އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އަލައިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އަރުވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ފަތްކޮޅު އަލައިނާއަށް އަރުވާފައިވާއިރު، ރައީސް އޮފީހުން ވިދާޅުވީ، އެ ފަތްކޮޅު އެރުވުމަށްފަހު ރައީސް ސޯލިހު އާއި އެލައިނާއާ ދެމެދު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން އެމެރިކާ އާއި ރާއްޖޭއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއީ ރައީސް ސޯލިހު ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރަކު ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު