މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ ސ.ހުޅުދޫ/ ސީސަންގެ، މުޙައްމަދު ޒުހައިރު (43އ) އެވެ.

ފުލުހުން ވިދާޅުވީ މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9183997ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށެވެ.

ދެން، ފުލުހުން ހޯދަމުންދާ މީހަކީ ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ ޏ.ފުވައްމުލައް / ދިގުވާނޑު، ފެއަރީ، ޢަޙްމަދު ނަޞްރު (39އ) އެވެ.

ފުލުހުންވަނީ މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު