އިންޑިއާގެ އެންމެ މަޝްހޫރު ކުދިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރެވެ. ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް އޭނާއަށް ހުއްޓެވެ. އިންޑިއާގެ ކޮންމެވެސް މީޑިއާތަކުންވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތައިމޫރާ ގުޅޭގޮތުން ތަފާތު އާޓިކަލްތައް ފެނެެއެވެ.

މިފަހަރު މި އުޅެނީ ކެރެލާގައި ކުޅޭ އެއްޗެހި ވިއްކާ ފިހާރައަކުން ތައިމޫރާ ވައްތަރު ބުދެއް ފެނިގެންނެވެ. އެކަންވެސް މިހާރު ވަނީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ.

ތައިމޫރާ ވައްތަރު ބުދުގެ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާއިރު، އެއް ބަޔަކަށް އެ ބުދު ކަމަކުނުދެއެވެ.

އެގޮތުން ބައެއް ފަރާތްތަކުން ބުނަމުންދަނީ ތައިމޫރާ ވައްތަރު ގޮތަށް ބުދެއް ހެދުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އެއްބަޔަކަށް އެ ބުދު ތައިމޫރާ ވައްތަރުވެގެން ކަމުނު ދިޔައީ، އެ ކުޅެން ގެންގުޅެފާނެތީއެވެ. އަދި މިފަދަ ކަންކަން މަނާ ކުރުމަށްވެސް ބަޔަކު ވަނީ ގޮވާލާފައެވެ.

މި އަހަރުގެ ޑިސެންބަރު މަހަށް ދެ އަހަރު ފުރޭ ތައިމޫރަށް ފިލްމް ކުޅުމަށާއި، އިޝްތިހާރު ކުޅުމަށް ވަރަށް ގިނަ ފުރުސަތު ލިބެއެވެ. އޭނާވަނީ ވަރަށް ފަހުން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީވެސް ހޭދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    ތައިމޫރާ އަކީ ލޯބި ލޯބި ކުއްޖެއް، އޭނާ އަށް އިސްލާމްދީން ދަސްކޮށްދީ.