ބޭސްފަރުވާކުރުމަށް ޕެންޝަން ފަންޑުން ފައިސާ ނުލިބި އެބަލީގައި އޭނާ މަރުވެއްޖެނަމަ, އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ސަލީމު ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހުމާއި ސިއްހީ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ޕެންޝަން ފައިސާ ނެގޭނެ ގޮތެއް ނެތް ކަމަށާއި އެހެންކަމަށް ވުމުން ބަލި މީހާއަށް ޕެންޝަން ފަންޑުގައި ހުރި އޭނާގެ އެފައިސާ ނުލިބި އެބަލީގައި މަރުވެއްޖެނަމަ އެކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަންޖެހޭނެ ކަމަށެވެ.

''ފެންޝަން ފަންޑުގައި ފައިސާހުރެ އެފައިސާ ނެގޭނެ ގޮތެއް ނެތި ބޭސްފަރުވާ ނުކުރެވިގެން އެމީހާ މަރުވެއްޖެނަމަ، ގައުމުގެ އެންމެ އިސްވެރިމީހާ ޖެހޭނެ އެކަމުގެ ޒިންމާ ނަގަން. މީހާގެ ފުރާނަ ސަލާމަތްނުވާ ހިސާބަށް ދާއިރުވެސް މިހާރު ނޯވޭ އެފައިސާ ނެގޭނެ އެއްވެސް ގޮތެއް. ހައްޖަށް ދިއުމުގެ ބަދަލުގައި މީހާގެ ނަފްސު ސަލާމަތްކުރުމަށް ވެސް ފައިސާ ލިބޭނެ ގޮތެއް ނެތުން މިއީ ދެން ވަރަށް ދެރަކަމެއް.'' ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީޕެންޝަން ސްކީމުގައި ހުރި ފައިސާ ނެގުމުގައި ދަތިތައް ހުރުމުން ރައްޔިތުންގެ އެތަކެއް ޝަކުވާތަކެއް އެބަހުރި ކަމަށާއި ފެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާ އޭގެ ވެރިފަރާތަށް ނުލިބި ދައުލަތުގެ ކަންކަމަށް އެފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި ގިނަ މެންބަރުން އަސްލަމް ހުށައެޅުއްވި އިސްލާހަށް އިސްލާހަށް ތާއީދުކުރައްވާފައެވެ. އެ އިސްލާހުގައިވާގޮތުން ޕެންޝަނުގެ ފައިސާއިން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން ކޮށްފައި ނުވާ ފަރާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މުޙައްމަދު

    ރައްޔިތުން އަތުން ނަގާފައިސާ އިން ކުރަނީ ކޮން ކަމެއްކަން ރައްޔިތުންނަށް އިގެންޖެހޭނެ. ޢަދި އެފައިސާ އިން ސަރުކާރުން ވިޔަފާރި ކުރާނަމަ އޭގެން ލިބޭފައިދާ އިން ރައްޔިތު މީހާ އަށް ލިބެނީ ކޮން އެއްޗެއްތޯ ބުނެދޭން އެބަޖެހޭ. ޕެންޝަންއޭ ކިޔާފަ ނަގާފައިސާ އަހަރަކު ވަކިވަރެއް އޭގެ މިލްކުވެރިފަރާތަށް ލިބެން ޖެހޭނެ. ނޫނި ޤާނޫނު އުވާލާފަ މިހާރު ހުރިފައިސާ އޭގެ ވެރިފަރާތް ތަކަށް ދިނުން މުހިއްމު. ތީގެން ފައިދާއެއް ނުވާތާގަ ވާނުވާވެސް ނޭންގެނީއޭ

  2. ދޮނާ

    ސަލީމް އެ ވިދާޅުވީ ތެދެއް. އިސްލާމީ ޝަރީޢަތުގެ މަޤްޞަދުގެ ތެރޭގައި ފުރާނަ ހިމާޔަތްކުރުން ލެއްވި. އެހެންކަމުން ގަދަވެ ސަލާމަތުން ހުރެގެން ނޫންތޯ ހައްޖަށް ދެވޭނީ. އަދި ޙައްޖަކީ ކެރިކުޅަދާނަ ވެގެންވާ މީހާއަށް (އެބަހީ: ޖިސްމާނީ ގޮތުންނާއި މާލީގޮތުން ކުޅަދާނވެގެންވާ) މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ އަޅުކަމެއް. ސަލީމަށް ޝުކުރާ މަރުޙަބާ ހުރި. އަދި މިކަމަކީ ކޮމިޓީ މަރުޙަލާގައި ބަލައިގަންނާނެކަމަށްވުން އުއްމީދަކީ.

  3. މާޝާ

    ހައްޖުގެ އަޅުކަން އަދާ ކުރުމަށާއި ދަރީނަން ކިޔަވާދިނުމަށް ޓަކާ މިފައިސާ ނޭގޭނެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އަދި އެމީހާއަމިއްލަ ވިޔަފާރި އެއްްފެއޓެވޭނެ ގޮތަން ފައިސާލިބުމަކީ ވެސް ވަރަށް މުހިއްމުކަމެއް މިތޮތަން މިބިލް ފާސްކޮށް ދެއްވުމަށް ހުރިހާ މެންބަރުންގެ ކިބައިން ވަރަށް އާދޭހާއެކު އެދި ދަންންނަވަން .

  4. އަލިތަކުރު

    ހަމަ ބޮޑެތި ކަންކަމަށް ނެގޭނެ ގޮތް ހަދަން ފެނޭ. ހާލުގަ ވަރަށް ގިނަފަރާތް އުޅޭ.

  5. ޒާ

    ސަލީމުގެ ވާހަކައަށް ތާއީދު. އަހަރެން މީހަކާއި އިނދެގެން އުޅޭތާ މިހާރު 26 އަހަރުވީ. ދަރިއަކު ނުލިބިގެން ބޭސްކުރާތާއެހާ ދުވަސްވެއްޖެ. ހަމައެކަނި އޮތް ގޮތަކީ އައިވީއެފް ނުވަތަ ޓެސްޓްޓިއުބު ބޭބީގެ ފަރުވާ. އެކަމަކު އެކަމަށް ފައިސާ ނެތިގެން ނުވެފައި މިހުރީ. ސަރުކާރުގައި އުޅޭތާ 24 އަހަރު ވެއްޖެ. ޕެންޝަން ފަންޑުގައި އެތައް ލައްކަ ރުފިޔާއެއް ހުރި އިރު އަހަރެން ދުނިޔެ ބިނާކުރުމަށް ކުރަން ޖެހޭ އެއްވެސް ކަމެއް ނުވެ މަރުވެދާންވީ ފަންޑުގައި ހުރި ލާރި ބަހައްޓާފައި. މީ ކޮން އިންސާފެއްތޯ؟ އާސަންދައިވެސް މިބުނި ކަމަށް ބޭސް ނުކޮށްދޭ.

    • ކާސިމް

      ރަނގު ވާހަކައެއް މިކަމށް ހައްލެއް އެބަ ބޭނުން ވޭ އިންފާޓި ލިޓީ އަކީ ވެސް ބަށްޔެއް އެކަމަށް ވެސް ފަރުވާ ލިބެންޖޭ

    • އަހަރެން

      ސަތޭކަ ޕަސެންޓް ތާއީދު، ފުރަތަމަ މީހާ ސަލާމަތުން ހުރެގެން ދޯ އެހެންކަންކަން ކުރެވޭނީ އެހެންވީމާ ބޮޑެތި ބޭސްފަރުވާޔަށް މީގެބޭނުންކުރެވޭގޮތް ހެދުންމުހިންމު. އިންފާޓިލިޓީއަކީވެސް ބައްޔެއް އަދި އަގުބޮޑު ފަރުވާޔެއް ކުރަންޖެހޭކަމެއް. ރާއްޖޭގައި ލިބެންނެތް ބޭރުގައި މަޑުކޮށްގެން ހޯދަންޖެހޭފަރުވާޔެއް މިކަމަށް ފަންޑުން ފައިސާލިބުމަކީ ދަރިންނުލިބޭ އެތައްބަޔެއްގެ އުއްމީދެއް. ޒާ މީގެ އެފްބީގައި ކޮމެންޓްކޮއްލަދިނުންއެދެން.

  6. ަައަބްޅޯ

    އަޅުގަޑުރައްޔިތުންމަޖިލީހުގެ އިއްޒަތްތެރިމެމްބަރުންގެ އަރިހުން ހަރަށްިހތިރާމައި،އެކީ ދަންނަވަންއޮތީ ޕެންސަންފަންދުގައިހުރި އަހަރުމެންގެފަިސާއިން ަޭގެ ޙައްޤުވއރިންނަށް އުމްރާގެ މަތިވެރި އަޅުކަންވެސް އަދާކުރުމަށް މަގުފަހިވާގޮތަށް ބިލފާސްކޮށްދެއްވާށޭ ދީނީ ހަމަތަކުގެމަތިން ބަލާއިރިރު ަެމީހަކަށްދިމާވާ ޒަރޫރީ ބޭނުންތަށް ނުފުއްދޭގޮތަކަށް ސަރުކާރަކަށް ނަމަވެސް އެއްވެ ދީނީ ނުވަތަ ޝަރުއީ ސަބަބަކާނުލައި މީހެއްގެ ޙައްޤު ހިފޭތުމުމުގެ ބާރެއް ދީނީހަމަތަކުގެމަތިންބަލާއިރުލިބިގެނެއްނުވޭ.

  7. އަބޯ

    ވިސްނަން ޖެހޭމައްސަލައެއް އެބައޮތް . ސަރުކާރުގެ މަސައްކަތުގަ 20 އަހަރުވެގެން ޕެންސަން ލިބިފަތިބި 2000 ރުފިޔާ ވެސް ނުލިބޭ އެތައްބަޔަކު އެބަތިބި މިމީހުންގެ ހައްގު ކޮބާ . އެއްވެސް މަސައްކަތެއް އަދި ހިދުމަތެއްވެސް ނުކޮށް ތިއްބާ އުމުރުން 65 ވީމަ 5000 ލިބޭ ހައްގު އެއީ ކޮންކަހަލަ އިންސާފެއް ބާ ؟

  8. ސަލީމް

    ވަންނާނެ ބޯހިޔަލެއް ނެތި އަނބި ދަރީން ރައްކާކުރެވޭނެ ގޮތެއް ނެތި އެފައިސާ އިން ޙައްޖަށް ދިޔުން ރަނގަޅެއްނޫނެވެ. އިސްލާމް ދީނުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އޮންނާނީ ކުޅަދާނަ ކަން ލިބިގެންވާމީހާއެވެ. ވަންނާނެ ގެދޮރެއް ނެތުމުން އެފައިސާ އިން ކޮންމެވެސް މިންވަރެއް ގެދޮރުގެ ދަތިކަން ތިބިބަޔަކަށް ލިބެންޖެހެއެވެ.އަދި އާސަންދަ ނުލިބޭ ކަންކަމަށްވެސް އެމީހެއްގެ ފުރާނަ އަށް ނުރައްކާ ލިބޭ ފަދަ ބޮޑެތި ބައްޔަށް ބޭސްކުރުމަށް އެފައިސާ ލިބެންޖެހެއެވެ.

  9. ފާތުން

    އަޅުގަނޑު ހިތަންއަރަނީ (65 އަހަރުގެ މީހުންނަށް 5000ރ ހަމަނުޖެހިގެން މަޖިޅީހަށް ބިޅްތަށް ވައްދާއިގެން އުޅޭއިރު ކޮބާއިތޯއޭ (55 އަހަރުވީމަ މިވަނީރިޓިޔާ ދެން ވަޒީފާއެއްނުޅިބޭނެ (55 އަހަރާއި (65 އަހަރާއި މިދޭތެރޭގައި އެބައޮއި (10 އަހަރު މަގޭސުވާޅަކީ މި (10 އަހަރު ތިބޭނީ ނުކާއި ނުބޯއި ތޯއޭ މިކަމާއި ވިސްނާބޭފުޅަކު އެބަހުރި ތޯއޭ ޔާމީން (5އަހަރުގެ ދައުރު ނިމެންކާރިވީމަ ވިދާޅުވި މުސްކުޅިވާ އުމުރު (75 އަހަރަށް ބަދަޅްކުރާވާހަކަ އިބޫ ފައިސަޅް ވެސް ދައުރު ނިމޭއިރު މިކަމާއި ވިސްނާނެހެން ހީވަނީ

  10. ސާބަސް

    ގެދޮރު އަޅަން މީހުން ނަގާ ލޯނު އަދި އިތުރު ދަރަނިތައް ދައްކަން ޕެންޝަން ފައިސާ ލިބޭނެގޮތް ހެދިއްޔާ މަ ރަނގަޅުވާނެ. ޙައްޖުގެ އަޅުކަންވެސް އަދާ ކުރެވޭނީ މީހާގެ ދަރަނިތައް އަދާ ކުރުމަށް ފަހު

  11. މުހައްމަދު

    ޖަޒީރާ ރާއްޖޭގެ ޤަވްމީ ބޭސް ފަަރުވާގެ ނިޒާމުގެ ތެރެއިން ރާއްޖެތެރޭގެ ރައްރަށުގަ ތިބޭ ނިކަމެތި ރައްޔިތުން އެރަށެއްގަ ހުންނަ ސިއްހީ މަރުކަޒުން ފަރުވާ ދެވެން ނެތިގެން އަތޮޅު ހޮސްޕިޓަލް އައް ނުވަތަ މާލެ އައް ނުވަތަ ރާއްޖެ އިން ބޭރައް ފަރުވާ ހޯދަން ފުނުވާ ފަރާތްތަކަށް ސަލާންޖަހަން ނުޖެހި ރާއްޖޭގެ ޤަވްމީ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން ބަލި މީހާ އާއި އެހީ ތެރިޔާ އަށް ބޭސްފަރުވާގެ އިތުރުން ތިބުމާއި ކެއުމުގެ ކަންތައްވެސް ސަރުކާރުން ހަމަޖެހެން ވާނެކަމަށް ދެކެން.