތަ މިކަލޭގެ ބޮލައް ބޭސްކުރަންވީނޫން ކަޅޭމެން ދައްކާވާހަކަ މިހާރު އަޑުއަހާބަޔަކުނެއް
އެހެންވީމާ މަނިކުފާނު ބާރުދެރަ މަސްތުވާއެއްޗެއް ބޯލީމާ ކުޑަދުވަސްކޮޅަކަށް، ގިނަ ދުވަސް ވާންބޭނުންނަމަ ބާރުގަދަ އެތިކޮޅެއް، އުމުރަށް ހުންނަން ވެއްޖެ ނަމަ ޤާނޫނުގައި ބުނާ ބަޣާވަތް ކޮއްލީމާ ނިމުނީތާ ދޯ. ކޮންމެ އަހަރެއްގެ ރަމަޒާން މަހާ ދިމާކޮށް ދާންވީނު. އެކަމަކު އަސްލު ޝޭހަކު ބުނާތީ އެހިން މައްކާގަ ހިފާ ރޯދައިގެ ސަވާބު އިތުރު ވާނެ ކަމަށް، މޫނުވެސް ބުނޭ ދަންނަބޭކަލުން ހުކުރަށް ނުދިއުމުގަވެސް ހިކުމަތެއް ވެއޭ
2013 ގައި އިލެކްސަން ކޮމިސަން މެންބަރުންނަށް ވަގަށް ގޮވައި، އެމީސްމީހުންގެ ގޭގޭދޮށަށް ގޮސް އަނބިދަރިން ނިދިޔަނުދޭން ގޮވައި، އެކަމަށް އަމަލީ ސިފަގެނައިއިރު ބަލަންހުރެ، އެމީހުންގެ އަތްފައި ބުރިކުރަން ގޮވުމަށް ހިތްވަރުދީ ހެދީތީ އިމްރާނު އެމީހުންނާ އެމީހުންގެ އާއިލާތަކަށް ޒިޔާރަތްކޮށް އެމީހުންގެ މާފު ހޯދައިގެން ނޫނީ އިހަށް އެހެން ވާހަކަތައް ނުދައްކަމާދޯ؟؟؟؟
ކާކު ޖަލަލީ ؟ އިމުރާން ރޯދަ މަހު ހުރީ ގޭބަންދުގަ.
މުޅި ޖުމްލަ 3 މަސް ޖަލުގަ އިމްރާން ހުރީ ދެން ހުސް ގޭބަންދުގަ. މިހާރު ހިތުން އެއުޅެނީ މަންޑޭލާ ހެދިގެން.
މީވެސް މުރުތައްދުވުމުގެ ވައްތަރެއް. މައްކާގައި ރޯދަމަސް ނިންމާލުމަށްވުރެ ޖަލުގައި ރޯދަމަސް ނިންމާލުން
މާތްﷲ އިރާދަފުޅު ކުރައްވަވައިފިއްޔާ ޖަލުގަވިޔަސް ކުރިން ނެތް ހެޔޮވިސްނުން ލިބޭނެ އަދި އޭގެ ސަބަބުން ކުރިން އިހުސާސް ނުކުރެވޭ ހިއްހަމަޖެހުން އިހުސާސް ކުރެވޭނެ. އެކަމު މިހިއްހަމަޖެހުން މާބޮޑުވެދާނެ ދެން މައްކާއަށް ދެވޭގޮތް މާތްﷲ އިރާދަފުޅުން މެދުވެރި ކުރެއްވެވިއްޔާ. މާތްﷲ އިރާދަފުޅުކުރެއްވެވުމުން މައްކާއަށް ނުދެވުނު މީހަކަށްވެސް ބުނާކަށް ނޭނގޭނެ އަދި ބުނެގެންވެސް ނުވާނެ މައްކާއަށްވުރެ އެތަނެއް ހިއްހަމަޖެހެއޭ. އެހެންނުބުނެ މާތްﷲ މެދުވެރި ކުރެއްވެވީ އެއަޅަކަށް އެންމެ ރަނގަޅުގޮތް ކަމުގާ ބުނަންވާނީ، ކެއްތެރިވެ ޝުކުރުވެރިވާންވާނީ.. އިންޝާﷲ. ހަގީގީ ހިއްހަމަޖެހުން ލިބޭނީ އަބަދުވެސް މާތްﷲ ހަނދުމަކުރުން ބޮޑުވީ ވަރަކަށް. އަޅުގަނޑުމެން ނަމާދުކުރަންޖެހެނީ މައްކާގައިވާ މާތްކުރެއްވެވި ގެފުޅު ކުރިމަތިލައިގެން.. މާތްﷲ އީ ހިތްތަކަށް ހަމަޖެހުންދެއްވަވާ އެންމެހާކަމެއް އެންމެމޮޅަށް ރާއްވަވާ ބައްލަވަމުން ގެންދަވާ ހަމައެކަނި އިލާހް. އަލްހަމްދްލިﷲ. މާތްﷲ ތިބާއަށް ހެޔޮވިސްނުންދެއްވަވާ ފާފަފުއްސަވާދެއްވަވާށި އާމީން
މައްކާއަށް ޢުމްރާ ވާން ދިޔައިމާ ތޮވާފު ކުރުމާ ސައުޔު ކުރުން ފަދަ ބޮޑަތި ބުރަ އަޅުކަން ކުރަން ޖެހިފައި ޖަލުގައި އފަދަ ކަމެއް ކުރަން ނުޖެހި އިމްރާނުގެ އަސްލު ގޮތަށް ވަޒީފާއެއް އަދާ ނުކޮށް ކަންނެތްކަމާއެކު އޮއްވައި ކާން ލިބޭތީ ހިތްހަމަޖެހި އުފާވަނީ
މި އާޓިކަލްގައި ، މިހާރު ޖަލުގައި ތިބި މީހުންނަށް ދޭނެ ރަނގަޅު މެސެޖް ކޮޅެއް ހިމަނާލިނަމަ މިއަށްވުރެއް ފުރިހަމަ ވާނޭ ކަމަށް ފެނޭ .....
މިވެސް ޔާމީނު ބުނި ވާހަކައެއްނަމަ ހަޖޫޖެހީސް