އިންޑިއާގެ ޗެންނާއީގެ އިރުން ގާތްގަނޑަކަށް 470 ކިލޯމީޓަރު ދުރުން އުފެދިފައިވާ ތޫފާން "ގާޖާ" ގެ ބާރު އިތުރަށް ގަދަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މިރޭ ވިދާޅުވީ ކުރިއަށް އޮތް 12 ގަޑިއިރުތެރޭ އިތުރަށް ބާރުގަދަވެ، ހުޅަނގު ދެކުނަށް ދަތުރުކޮށް، މާދަމާގެ ވަގުތެއްގައި އިންޑިއާގެ ޓަމިލްނާޑޫގެ އައްސޭރިފަށަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މި ތޫފާނުގެ ސީދާ އަސަރެއް ރާއްޖެ އަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ބަންގާޅު ކަނޑުގައި ތޫފާނެއް އުފެދިފައިވާއިރު ރާއްޖެއާ ދުރުން ދެކުނުން އިންޑިޔާ ކަނޑުގެ ސަރަޙައްދުގައިވެސް ވަނީ ތޫފާނެއް އުފެދިފައެވެ.

"ބައުޗްރާ" ނަމަކަށް ކިޔާ މި ތޫފާން ޖެހެމުން ދާނޭކަމަށް ލަފާކުރެވެނީވެސް ރާއްޖެއާ ދުރަށްކަމަށް މެޓް އޮފީހުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    އިބޫ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު، ޠޫފާނުން ރައްާތެރިކޮށް ދެއްވުމަށް މާތްﷲއަށް ދުޢާކުރެވިދާނެއެވެ.

    • ÷ިިިހފs

      މިހަާރުވެސް ދުއާ ކުރެވޭނެއެވެ. ކޮން އިބޫ އެއް ހެއްޔެވެ؟