ރ. މަޑުއްވަރީ އާއި 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސްދަނޑި" ދޯނިން މަސްވެރިކަމަށް ނިކުމެ އުޅުނު މީހަކު ކުއްލިގޮތަކަށް ބަލިވެގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ސީ އެންބިއުލަންސްގައި ރ. އުނގޫފާރު ހޮސްޕިޓަލަށް ގެނެސް ފަރުވާދީފިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށާއި، މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑްގެ އެހީތެރިކަމާއި އެކު ބ.އަތޮޅު ސީ އެމްބިއުލާންސް މި ދޯނި އޮތް ސަރަހަށްދަށް ފޮނުވިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކުއްލި ގޮތަކަށް ބަލިވެގެން މިއަދު ހެނދުނު 10:50 ހާއިރު ސިއްހީ އަވަސް ފަރުވާއަށް ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދެވުނު 53 އަހަރުގެ މި މަސްވެރިޔާގެ ހާލު ސާފުކުރުމަށް، ރ. އުނގޫފާރު ހޮސްޕިޓަލަށް ގުޅައިގެން ކުރި މަސައްކަތުން އޭނާގެ ހާލު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު