ގއ. ވިލިގިިނލި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލަގާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވާއިރު، މި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. ރޭ ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެކުރިން ހައްޔަރުކުރި މީހުންގެ ބަންދަށް ވެސް ވަނީ ދުވަސްތައް ޖަހާފައެވެ.

ބޭންކް ފަޅާލާ ވަގަށްނެގި ފައިސާތަކުގެ އަދަދު އެނގިފައިނުވާއިރު، އެ ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ދޮންނަ މެޝިނެއްގެ ތެރެއަށް ލުމަށްފަހު ފޮރުވާފައި ހުއްޓާ ފުލުހުން ވަނީ ހޯދާފައެވެ.

ވިލިނގިލީ ބޭންކުން މި ފައިސާތައް ނަގާފައި ވަނީ، ފުރާޅު ހަލާކު ކޮށްލައިގެން ވަދެއެވެ. ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ފަތިހު 05:37 ގައެވެ.

ބޭންކް ފަޅާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ވަގުތީ ގޮތުން ބޭންކް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަލާ

    ޖަޒީރާ ރާއްޖޭގައި ވަގުން ނުތިބޭނެ 1ެ މޙުން އަވަހަށް ދޫކޮށްލާ

  2. ބުލް

    ހައްޔަރު ކުރާނެކަމެއް ނެތް.. ކޮންމެ ގޮތެއްވިޔަސް ތި މީހުންނަކަށް ހުކުމެއް ނީއްވާނެ..

  3. ޙައްގުބަސް

    ދެތިން މަސް ފަހުން ސާފު ހުދު ކާފޫރުކޮޅަކަށް ހަދާފަ ތިމީހުންތައް ދޫކޮށްލާ! ދެން ސަރުކާރުން ވަޒީފާދީ!! ދިސް އިޒް މޯލްޑިވެސް!

  4. ނަޝީދު

    ތީ ސިކުނޑި ހަމަ ނުޖެހޭ ކުދިންކޮޅެއް. ތި ކުދިން ދޫކޮއްލާ