ސަސްޕެންޝަން އުވާލި ވަކީލަކީ އަލްއުސްތާޛު ނާޒިލް އަފީފްއެވެ.

ސެޕްޓެމްބަރ 10 ވަނަ ދުވަހު 54 ވަކީލަކު ޑީޖޭއޭ އިން ސަސްޕެންޑް ކުރިއެވެ. ނަމަވެސް ވަރަށް މަދު ވަކީލެއް ފިޔަވައި އެހެން ހުރިހާ ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ.

ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރީ ޤާނޫނުއަސާސީ އާއި ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި، ޤާނޫނީ ވަކީލުންގެ އިޤުރާރާއި، އަދި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި، ކޯޓުތަކުގެ ޤާނޫނާއި، ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޚިލާފަށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ ކަމަށް ޑީޖޭއޭ އިން ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު