ހިލާލީގައި ދިރިއުޅުއްވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނު އަލަށް ހެއްދަވަމުންގެންދަވާ ގެ، ހ. ދޫވެއްސަށް މިއަދު ބަދަލުވެ ވަޑައިގަތް އެ ގޭގައި ދިރިއުޅެން ފަށްޓަވައިފި އެވެ.

ރާޅުގަނޑު ސަރަހައްދުން ރިންގް ރޯޑަށްވާ ގޮތަށް އޮތް ބިމެއް ރައީސް ޔާމީން ބައްލަވައިގަނެ އެ ބިމުގައި ހ. ދޫވެހި އިމާރާތް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ރައީސް ޔާމީން މިއަދު އެގެއަށް ދިރިއުޅުން ބައްދަލު ކުރެއްވިއިރު އެ ގޭގެ މަސައްކަތް އެއްކޮށް ނުނިމެ އެވެ. އަދި އެ ގޭގައި ނިމިފައިވަނީ ދެ ފަންގިފިލާއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެގެއަކީ 17 ބުރީގެ ގެއެވެ. ނަމަވެސް މިހާތަނަށް ޝީޓް އަޅައި މަސައްކަތް ކުރަމުން ދަނީ ހަތް ބުރީގަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، (އިބޫ) ހުވާކުރެއްވުމުގެ ހަފްލާ ބާއްވަނީ މާދަމާ ހަވީރުގެ ވަގުތުގައި ރަސްމީ ބޯޅަދަނޑުގަ އެވެ. އަދި ހުވާކުރެއްވުމަށް ފަހު އިބޫ ދިރިއުޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާ އުޅުއްވުމަށް ހާއްސަކުރައްވާފައިވާ ގެކޮޅުކަމަށްވާ މުލިއާގޭގަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާނީ، ރައީސް ޔާމީން މިއަދާ ހަމަޔަށް ދިރިއުޅުއްވި، ހިލާލީގޭގަ އެވެ.

ރައީސް ޔާމީން ހ.ދޫވެއްސަށް ބަދަލުވެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Miadhu

    މަރުޙަބާ ރައިސް ޔާމިން އަމިއްލަފުޅު ގޭގައި އުފާވެރި ދިރިއުޅުމެއް އުޅުއްވާނެކަމަށް އުއްމީދުކުރަން އަދިއެއްފަހަރު ނަމަވެސް ދިވެހި ރަޢިއްޔަތުން ރައީސެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ރައިސް ޔާމީނަށް ދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަން

  2. ބިކަ

    ސާބަސް ޔާމީން މަނިކުފާނަކީ މިހަތހަނަށް ދިވެހިންއެންމެ ގަޓުހުރި ފެންވަރު ރައީސް

  3. ނުރަބޯ

    އަހަރެމެންގެ ޢިއްޒަތްތެރި ބަޠޮލް. ރައީސް ޔާމީން އަށް އަހަރެމެން ދިވެހި އިޚްލާޞްތެރި ރައްޔިތުން ޤަދަރާ އިޙްތިރާމް އަރުވަމެވެ. އެމަނިކުފާނު ކޮށްދެއްވި މަސައްކަތް ތަކަކީ ދެންމިއަންނަ މަސްހުނި ގަނޑަށް ކޮށްދެވޭނެ ކަންކަމެއް ނޫނެވެ.

  4. ވިސްނާލާ

    ލަސްތަކެނުވެ ދިވެހިރައްޔިތުންނަ ހިދުމަތްކުމުގެ ތައުފީގުﷲމިންވަރުކުރައްވާށި. މިގައުމު ތަރައްގީގެ ބާނީއަކީ ރޔާމީން. ދިވެހި ގައުމަށް އުފާވެރިކަން ގެނުވި5އަހަރު މަނިކުފާނުގެ ވެރިކަމަކީ. އަދިއެއްފަހަރު ނަމަވެސް މިގައުމަށް ހިދުމަތްކުރަން މަނިކުފާނު ނުކުންވާނެ ކަމަށް އުއްމީދުކުރަނީ. ތާއަބަދަށްވެސް އަޅުގަނޑުމެންގެ ދުއާ އަކީ އަދި އެއްފަހަރު މިގައުމުގެ ވަލިއްޔުލް އަމުރުގެ މަގާމު ﷲމިންވަރު ކޮއްދެވުން. އުފާވެރި ބާއްޖަވެރި ދޮޅަހެޔޮ ދުވަސްތަކެލައްވާށި. އާމީން...

  5. އަބުދުﷲ އިލިޔާސް

    މަރުޙަބާ ދިވެހިގައުމު ދުއް އެއްމެ ގަދަ އެއްމެ ރަނގަޅު ތަރައްގީ ގެނެސް ދެއްވި ރައީސް. ރައިސް ޔާމިން އަމިއްލަފުޅު ގޭގައި އުފާވެރި ދިރިއުޅުމެއް އުޅުއްވާނެކަމަށް އުއްމީދުކުރަން އަދިއެއްފަހަރު ނަމަވެސް ދިވެހި ރަޢިއްޔަތުން ރައީސެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ރައިސް ޔާމީނަށް ދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަން